ބަހްރޭން އަތުން ވެސް ރާއްޖެ އަށް ނާކާމިޔާބު

Oct 27, 2021, 6:25 PM
ބަހްރޭނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--

ބަހްރޭނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ތިން ވަނަ މެޗުން މިއަދު ބަހްރޭން އަތުން ބަލިވެއްޖެ އެވެ.

ފުރަތަަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ. ގަތަރުން ދެ ވަނަ މެޗުގައި ރާއްޖެ ބަލިކުރީ 98 ލަނޑުންނެވެ. އަދި މިއަދު ބަހްރޭނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ ހަތް ވިކެޓުންނެވެ. މި ނަތީޖާތަކާ އެކު ބާކީ އެއް މެޗު އޮއްވައި ރާއްޖެ ވަނީ ކޮލިފައިން އިން ކަޓައިފަ އެވެ. ފަހު މެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ކުވޭތާ ދެކޮޅަށެވެ. ކުވޭތާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.

ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގެ ޓޮސް ދިމާވުމުން ބަހްރޭނުން ނިންމީ ފީލްޑްކުރާށެވެ. ބަހްރޭނުގެ މި ނިންމުމާ އެކު ރާއްޖޭން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ.

ރާއްޖެ ޓީމުން އެންމެ އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 31 ލަނޑު ހެދި އުމަރު އާދަމާއި 15 ބޯޅައިން 15 ލަނޑު ހަމަކުރި މުހައްމަދު ރިޝްވާނެވެ. ރިޝްވާނަކީ މި ފަހަރުގެ މުބާރާތުގައި ސްކޯރިން އަށް ބަލާއިރު، ރަނގަޅު ލެވަލެއްގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ބަހްރޭނުން ފުރަތަމަ މެޗުގައި ގަތަރު ބަލިކުރި ނަމަވެސް ދެ ވަނަ މެޗުގައި ކުވޭތު އަތުން ބަލިވުމުން ރާއްޖެ އަތުން މޮޅުވުން ނޫން ގޮތެއް އެ ޓީމަށް ނެތެވެ. އެހެންވެ، ޖަވާބުގައި ކުޅެން އަރައި އެ ޓީމުން މޮޅުވެވޭވަރުގެ ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ކުޅެން ނުކުމެ ހަތް ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދައި މެޗުން ފުރިހަމަ މޮޅެއް ހޯދި އެވެ.

ބަހްރޭނުގެ މި މޮޅުގައި އެންމެ ހިއްސާ ބޮޑީ 13 ބޯޅަ އިން 31 ލަނޑު ހެދި މުހައްމަދު ޔޫނިސް އެވެ. ރާއްޖޭގެ ކުޅަދާނަ އުުކުންތެރިޔާ ހަސަން އިބްރާހިމް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

އަންނަ އަހަރު ބާއްވާ ޓީ20 ވޯލްޑް ކަޕަށް ކޮލިފައިވާނީ މި ގްރޫޕުން އެންމެ ކުރި ހޯދާ ޓީމެކެވެ. ގްރޫޕްގެ އެެއް ވަނައިގައި އޮތް ބަހްރޭނާއި ދެ ވަނައިގައި އޮތް ގަތަރު އަދި ތިނެއްގައި އޮތް ސައުދީ އަރަބިއްޔާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެއިން ކޮންމެ ޓީމެއް ވެސް ތިން މެޗެއް ވަނީ ކުޅެފަ އެވެ. ހަތަރެއްގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އޮތް ކުވޭތެވެ. ރާއްޖެ ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox