ފަސް ތަރީގެ އެމަރަލްޑް ރިސޯޓުން ކަނޑަށް ކުނި އަޅާ މައްސަލަ ބަލަން ފަށައިފި

ރިސޯޓަކުން ކަނޑައެޅި ކަމަށް ބުނާ ކުނިތަކެއް. އީޕީއޭއިން ވަނި އެފަދަ މައްސަލައެއް ބަލަން ފަށާފަ.-- ފޮޓޯ: ސޯޝަލް މީޑިއާ

ރިސޯޓަކުން ކަނޑައެޅި ކަމަށް ބުނާ ކުނިތަކެއް. އީޕީއޭއިން ވަނި އެފަދަ މައްސަލައެއް ބަލަން ފަށާފަ.-- ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ފަސް ތަރީގެ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ކަނޑަށް ކުނި އަޅާ ކަމަށް ބުނާ މައްސަލަ އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިއަދު ބަލަން ފަށައިފި އެވެ.

އިޓަލީގެ ކުންފުންޏަކުން ރ. އަތޮޅުގައި ހިންގާ 160 އެނދުގެ އެ ރިސޯޓުން ކަނޑަށް ކުނި އަޅާ ކަމަށް ބުނާ މައްސަލަ ހިލުނީ، އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި ފީނާ މީހަކު އެކަން ސޯޝަލް މީޑިޔާގައި ލިޔެ، އާންމުންގެ ސަމާލުކަމަށް ގެނައުމުންނެވެ.

އެ މައްސަލައިގައި ރިސޯޓަށް ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައި އޮއްވާ ތިމާވެށި ހިމާޔަތް ކުރުމުގެ ޒިންމާ އޮތް އީޕީއޭގެ ފަރާތުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ "ރިސޯޓަކުން ގަވާއިދާ ހިލާފަށް ކަނޑަށް ކުނި އެޅި މައްސަލަ ކަމާގުޅޭ އިދާރާތަކާ ގުޅިގެން" ބަލަމުންދާ ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރު އަދި އެ އޮފީހުގެ ސީނިއާ އެންވަޔަރަންމެންޓް އެނަލިސްޓް ރިއްފަތު ނައީމް ވިދާޅުވީ ރިސޯޓުގެ މައްސަލަ ބަލަނީ އީޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކަމަށެވެ.

"އެއީ އެކަމުގައި ތުހުމަތު ވަނީ ރިސޯޓަކަށްކަމުގައިވާތީ. ދެން ގާނޫނުގެ އެބަ އުޅޭ ފުށުއެރުންތަކެެއް. އެހެންވެ ގިނަ ފަހަރަށް އީޕީއޭއަށް ފިޔަވަޅު ނޭޅެނީ ވެސް ރިސޯޓުތަކަށް އެކަހަލަ ކަންކަމުގައި. އެހެންނަމަވެސް، އަޅުގަނޑުމެން މިދަނީ ޓޫރިޒަމް މިނިސްޓްރީއާ އެއްކޮށް މިކަމުގައި މަސައްކަތް ކުރަމުން،" ރިއްފަތު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން އުފައްދާ، ހަލާކުވެދާޒާތުގެ ކާބޯތަކެތީގެ ކުނި، ކަނޑުގެ ވަކި ސަރަހައްދަކަށް އެޅުން އޮންނަނީ ސަރުކާރުން ހުއްދަކޮށްފަ އެވެ. ނަމަވެސް އެމެރަލްޑުން އެޅި ކަމަށް ބުނާ ކުނިތަކުގެ ތެރޭގައި ޕްލާސްޓިކާއި ރިސޯޓުގައި ބޭނުން ކުރާ ތަކެތި ހިމެނޭކަން ސޯޝަލް މީޑިއާއަށް ލާފައިހުރި ފޮޓޯތަކުން ފެނެ އެވެ.

އެ މައްސަލައިގައި އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ ކޮމެންޓަށް ހޯދަން މި ނޫހުން ގުޅި ނަމަވެސް މިހާތަނަށް އަދި ބަހެއް ނުލިބެ އެވެ.

އެމެރަލް ރިސޯޓުން ކަނޑަށް އެޅި ކުނި ނެގި އެ ރިސޯޓުގެ ފީނާ މީހާ އެ ކުނިތައް ނެގުމަށްފަހު ބެހެއްޓީ ރިސޯޓުގެ ރިސެޕްޝަން ސަރަހައްދުގަ އެވެ. އެ މައްސަލައިގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

"ވަރަށް ސަލާމް އެމެރަލްޑް. ތި އަގުބޮޑު ތަނުން މިއަދު އަހަރެން ކަނޑާލެވިދާނެ. އެކަމަކު އަހަންނާއި ކަނޑާ އޮތް ގުޅުން ކަލޭމެންނަކަށް ދުވަހަކު ވެސް ކަނޑައިނުލެވޭނެ،" އެ މުވައްޒަފު އިނގިރޭސި ބަހުން ފޭސްބުކްގައި ލިޔެފައި އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox