ފެތުމުގެ ޗެމްޕިއަނުންގެ ހާއްސަ މުބާރާތުގެ ރަން ވަނަ ހަމްނާ އާއި އާން އަށް

Oct 28, 2021, 4:01 AM
ޗެމްޕިއަނުންގެ މުބާރާތުގެ ރަން ވަނަ ހޯދި އާން (ކ) އާއި ހަމްނާ މެޑަލްތައް ކަރުގައި އަޅާލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޗެމްޕިއަނުންގެ މުބާރާތުގެ ރަން ވަނަ ހޯދި އާން (ކ) އާއި ހަމްނާ މެޑަލްތައް ކަރުގައި އަޅާލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ސްވިިމިން އެސޯސިއޭޝަންގެ ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގެ ފުރަތަމަ ރަން ވަނަތައް ކާމިޔާބު ދެ ފެތުންތެރިން ކަމަށްވާ ހަމްނާ އަހުމަދާއި މުހައްމަދު އާން ހުސެއިން ހޯދައިފި އެވެ.

މި މަހު 22 އިން ފެށިގެން ރޭގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި ފެތުމުގެ މި ހާއްސަ މުބާރާތުގެ ގިނަ އިވެންޓްތަކެއް ކާމިޔާބުކުރީ ހަމްނާ އާއި އާން އެވެ.

ހަމްނާ އާއި އާން އަކީ އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ހަތަރު ފެތުންތެރިންގެ ތެރެއިން ދެ ފެތުންތެރިއެކެވެ. އަދި ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހޯދި އައިޝަތު ސައުޝަން އަށް ޗެމްޕިއަނުންގެ މުބާރާތުގައި ވާދަނުކުރެވުނީ ފަހު ވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.

ޗެމްޕިއަނުންގެ މުބާރާތުގައި ހަމްނާ ވަނީ 13 އިވެންޓްގައި ވާދަކޮށް 12 އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ހަމްނާ އަށް ރަން މެޑަލް ނުލިބުނީ އޭނާ ވާދަކުރި 100 މީޓަރު ބަޓަފްލައި އިވެންޓްގަ އެވެ. މި އިވެންޓްގައި ހަމްނާ ޑިސްކޮލިފައިވެ، ވަނަ އަކާ ހަމައަށް ދެވޭ ގޮތެއްނުވި އެވެ.

ޗެމްޕިއަނުންގެ މުބާރާތުގެ އިވެންޓެއްގެ ތެރެއިން ހަމްނާ ފަތަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ހަމްނާ މެޑަލް ހޯދި އިވެންޓްތަކަކީ 100 އާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް، 100 އާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 100 އާއި 50 މީޓަރު ފްރީ ސްޓައިލް އެވެ.

އާން ވަނީ 15 އިވެންޓްގައި ވާދަކޮށް 14 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އާން އަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ. މި އިވެންޓުން ރަން މެޑަލް ގެނައީ މުހައްމަދު ރިހާން ޝިޔާމް އެވެ.

އާން ކާމިޔާބުކުރި އިވެންޓްތަކަކީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ، 100 އާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބްރެސްޓްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބްރެސްޓްސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 100 އާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 އާއި 100 މީޓަރު ފްރީ ސްޓައިލް އެވެ.

އިވެންޓެއް ނިންމާލުމަށް ފަހު އާން މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސްވިމިން އެސޯސިއޭޝަނުން ބުނީ ކޯވިޑް-19އާ ހެދި މިދިޔަ އަހަރު އެ އެސޯސިއޭޝަން އިން ކުރިއަށްގެންދާ އެއްވެސް މުބާރާތެއް ބޭއްވިފައިނުވެ އެވެ. އެހެންވެ، މި އަހަރު އަލަށް ޗެމްޕިއަން އޮފް ޗެންޕިއަންސް މުބާރާތް ފެށިއިރު، މުބާރާތުގައި ބައިވެރިކުރީ 2019 ވަނަ އަހަރު ކުރިއަށް ގެންދިޔަ ހުރިހާ އިވެންޓްތަކުން މަތީ ވަނަތައް ހޯދި ފެތުންތެރިންނަށް ދައުވަތުދީގެންނެވެ.

އެ ގޮތުން ޗެމްޕިއަނުންގެ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ ކޮންމެ ކެޓަގަރީ އަކުން ވެސް އެންމެ މޮޅު އަށް ފެތުންތެރިންނަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

މުސްތަގުބަލުގައި ޗެމްޕިއަނުންގެ މި މުބާރާތް ފުޅާކުރުމުގެ ވިސްނުން ސްވިމިން އެސޯސިއޭޝަނުން ގެންގުޅެ އެވެ. އެ ގޮތުން ކުރިއަށް އޮތްތަނުގައި މި މުބާރާތަކީ ސްވިމިން އެސޯސިއޭޝަނުން ބާއްވާ އެންމެ ޝަރަފްވެރި މުބާރާތަށް ހެދުމަކީ އެސޯސިއޭޝަނުން ގެންގުޅޭ ވިސްނުމެކެވެ. އެެސޯސިއޭޝަނުގެ އެއް ވިސްނުމަކީ ސަރަހައްދުގެ އެކި ޗެމްޕިއަނުންނާ އެކު މި މުބާރާތް ކުރިއަށް ގެންދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox