ގައުމީ ޓީމުގެ މެޗު ވޯމްއަޕް ކުރިއަށް ގެންދަން ޖެހުނީ އަނދިރީގައި

Nov 8, 2021, 4:01 AM
ގައުމީ ޓީމުން ރޭ ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން.

ގައުމީ ޓީމުން ރޭ ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން.

ސްރީ ލަންކާގައި މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ފަހު ޕްރެކްޓިސް (މެޗު ވޯމްއަޕް) ގިނަ އުނދަގޫތަކަކާ އެކު ކުރިއަށް ގެންގޮސްފި އެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން މި މުބާރާތުގައި ވާދަކުރަނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.

މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ޓީމުގެ ފަހު ޕްރެކްޓިސްތައް ކުރިއަށްގެންދަން ހަމަޖައްސާފައި އޮތީ ލަންކާ ގަނޑިން ރޭ 8 އިން 9 އަށް ބެދަގާނާ ސަރަހައްދުގައި ހުންނަ އާޓިފިޝަލް ދަނޑުގަ އެވެ. އެކަމަކު، ދަނޑުގެ އެންމެ ލައިޓެއް މަސައްކަތްކުރާ މި ދަނޑުގައި ގައުމީ ޓީމަށް ޕްރެކްޓިސް ކުރެވުނީ ވިއްސަކަށް މިނިޓް ކަމަށް "އަދަދު" އަށް ވަނީ އެނގިފަ އެވެ.

ޓީމުގެ އޮފިޝަލަކު ރޭ "އަދަދު" އަށް ބުނީ ދަނޑު 8-9 އަށް ހަމަޖެހިފައިވީ ނަމަވެސް ދަނޑު ލިބުނުއިރު، 8:20 ވެއްޖެ ކަމަށެވެ. އަދި އެންމެ ލައިޓެއްގެ އަލީގައި ވެސް ޓްރެއިނިން ކުރިއަށް ގެންދިއުމުގެ ގަސްދުގައި ޓްރެއިނިން ފެށިއިރު، އޭގެ ފަނަރަ ވަރަކަށް މިނިޓް ފަހުން ދަނޑުގެ ލައިޓްތައް އެއްކޮށް ކަހަލަ ގޮތަކަށް ނިވުނު ކަމަށެެވެ. އަދި އަލުން ކުރިން ހުރި ވަރަށް ކަރަންޓް ލިބުނީ ވެސް އިރުކޮޅެއް ފަހުންނެވެ.

"ލަންކާ ފެޑެރޭޝަނުން ބުނީ ލައިޓްގެ މައްސަލަތަކެއް ހުރީ ކަމަށް. ގާތްގަނޑަކަށް 20 ވަރަކަށް މިނިޓް ޕްރެކްޓިސް ކޮށްލާފައި މާދަމާރޭ (މިރޭ)ގެ މެޗަށް މި ނުކުންނަން ޖެހެނީ." އޮފިޝަލް ބުންޏެވެ.

ގައުމީ ޓީމުން ރޭ ބޭއްވި ޕްރެކްޓިސް ސެޝަންގެ ތެރެއިން.--

މީގެ ކުރިން ވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޭރުގެ ބައެއް މުބާރާތްތައް ކުޅެން ގޮސް ތިބިއިރު ވެސް މި ކަހަލަ އެކި މައްސަލަތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން ޓްރެއިނިން ދަނޑު ވަގުތަށް ނުލިބުމާއި ޓްރާންސްޕޯޓް މައްސަލަތައް ދިމާވުން ފަދަ އެކި ކަންކަން ކުރިމަތިވެ އެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ. މި މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލަންކާ އަށް ވަޑައިގަންނަވާނެ އެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ) އަށް ކަމަށެވެ.

އެ މައްސަލައިގައި ގިނަ ދިވެހިންތަކެއް ނުރުހުން ފާޅުކޮށްފައިވަނިކޮށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމުގެ މަތިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާ ކުރައްވާ ދިވެހިންނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންނަށް 3000 ލަންކާ ރުޕީސް (231 ރުފިޔާ) އަށް ލަންކާ މެޗުގެ ޓިކެޓް ލިބޭނެ ކަމަށެވެ. ޓިކެޓް ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މިހުންނަށެެވެ. މެޗު ބަލަން ދިވެހިން ތިބެން ޖެހޭނީ ދަނޑުގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ.

މިދިޔަ މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެވެ.

ފީފާ ކަލަންޑަރަށް ފައްތައިގެން ކުޅޭ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ކުޅެން ނިންމާފައި އޮތް ބަންގްލަދޭޝާއި ސީޝެލްސް މެޗު ވަނީ ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ހަވީރަށް ފަސްކޮށްފަ އެވެ.

ލަންކާ ފެޑެރޭޝަނުން ބުނީ ރާއްޖެ އާއި ލަންކާގެ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ކުޅޭނީ 14 ވަނަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox