ދިވެހި ސަރުކާރާއި ހަންގޭރިއަން ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށް, ހަތަރު އަހަރުގެ މުއްދަތަކަށް ދިވެހިންނަށް ސްކޯލާޝިޕްގެ ފުރުސަތުތަކެއް ދީފި އެވެ.
މިއަދު ސޮއި ކުރި އެމްއޯޔޫގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް 15 ސްކޮލާޝިޕެއް ހަންގޭރިއަން ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ފުރަތަމަ ޑިގްރީގެ ހަ ފުރުސަތާއި މާސްޓާސް ޑިގްރީގެ ހަތް ފުރުސަތަކާއި ޕީއެޗްޑީ ކޯސްތަކުގެ ދެ ފުރުސަތެކެވެ.
މިއަހަރަށް ކަނޑައަޅާފައިވާ ސްކޯލާޝިޕްތައް މި މަހުގެ ފަހުކޮޅު އިއުލާން ކުރަން ހަމަޖެހިފައިވާއިރު، ދެކޮޅު ޓިކެޓު ފިޔަވާ ހުރިހާ ހަރަދެއް ހަންގޭރިއަންގެ ސަރުކާރުން ހަމަޖައްސާނެ އެވެ. މިއަދު ސޮއި ކުރި އެއްބަސްވުމުގައިވާ ގޮތުން ދެކޮޅު ޓިކެޓު ހަމަޖައްސަން ޖެހޭނީ ދިވެހި ދައުލަތުންނެވެ.
titledesc
އޮންލައިން ރަސްމިއްޔާތެއްގެ ތެރެއިން މި އެމްޔޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ސްޓޭޓް ސެކްރެޓަރީ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނި ގޮތުގައި މި އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުޅުވޭ ދޮރަކަށްވާނެ އެވެ.











