ރިޒާގެ ޝަރީއަތް ނުފެށި އިޖުރާއީ ބަހުސަކަށް!

ރިޒާގެ ޝަރީއަތް ނުފެށި އިޖުރާއީ ބަހުސަކަށް!

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ އިންސާނީ ވަގުފާރި ކުރުމުގެ ދައުވާއާ ގުޅިގެން، ދައުވާ ހުށަހަޅާ ފޯމުގައިވާ ކުށެއް އިސްލާހު ކުރަން ދިން ފުރުސަތު ދައުލަތުން ދޫކޮށްލުމުން، އެ މައްސަލައިގެ ޝަރީއަތް ނުފެށި އިޖުރާއީ ބަހުސެއް ފެށިއްޖެ އެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ރިޒާގެ ކުންފުނި ކަމަށްވާ އާރްއައިއެކްސް (ރިޒް ކުންފުނިން) ގެންގުޅުނު ބިދޭސީންނާމެދު އިހާނެތިކޮށް ހިތައި, އެމީހުންގެ އިންސާނީ ހައްގަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ރިޒާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ, އިންސާނީ ވަގުފާރީގެ ދައުވާގެ އިތުރުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

އެންމެ ފަހު އަޑުއެހުމުގައި ދައުވާ ފޯމް އިސްލާހުކުރުމުގެ ހުއްދަ ދިން

އޭނާގެ މައްޗަށް ވަގުފާރީގެ ދައުވާ އުފުލާފައިވާ ސަބަބު ސާފުކޮށްދެއްވަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ކުރީ އޭނާ ބިދޭސީން ރާއްޖެއަށް ޓްރެފިކްކޮށް, އެ ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފައިވާތީ ކަމަށެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ހުށަހަޅާ ފޯމުގައި އޮތްކުށެއް އިސްލާހުކުރުމަށް އެދިފަ އެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފެށިގެން ކުރިއަށް ދާއިރު، ދައުވާ ފޯމު އިސްލާހުކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ޝަރީއަތް ކުރިއަށް ގެންދަވާ ގާޒީއަށެވެ.

މިކަމުގައި ދައުލަތާއި ދިފާއުގެ އިއުތިރާޒެއް ނެތުމުން މައްސަލަ ބައްލަވާ ގާޒީ، ދީބަނާޒް ފަހުމީ ނިންމެވީ ދައުވާ ފޯމަށް އިސްލާހު ގެނެއުމުގެ ހުއްދަ ދައުލަތަށް ދިނުމަށެވެ.

މައްސަލަ އުފަންވީ އެ ހުއްދަ ބޭނުން ނުކުރަން ނިންމުމުން

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ދީބަނާޒް ވިދާޅުވީ ދައުވާ ފޯމް އިސްލާހު ކުރަން ޝަރީއަތުން ހުއްދަ ދިން ކަމުގައި ވީނަމަވެސް ދައުވާ ފޯމު އިސްލާހުކުރުމަށް ބޭނުން ނުވާ ކަމަށް ބުނެ ދައުލަތުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ދިފާއުއަށްވެސް މި ސިޓީ ލިބިފައިވާކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް އެގޮތަށް ދައުލަތުން ކަންތައް ކުރުމުން ދިފާއުން އެކަމަށް އިއުތިރާޒް ކުރައްވާ، އިޖުރާއީ ގިނަ ނުކުތާތަކެއް ފާހަގަކުރެއްވި އެވެ.

ދިފާއީ ވަކީލް އަލީ ސައީދު އެންމެ ފުރަތަމަވެސް ކަންބޮޑުވުން ފާޅުކުރެއްވި އެއްކަމަކީ ދައުލަތުން ދައުވާ ފޯމު "އިރުއިރުކޮޅާ އެކި ގޮތްގޮތަށް" އިސްލާހު ކުރުމަށް އެދޭ ކަމަށް ވިދާޅުވެ އެވެ. އެފަދައިން ދައުވާ ފޯމަށް އިސްލާހު ގެނައުމުގައި ދައުލަތުގެ "ސްޓޭންޑް" އެކި ފަހަރު އެކި ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް ސުޕްރިމް ކޯޓުގެ ނިންމުމަކާ ހަވާލާދީ އޭނާ ފާހަގަކުރި އެވެ. އަދި އެންމެ ފަހުން ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ފޯމަށް ގެންނަން ހުށަހެޅި އިސްލާހަށް ގާޒީވެސް ހުއްދަ ދެއްވާފައިވާކަމަށް ވެސް އަލީ ސައީދު ވިދާޅުވި އެވެ.

titledesc

ދިފާއުން ވިދާޅުވީ އަލީ ރިޒާގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވަނީ އޭނާ ރާއްޖޭގެ އެއްތަނުން އަނެއްތަނަށް މީހުން ގެންގޮސް ޓްރެފިކް ކުރި ކަމަށް ދެކިގެންކަން ދައުވާ ފޯމުން އެނގޭ ކަމަށެވެ. ނަމަވެސް އިސްލާހު ކުރަން ހުށަހަޅާފައިވާ ގޮތުން، ދައުވާ ހުށަހެޅި ސަބަބަށް ބަދަލު އަންނާނޭ ކަމަށާއި، މިހާރު އެދިފައިވާ ގޮތަށް އިސްލާހުކޮށްފިނަމަ ދައުވާ ކުރާ ސަބަބަކަށްވާނީ އެއް ގައުމުން އަނެއް ގައުމަށް މީހުން ގެންގޮސްގެން ޓްރެފިކް ކުރުން ކަމަށް ވިދާޅުވެ، އެ ބަދަލު ގެނައުމާމެދު ދިފާއުން އިއުތިރާޒުކުރެއްވި އެވެ.

މި އިސްލާހާއެކު މުޅި ދައުވާ ފޯމަށް ބަދަލު އަންނާނެ ކަމަށް ދިފާއުން ގަބޫލުކުރެ އެވެ. އަދި ދައުވާއަށް ޖަވާބުދާރީ ވާން ޖެހޭ ގޮތްވެސް ތަފާތު ވާނެ ކަމަށް ދެކެ އެވެ. އޭނާ ވަނީ މިހާރު އޮތްގޮތަށް މި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދައުލަތުގެ ވަކީލް ފާތިމަތު މީޝާ ވިދާޅުވީ ދައުވާ ފޯމަށް އިސްލާހު ނުގެންނަން ނިންމީ ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާތަށް އެ އިސްލާހު އައިސްފައި ވަނީ ރިޒާގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިންގް ކުށުގެ އަމަލުގެ ހާދިސާއަށް ފަހުގައިކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ކުށުގެ ފަހުން ވުޖޫދުވި އިސްލާހެއްގެ ދަށުން ދައުވާ ނުކުރެވޭނެކަން ފާހަގަކޮށް، ދައުލަތުން ވަނީ އެ ފުރުސަތު ދޫކޮށްލައި ޝަރީއަތުގައި މާފަށް އެދިފަ އެވެ.

އެހެންނަމަވެސް ދިފާއުން ވިދާޅުވީ އެ ފުރުސަތު ދެއްވުމަށް ގާޒީ ނިންމެވީ އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން 2 ގަޑިއިރު ބަހުސް ކުރެއްވުމަށްފަހުގައި ކަމަށެވެ. އެ ފުރުސަތު ދޫކޮށްލުމުން، ދިފާއުއާ ޝަރީއަތުގެ ވެސް ވަގުތުތަކެއް ބޭކާރުވެގެން ދިޔަކަން ފާހަގަކުރައްވައި، ނުރުހުން ފާޅުކުރެއްވި އެވެ. އަދި ގާޒީގެ ނިންމެވުމެއް ބަދަލު ނުކުރެވޭނެ ކަމަށާއި، އެ ނިންމުން ބަދަލު ކުރާނަމަ ދާން ޖެހޭނީ މަތީ މަރުހަލާގެ ކޯޓަކަށް ކަމަށް ވިދާޅުވި އެވެ. އަދި މި ކަމުގައި ގާޒީ ނިންމެވި ގޮތް ލިޔުމުން ދިނުމަށް ދިފާއުން އެދިވަޑައިގަތެވެ.

އެކަމަށް އިއުތިރާޒް ކުރައްވަމުން ގާޒީ ދީބާނާޒް ވިދާޅުވީ އެ މައްސަލާގައި އަދި ގޮތެއް ނިންމަން ދަތި ކަމަށެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ނެތް ކަމެއް އުފަންވުމުން ކަމަށް ވިދާޅުވި އެވެ.

މިހާރު އުފެދިގެން މި އުޅޭ މައްސަލައަކީ ޖިނާއީ އިޖުރާތުގެ ގާނޫނުން ތަސައްވުރު ކުރެވޭ ކަމެއް ނޫން. މި މައްސަލާގައި ގޮތެއް ނިންމާނީ ދެފަރާތުންވެސް ލިޔުމުން ޖަވާބުދާރީވުމުން

މިފަދައިން ވިދާޅުވުމަށްފަހު މިހާރު އުފެދިގެން އުޅޭ މައްސަލަ ފާހަގަކުރެއްވި އެވެ. ގާޒީ ދީބަނާޒް ވިދާޅުވީ ދައުލަތުން ދައުވާ ފޯމް އިސްލާހު ކުރީ 'ޝަފަވީ ގޮތުންތޯ ނުވަތަ ކިތާބީ ގޮތުންތޯ ސުވާލު އުފެދޭ' ކަމަށެވެ. އަދި މިހާރު އޮތް ހާލަތުން މި ދައުވާ ކުރިއަށް ގެންދެވޭނެ ކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށްވެސް ގާޒީ ދީބާނާޒު ވިދާޅުވި އެވެ. އެއީ އެފަދަ ނުކުތާތަކެއް ދިފާއުން ފާހަގަކުރެއްވުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަހަރު ތެރޭ މި މައްސަލަ ފެށޭނެ ކަމުގެ އުންމީދެއް ނެތް

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ދީބަނާޒް ވަނީ ދިފާއުން ހުށަހަޅާ ކަންކަން ލިޔުމުން ޝަރީއަތަށް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ދައުލަތަށް ދިން ފުރުސަތަށް އިއުތިރާޒްކުރި މައްސަލާގައި ދިފާއުން ފާހަގަކުރާ އިޖުރާއީ ނުކުތާތައް ލިޔުމުން ހުށަހަޅަން ދީފައި ވަނީ އަންނަ މަހުގެ 23 ގެ 14:00 ގެ ކުރިންނެވެ.

ދިފާއުގެ ހުށަހެޅުން ކޯޓަށް ލިބޭތާ ލަސްވެގެން ދެ ދުވަހުގެ ތެރޭގައި ޕީޖީއަށް އެ ލިޔުން ރައްދު ކުރެވޭނެ ކަމަށް ބައްލަވައި، ގާޒީ ވަނީ އެ ހުށަހެޅުމަށް ދައުލަތުން ރައްދު ދިނުމަށްވެސް 15 ދުވަސް ދެއްވާފަ އެވެ. އެ މުއްދަތު ހަމަވާނީ 19 ޑިސެމްބަރުގަ އެވެ. އެއަށްފަހު މި މައްސަލައިގައި ގޮތެއް ނިންމުމަށް އިބްތިދާއީ މަރުހަލާގެ ތެރެއިން އަޑުއެހުމެއް ބާއްވާނެ އެވެ. އެހެންކަމުން މިއަހަރު ތެރޭގައި މި މައްސަލައިގެ އިބްތިދާއީ ބައި ނިމުމަށްފަހު ޝަރީއަތް ފެށުމަށް އޮތް ފުރުސަތު ހަންޏެވެ.

ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މެމްބަރު ރިޒާއާއި ދައުވާ ލިބޭ ހަސަން އުމަރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެންނެވެ. ދައުވާ ރައްދުވާ ނަސްރުالله އުސްމާންއާއި، ދައުލަތުގެ ވަކީލުން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވަޑައިގަތީ އޮންލައިންކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox