ކޮޕް26: ޔޫކޭ އިން ފަގީރު ގައުމުތަކަށް 390 މިލިއަން ޑޮލަރު ދޭން ވައުދުވެއްޖެ

ޔޫކޭ އިން ފައިސާ ފޯރުކޮށްދޭނީ ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުގެ އަސަރު ކުރާ ފަގީރު ގައުމުތަކަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޔޫކޭ އިން ފައިސާ ފޯރުކޮށްދޭނީ ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުގެ އަސަރު ކުރާ ފަގީރު ގައުމުތަކަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

މޫސުމީ ބަދަލުގެ އަސަރުން އަރައިގަތުމަށް ފަގީރު ގައުމުތަކަށް އެހީވުމަށް ޔޫކޭ އިން 290 މިލިއަން ޕައުންޑް ނުވަތަ 390 މިލިއަން ޑޮލަރު ދޭން ވައުދުވެއްޖެ އެވެ.

އެކަން އިއުލާނު ކުރީ މިހާރު ގްލާސްގޯގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލާ ގުޅޭ ބޮޑު ސަމިޓު، ކޮޕް26ގެ ތެރެއިންނެވެ.

ފަގީރު ގައުމުތަކުން ޑިމާންޑު ކުރަނީ އެހީގެ ގޮތުގައި އަހަރަކު 100 ބިލިއަން ޑޮލަރު ހުރިހާ މުއްސަނދި ގައުމުތަކުން ދިނުމަށެވެ. އެކަމަށް މުއްސަނދި ގައުމުތަކުން ކުރިން އެއްބަސްވި ނަމަވެސް އެ އަދަދަށް ފައިސާ ނުދެ އެވެ.

މޫސުމީ ބަދަލު އަންނަން މެދުވެރިވި ވިހަ ގޭސްތައް ޖައްވަށް ބޭރު ކުރުމުގައި ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން ހިއްސާ ކުރަނީ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެ ގައުމުތަކަށެވެ.

ޔޫކޭ އިން ބުނީ އެ ގައުމުން ފޯރުކޮށްދޭ ފައިސާ ދާނީ އޭޝިއާ އަދި ޕެސިފިކް ގައުމުތަކަށް މޫސުމީ ބަދަލުގެ އަސަރު ކުޑަކޮށް ދެމެހެއްޓެނިވި ތަރައްގީ އަށް އިންވެސްޓް ކުރުމަށް ކަމަށެވެ.

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ފެށި ކޮޕް26 ސަމިޓު ނިންމާލާނީ އަން ހަފުތާގެ އާދީއްތަ ދުވަހު އެވެ. ގައުމުތަކުން މަޝްވަރާ ކުރަނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް އަޅާނެ ފިޔަވަޅުތަކާ މެދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

ރަޝިއާގެ ދިފާއީ މައުލޫމާތުތަކެއް ޖަޕާނަށް ހޯދައިދީ ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާގެ ސަކާލިންއިން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ކޫރިލް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، ޖަޕާނު ސަރުކާރުން ދަނީ މިކަމުގެ އިތުރު ތަފުސީލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

އޭއައި ސިރީއާއެކު އެޕަލްގެ އާ "ހޯމްވިއު" ބާޒާރަށް

އެޕަލް ކުންފުނިން ސްމާޓް ހޯމް މާކެޓަށް ވަނުމަށްޓަކައި، އޭއައި ސިރީ ހިމެނޭ "ހޯމްވިއު" ނަމަކަށް ކިޔާ އާ އުފެއްދުމެއް 299 ޑޮލަރަށް ތައާރަފުކޮށްފި. ހަތް އިންޗީގެ ސްކްރީނެއް ހިމެނޭ މި އާލާތަކީ އަޑުން އަމުރުކޮށްގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށާއި މައުލޫމާތު ހޯދުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެއް.

އެއާޕޯޓަށް ހަމަލާދިނީ އިންޒާރުގެ މެސެޖު ހުއްޓާލާފައި އޮއްވާ

ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެ ޒަހަމްވިއިރު، މި ހަމަލާތަކުގެ ކުރިން ސައުދީ ސަރުކާރުން އާންމުންނަށް ދެމުންދިޔަ އިންޒާރުގެ މެސެޖުތައް ފޮނުވުން ހުއްޓާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޒާރު ނުދީ ހަމަލާތައް ކުރިމަތިވުމުން ސައުދީގެ ސަލާމަތީ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ގައުމުގެ ހާލަތު އާންމުކޮށް އޮތްކަން ދެއްކުމަށް ކުރި ކަމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ހޫތީންގެ މިސައިލް ހަމަލާތަކެއް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ސައުދީގެ ދިފާއީ ނިޒާމުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޒުން ހަތަރު މީހަކު ޒަހަމްވެ، ބައެއް ގޭބިސީތަކަށާއި އަރަމްކޯގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. މި ހަމަލާތަކަކީ ސައުދީ ކޯލިޝަނުން ޔަމަނުގެ ތެޔޮ ގުދަންތަކަކަށް ދިން ހަމަލާތަކުގެ ރައްދުގައި ދީފައިވާ ހަމަލާތަކެކެވެ.

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

Newsletter

Get the latest news delivered straight to your inbox