ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް މުލަކޭ އާއި ޒުވާން ކީޕަރު ޔޫސުފް

Nov 4, 2021, 9:19 AM
ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް މުލަކޭ އާއި ޒުވާން ކީޕަރު ޔޫސުފް

އަންނަ ހަފްތާގައި ސްރީ ލަންކާގައި ފަށާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް އެކުލަވާލި ފައިނަލް ސްކޮޑުގައި ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އާއި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ހިމަނައިފި އެވެ.

ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ލަންކާގައި ރާއްޖެ ކުޅޭ ފޯ ނޭޝަންސް ކަޕަށް ގައުމީ ޓީމު މިއަދު ވަނީ ފުރާފަ އެވެ.

މިދިޔަ މަހު 1-16 އަށް މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ފައިނަލް ސްކޮޑަށް ބަލާއިރު، ފޯ ނޭޝަންސް ކަޕްގެ ފައިނަލް ސްކޮޑަށް އައިސްފައިވަނީ ދެ ބަދަލެކެވެ.

އެއީ އަނިޔާގެ ސަބަބުން ގައުމީ ޓީމާ ވަކިވާން ޖެހުނު އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އާއި އާއިލީ ސަބަބެއްގައި ޓީމާ ދުުރުގައި މި ވަގުތު ހުރި ފުލްބެކް މޫސާ ޔާމީން (ޔާމްބެ)ގެ ބަދަލުގައި ކީޕަރު ޔޫސުފާއި މުލަކޭ ހިމެނުމެވެ. މިއަދު ގައުމީ ޓީމު ފުރިއިރު، ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ޓީމާ އެކު ނުދާނެ އެވެ. އާއިލީ ކަމެއްގައި މާލޭގައި މަޑުކުރުމަށް ފަހު އަކޫ ފަހުން ޓީމާ ގުޅޭނެ އެވެ.

ފާއިތުވި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މުލަކޭ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި ގަތަރު ޓްރެއިނިން ކޭމްޕްގައި ވެސް ބައިވެރިވެފަ އެވެ. އޭނާ ޓީމުން ބާކީވީ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު ފައިނަލް ކުރިއިރު އެވެ.

މުލަކޭ އެންމެ ފަހުން ގައުމީ ޓީމުގެ ރަސްމީ ފައިނަލް ސްކޮޑެއްގައި ހިމެނިގެން މެޗެއް ކުުޅުނީ 2018 ވަނަ އަހަރުގެ މާޗް މަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ. އޭގެ ފަހުން އޭނާ އަށް ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް ފައިނަލް ޓީމުން ޖާގަ ނުލިބެ އެވެ.

ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ 19 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔޫސުފް ވަނީ ދާދި ފަހުން ގައުމީ ޓީމުން ކުޅުނު ދެ އެގްސިބިޝަން މެޗުގައި ކުޅެފަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ޒިގްޒެގް ސްޓޭޑިއަމް ހުޅުވަން އެ ރަށު ޓީމަކާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗާއި މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި އެ ތަނުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ދެ މެޗުގައި ވެސް ޔޫސުފް، 18، ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ޔޫސުފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާ އެކު ސާފް ސަރަހައްދުގެ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ސަރަހައްދުގެ މުބާރާތްތަކުގެ މެޗުތަކުގައި ކުޅެފައިވެ އެވެ.

ސްކޮޑު ފައިނަލްކުރިއިރު، ބާކީވި ކުޅުންތެރިންގެ ތެރޭގައި ދެ ކީޕަރުން ކަމަށްވާ ހަސަން ތޮލާލް (ޓޮޕްލަކް) އާއި އިޔާން އަބްދުލް އަލީމް (ޗިކީ)ގެ އިތުރުން ޒުވާން ގައުމީ ޓީމަށް ދާދި ފަހުން 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި ފުލްބެކް ހުސެއިން ފައިސަލް (ފައިޓޯ) ހިމެނެ އެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން އޮތީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް ވެސް މުބާރާތަށް ނުކުންނާނީ އާ ކޯޗަކާ އެކީ އެވެ. އެއީ އެ ގައުމުގެ ޑާކާ އަބަހާނީއާ ހަވާލުވެހުރި ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް އެވެ. މީގެ ތެރެއިން ސީޝެލްސް އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއާ އެކު ވާދަކުރާ ގައުމެކެވެ.

ފޯ ނޭޝަންސް ކަޕްގެ ސްކޮޑު:

ކީޕަރުން: ޔޫސުފް މީސަމް އަބްދުﷲ، ނާޖިހު އަލީ (ނާޖީ)، މުހައްމަދު ޝަފީއު (ޗެކް)،

ޑިފެންޑަރުން: އަކުރަމް އަބްދުލް ގަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ގާސިމް ސައްމާމް (ސައްމެ)،

މިޑްފީލްޑަރުން: ޔަސްފާދު ހަބީބު (މުލަކޭ)، އައިޝަމް އިބްރާހިމް، ހުސެއިން ނިހާން (ނިހާޓް)، އަސްހަދު އަލީ (އަޑޭ)، އަލީ ފާސިރު (ސެންޓޭ)، އިސްމާއިލް އީސާ (މެސީ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)،

ފޯވާޑުން: އަލީ އަޝްފާގު (ދަގަނޑޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)

ލަންކާ މުބާރާތުގައި އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ ރާއްޖެ ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox