ދެކުނު އޭޝިއާ މީހުން ކޮވިޑުގައި ހާލު ދެރަވުމުގެ ފުރުސަތު ބޮޑު

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންތަކެއް ކޮވިޑް ވެކްސިން ޖަހަން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: ހުސެން ޝަޔާހް/ އަދަދު

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންތަކެއް ކޮވިޑް ވެކްސިން ޖަހަން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: ހުސެން ޝަޔާހް/ އަދަދު

ކޮވިޑު ބަލި ޖެހުމުން ފުއްޕާމޭ ފެއިލްވެ، މަރުވުމުގެ ފުރުސަތު ދެ ގުނަ އިތުރު ކުރާ ޖީން އެއް ޔުނިވާސިޓީ އޮފް އޮކްސްފޯޑުގެ ސައިންޓިސްޓުން ހޯދައިފި އެވެ.

ސައިންޓިސްޓުން ބުނީ ދެކުނު އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ 60 ޕަސެންޓު މީހުންގެ ހަށިގަނޑުގައި އެ ޖީންގެ ނުރައްކާ ބޮޑު ވާޝަން ހިމެނޭ ކަމަށާއި ޔޫރަޕު ދަރިކޮޅަށް ނިސްބަތްވާ 15 ޕަސެންޓު މީހުންގެ ހަށިގަނޑުގައި ވެސް އެ ޖީން ހިމެނޭ ކަމަށެވެ.

އެ ޖީންގެ ސަބަބުން ކޮވިޑުގައި ހާލު ދެރަވުމުގެ ފުރުސަތު ބޮޑު ނަމަވެސް، ވެކްސިނާއެކު އެ ނުރައްކާ ވަރަށް ބޮޑު ތަނުން ކުޑަކުރެވޭ ކަމަށް ސައިންޓިސްޓުން ބުންޏެވެ.

ނޭޗާ ޖެނެޓިކްސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ވަނީ އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ ބައެއް ކޮމިއުނިޓީތަކަށް ކޮވިޑުގައި ބޮޑުވަރުވާ ސަބަބު ހޯދަން މަސައްކަތް ކޮށްފަ އެވެ.

މީގެ ކުރިން ކޮށްފައިވާ ބައެއް ޖެނެޓިކް މަސައްކަތްތަކަށް ބިނާކޮށް ސައިންޓިސްޓުން ވަނީ އާޓިފިޝަލް އިންޓެލިޖެންސާއި މުޅިން އާ މޮލެކިއުލާ ޓެކްނޮލޮޖީއެއްގެ އެހީގައި ކޮވިޑުގެ ނުރައްކާ ބޮޑުވާ ސީދާ ޖީން ދަނެގަނެފަ އެވެ. އޭގެ ނަމަކީ އެލްޒީޓީއެފްއެލް1 އެވެ.

ސައިންޓިސްޓުން ލަފާކުރާ ގޮތުގައި އެ ޖީންގެ ނުރައްކާ ބޮޑު ވާޝަން ހުރިހާ ދަރިކޮޅެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ވެ އެވެ. އެގޮތުން އެފްރިކާ އަދި ކެރީބިއަން ދަރިފަސްކޮޅުގެ މީހުންގެ ދެ ޕަސެންޓާއި އިރުމަތީ އޭޝިއާ ދަރިކޮޅުގެ މީހުންގެ 1.8 ޕަސެންޓުގެ މެދުގައި އެ ޖީން ހިމެނޭ ކަމަށް ލަފާކުރި އެވެ.

ދިރާސާގައި އިސްކޮށް އުޅުނު ޕްރޮފެސަރު ޖޭމްސް ޑޭވީޒް ވިދާޅުވީ އެ ޖީންގެ އަސަރު އެކި ދަރިފަސްކޮޅުގެ މީހުންނަށް ކުރަނީ އެކި މިންވަރަށްކަން ހޯދުމަކީ ވަރަށް މުހިއްމު ކުރިއެރުމެއް ކަމަށެވެ.

އެހެން ނަމަވެސް ވަކިވަކި ފަރުދުންގެ މެދުގައި ނުރައްކާ ބޮޑުވާ މިންވަރު ބިނާވަނީ އެ މީހެއްގެ އުމުރާއި ސިއްހީ އެހެން މައްސަލަތަކުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމާ ހެދި ވެސް ނުރައްކާ ބޮޑުވާ މިންވަރު ތަފާތުވެދާނެ ކަމަށާއި ބަލިމަޑުކަމުގައި ބައެއް ގައުމުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މަންޒަރު ފެންނަނީ އެހެންވެގެން ކަމަށް ޑޭވީޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަށިގަނޑުގެ ޖެނެޓިކްސް ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް މި ޖީން ހިމެނޭ މީހުންނަށް ވެކްސިން ޖެހުމުން ކުރާ ފައިދާ ބޮޑުކަމަށް އަޅުގަނޑުމެންގެ ދިރާސާ އިން ދައްކާ."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox