މި އަހަރުގެ ތިން ވަނަ ކްއާޓާގައި އުރީދޫ މޯލްޑިވްސް އަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
މި ކުއާޓާގައި އުރީދޫ އަށް އާމްދަނީގެ ގޮތުގައި 442 މިލިއަން ރުފިޔާ ލިބި، ސާފު ފައިދާ ވަނީ 110 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. ދެ ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 423 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެ ކްއާޓާގައި ލިބިފައި ވަނީ 98 މިލިއަން ރުފިޔާ އެވެ.
މޯބައިލްގެ ހިދުމަތްތަކުން އުރީދޫ އަށް ލިބިފައިވަނީ 336 މިލިއަން ރުފިޔާ އެވެ. ދެ ވަނަ ކުއާޓާގައި މޯބައިލް ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 320 މިލިއަން ރުފިޔާ އެވެ.
ފިކްސްޑް ބްރޯންޑް ބޭންޑްގެ ހިދުމަތްތައްކުން ތިން ވަނަ ކްއާޓާގައި 106 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެ ހިދުމަތްތަކުން ދެ ވަނަ ކްއާޓާގައި ލިބުނީ 103 މިލިއަން ރުފިޔާ އެވެ.
ތިން ވަނަ ކްއާޓާގައި ކުންފުނީގެ ހިންގުމުގެ ހަރަދުގެ ގޮތުގައި 244 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.










