ޖިންސީ އަނިޔާ ކުރި ކަމަށް ބެލެވޭ ގަލޮޅު ސްކޫލުގެ މުވައްޒަފު ބަންދުން ދޫކޮށްލައިފި

ގަލޮޅު ސްކޫލްގެ ދަރިވަރުންތަކެއް ބެލެނިވެރިންނާއެކު ސްކޫލަށް ހާޒިރުވަނީ: މުވައްޒަފު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ގަލޮޅު ސްކޫލްގެ ދަރިވަރުންތަކެއް ބެލެނިވެރިންނާއެކު ސްކޫލަށް ހާޒިރުވަނީ: މުވައްޒަފު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ އުމުރުން އެންމެ ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ސްކޫލުގެ މުވައްޒަފު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާ ކުރި މައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ ސްކޫލް ސާފު ކުރުމުގެ ވަޒީފާގައި އުޅޭ އުމުރުން 63 އަހަރުގެ އަންހެނެކެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލިއިރު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ. އަދި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރާކަން އެ ކޯޓުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

މި ހަބަރު ޕަބްލިޝް ކުރިއިރު ފުލުހުންގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެކަން ކުރި މީހަކު ސީދާ ނޭނގޭތީ، އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުން ތިބީ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފަ އެވެ. މަސައްކަތު މުވައްޒަފުން ނުވަތަ "ދައްތަމެންނަކީ" ބައެއް ދަރިވަރުން ފާހާނައަށް ދިޔުމަށް އެހީތެރިވުމުގެ ޒިންމާ ހަވާލުކޮށްފައި އޮތް ބަޔެކެވެ.

"ހުކުރު ދުވަހުން ފެށިގެން މި ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން [ދައްތަމެން] ވާނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ،" އެ މައްސަލައިގައި ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ގަލޮޅު މަދަރުސާއިން ވަނީ ޓީޗަރުގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ދާގޮތަށް ހަމަޖައްސާފަ އެވެ. އަދި ދަރިވަރުންގެ ސަލާމަތަށްޓަކައި ސްކޫލުގެ 18 ދިމާލެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ވަނީ ނިންމައިފަ އެވެ.

ކުޑަކުއްޖާާއަށް އަނިޔާ ކުރުން "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެޑިޔުކޭޝަނުން ވަނީ މިކަމުގައި އިހުމާލުވި ޓީޗަރަށް ފިޔަވަޅުއަޅަން އަންގާފަ އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ ޖެންޑާ ކޮމިޓީން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox