އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން، ކުރަން ޖެހޭނީ މަސައްކަތް: ގައުމީ ކޯޗު މޮރިއޭރޯ

Nov 4, 2021, 10:58 AM
ގައުމީ ކޯޗު މޮރިއޭރޯ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ ކޯޗު މޮރިއޭރޯ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެކަމަކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުކޮށްލަން އޭނާ އަކީ ޖާދޫ ހަދާ މީހެއް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ މަހު 21 ވަނަ ދުވަހު ހަވާލުވި މޮރިއޭރޯ، ރާއްޖެ ގޮވައިގެން ކުޅޭ ފުރަތަމަ މުބާރާތަކީ މި މަހު 8-17 އަށް ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަަ ފޯ ނޭޝަންސް ކަޕް އެވެ.

ފޯ ނޭޝަންސް ކަޕުގައި ވާދަކުރަން ގައުމީ ޓީމުގެ ފުރުމުގެ ކުރިން މިިއަދު ގްރޭޓާ މާލެ ބަސް ޓާމިނަލުގައި ހުރެ މޮރިއޭރޯ ވަނީ މީޑިއާ އަށް އިންޓަވިއުއެއް ދީފަ އެވެ.

އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުނީ ގައުމީ ޓީމާ އެކު ޓްރެއިނިންތައް ފަށައި މިވީ ދުވަސްތަކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޓެކްޓިކަލް ކަންކަމާއި ފިޒިކަލް ކަންކަމަށް މި މަސައްކަތް ކުރަނީ. (އެހާ އަވަހަށް ހުރިހާ ކަމެއް ބަދަލުކޮށްލަން) އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން. އެކަމަކު، ވަރަށް މުހިއްމު ކަމެއް ފާހަގަކުރަން. އެއީ މި ޓީމު ވަރަށް ރަނގަޅަށް އަހަންނާ އެކު މި މަސައްކަތް ކުރަނީ. 100 ޕަސެންޓް އެބަދޭ މި ކުޅުންތެރިން އަހަންނަށް،" ހިތްހަމަ ޖެހިފައި ހުރެ މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ އޭނާއާ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކުރަން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމުން ނިންމީ އޭނާގެ މަސައްކަތް ކަމުދާތީ ކަަން ޔަގީންވާ ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

"މި ޓީމުގެ ކޮންމެ ކުޅުންތެރިއަކު އަބަދު ވެސް ވިސްނަންވީ އިމްޕްރޫވް ކުރަން،" ކުޅުންތެރިންނަށް ދޭން އޮތް މެސެޖެއްގެ ގޮތުގައި މޮރިއޭރޯ ބުނީ މިހެންނެވެ.

ކޯޗިންގައި ވެސް މޮރިއޭރޯ އެންމެ ގިނައިން މަސައްކަތްކޮށްފައި ހުރީ އުފަން ގައުމު އިޓަލީގަ އެވެ. މޮރިއޭރޯ ބުނީ އޭނާ އައީ ފުޓްބޯޅައިގެ ތަފާތު ސަގާފަތެއްގެ ތެރެެއިން ކަމަށާއި މަސައްކަތް ކުރަނީ އޭނާގެ ވިސްނުމުގައި ހުރި ކަންތައްތައް އުނގަނައިދީގެން ދިވެހި ކުޅުންތެރިން ރަނގަޅު ކުރުމަށް ކަމަށެވެ.

"އަހަރެންގެ މި މެންޓަލިޓީ މި ކުޅުންތެރިންނަށް ފޯރުކޮށްދޭން ބޭނުމީ. މި މުބާރާތުން (ފޯ ނޭޝަންސް ކަޕް އިން) އަހަންނަށް އެނގޭނެ ކަމެއް އެއީ މި ވަގުތު އަހަރެމެންގެ މި ހުރި ލެވަލް،" އިޓަލީގެ އެކި ޑިވިޝަންތަކުގައި ކޯޗުކޮށްފައިވާ މޮރިއޭރޯ ބުންޏެވެ.

ހޮޓެލް ޖެންގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ޔޫތު މިނިސްޓްރީން ދާދި ފަހުން ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން މޮރިއޭރޯ ވަނީ އޭނާގެ ޓާގެޓަކީ ފޯ ނޭޝަންސް ކަޕް ކާމިޔާބު ކުރުން ކަމަށް ބުނެފަ އެވެ. މޮރިއޭރޯ މިއަދު ބުނީ މުބާރާތުގައި ރަނގަޅު ނަތީޖާ ނެރުމުގެ އިތުރުން މި މުބާރާތުގައި ރާއްޖެ ވަރުގަދަ ޓީމަކަށް ވާން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެމެން މި ކުޅެނީ ވަރުގަދަ ޓީމަކަށް ވާން. ހަގީގަތަކީ އަހަރެމެން އެބަޖެހޭ އިދިކޮޅު ޓީމަށް ވުރެ ބާރަށް ދުވަން. އަހަރެމެން އެބަޖެހޭ އޮފެންސާއި ޑިފެންސްގެ ބެލެންސް ވެސް ރަނގަޅު ކުރަން،" މޮރިއޭރޯ ބުންޏެވެ.

"މީގެ ކުރަން ޖެހޭނެ ކަމަކީ އިދިކޮޅު ޓީމަށް ވުރެ ބާރަށް ދުވެ މަސައްކަތްކޮށް އަބަދު ވެސް އިދިކޮޅު ޓީމަށް ވުރެ އިތުރަށް އެއް ގޯލު ޖަހަންވީ,"

މިދިޔަ މަހު 1-16 އަށް މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ފައިނަލް ސްކޮޑަށް ބަލާއިރު، ފޯ ނޭޝަންސް ކަޕްގެ ފައިނަލް ސްކޮޑަށް އައިސްފައިވަނީ ދެ ބަދަލެކެވެ. އެއީ އަނިޔާގެ ސަބަބުން ގައުމީ ޓީމާ ވަކިވާން ޖެހުނު އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އާއި އާއިލީ ސަބަބެއްގައި ޓީމާ ދުުރުގައި މި ވަގުތު ހުރި ފުލްބެކް މޫސާ ޔާމީން (ޔާމްބެ)ގެ ބަދަލުގައި ކީޕަރު ޔޫސުފާއި މުލަކޭ ހިމެނުމެވެ. މިއަދު ގައުމީ ޓީމު ފުރިއިރު، ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ޓީމާ އެކު ނުދާނެ އެވެ. އާއިލީ ކަމެއްގައި މާލޭގައި މަޑުކުރުމަށް ފަހު އަކޫ ފަހުން ޓީމާ ގުޅޭނެ އެވެ.

ލަންކާ މުބާރާތުގައި އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ ރާއްޖެ ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ.

ރާއްޖޭން ވަނީ 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox