ސްރީލަންކާ އާއި ދެކުނު އިންޑިއާގައި ފެންބޮޑުވެ ނުވަ މީހުން މަރުވެއްޖެ

އިންޑިއާގެ ޗެންނާއީގައި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ޗެންނާއީގައި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީ ލަންކާ (ނޮވެމްބަރު 8) - ހަފުތާއެއް ވަންދަން ވެހުނު ވާރޭގައި ސްރީ ލަންކާ އާއި ދެކުނު އިންޑިއާގައި ފެންބޮޑުވެ ނުވަ މީހުން މަރުވެ، ދެ މީހުން ގެއްލިގެން ހޯދަމުން އެބަ ދެ އެވެ.

ވާރޭގެ ސަބަބުން ލަންކާގެ 25 ޑިސްޓްރިކްޓުގެ ތެރެއިން ދެބައިކޮށްފައި އެއް ބަޔަށް އަސަރުކޮށްފައި ވާއިރު އެންމެ ބޮޑަށް އަސަރު ކުރީ ސައިފަތް ދަނޑުތައް ހުންނަ ހިސާބުތަކަށެވެ.

"އޮކްޓޯބަރު މަހުގެ ފަހުކޮޅު ވާރޭ ވެހެން ފެށި ފަހުން ލަންކާ އިން ފަސް މީހުން މަރުވެ، ދެ މީހުން ގެއްލިގެން ރިޕޯޓު ކުރި،" އެ ގައުމުގެ ޑިޒާޒްޓާ މެނޭޖްމަންޓް އެޖެންސީގެ ޕްރަދީޕް ކޮޑިޕިއްލި ވިދާޅުވި އެވެ.

މޫސުމާ ބެހޭ ބިޔުރޯ އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ ލަންކާގެ އުތުރު އައްސޭރިފަށާ ދިމާލުން ޖަފްނާ ސިޓީ ހިމެނޭ ސަރަހައްދަށެވެ.

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޑިޒާޒްޓާ މެނޭޖްމަންޓް މިނިސްޓަރު ކޭކޭއެސްއެސްއާރް ރާމަޗަންދްރަން ވިދާޅުވީ އެ ސްޓޭޓުގައި ވާރޭގެ ސަބަބުން ހަތަރު މީހުން މަރުވި ކަމަށެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމުން ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އެހީ އާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް 150 ވަގުތީ ހިޔާ ގާއިމްކޮށްފައިވާ ކަމަށެވެ.

އެ ސްޓޭޓުގެ ވެރިރަށް ޗެންނާއީގެ ބޮޑެތު މަގުތަކުގައި ވެސް ފެންބޮޑުވެފައި ވާއިރު، ގަސްތައް ވެއްޓުމުގެ ސަބަބުން ޓްރެފިކަށް އަސަރު ކުރި އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ރިކޯޑު މިންވަރަށް ޗެންނާއީ އަށް ވާރޭވެހި ފެންބޮޑުވުމާ އެކު 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މޫސުމީ ވިއްސާރަ އާއި ހޫނުވުމުގެ އަސަރު ކުރިއަށް ވުރެ މާ ބޮޑަށް އަދި އަވަސް އަވަހަށް މިހާރު ދިމާވަމުން ދަނީ މޫސުމީ ބަދަލާއި، ޖަންގަލިތަކުން ގަސް ކެނޑުމާއި، ކޯރުތަކުގައި ޑޭމް ހަރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް ތަރައްގީ ކުރަމުން ދާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox