މޯދީ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުން ކޮޕް26 އާ މެދު އުއްމީދު ބޮޑުވެއްޖެ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ (ވ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ (ވ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް.

ނިއު ދިއްލީ، އިންޑިއާ (އޮކްޓޯބަރު 24) - މި މަހު ފަހުކޮޅު ފަށާ މޫސުމީ ބަދަލާ ގުޅޭ ބޮޑު ބައްދަލުވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަޑައިގަންނަވާނެކަން އިއުލާނުކޮށްފި އެވެ.

ޕެރިހުގައި 2015 ވަނަ އަހަރު އޮތް މޫސުމީ ބަދަލާ ގުޅޭ ބައްދަލުވުމަށް ފަހު ބާއްވާ އެފަދަ އެންމެ ބޮޑު ބައްދަލުވުމަށް ދުނިޔޭގެ 120 ލީޑަރުން ސްކޮޓްލޭންޑުގެ ގްލާސްގޯ އަށް ވަޑައިގަންނަވާނެ އެވެ.

ނަމަވެސް އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 އަށް ކުރިއަށްދާ ކޮޕް 26 ސަމިޓުގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެވަޑައިނުގަންވާނެ އެވެ.

އެހެންކަމުން މޯދީ ސަމިޓަށް ވަޑައިގަންނަވާނެކަން އިއުލާނުކުރުމާ އެކު އެއީ ބައްދަލުވުންތަކާ މެދު އުއްމީދު އާވެގެން ދިޔަ ކަމެއްގެ ގޮތުގައި އެނެލިސްޓުން ދެކެ އެވެ.

ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑް ގޭސް މަދު ކުރަން އިންޑިއާ އިން ކުރާ މަސައްކަތް އިތުރު ކުރަން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މަންދޫބުން ވަނީ ފަހަކަށް އައިސް އިންޑިއާ އަށް ޕްރެޝަރުކޮށްފަ އެވެ.

އެމެރިކާ އާއި ޗައިނާ އަށް ފަހު އެންމެ ގިނައިން ޖައްވަށް ވިހަ ގްރީންހައުސް ގޭސް ބޭރު ކުރަނީ އިންޑިއާ އެވެ. އޮފިޝަލުން ބުނެފައި ވަނީ އިންޑިއާ އިން ކުރާނެ މަސައްކަތާ ގުޅޭ އާ ހުށަހެޅުމެއް ސަމިޓުގެ އާއްމު ކުރާނެ އެވެ. ނަމަވެސް އޭގެ ތަފްސީލް އަދި އާއްމެއް ނުކުރެ އެވެ.

މޯދީ ގްލާސްގޯ އަށް ވަޑައިގަންނަވާނީ އަންނަ ހަފުތާ ބަންދުގައި ރޯމްގައި އޮންނަ ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެވެ. އެ ސަމިޓުގައި ވެސް ދުނިޔެ ހޫނުވުމާ ގުޅޭ ވާހަކަތައް ކުރިއަށް ދާނެ އެވެ.

އެންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނެފައިވާ ގޮތުގައި އިންޑިއާ އިން މި ވަގުތު ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑަކީ މުޅި ޔޫރަޕުން ބޭރު ކުރާ މިންވަރާ އެއް ނިސްބަތެކެވެ.

ކޮވިޑް ބަލިމަޑުކަމަށް ފަހު އިންޑިއާގެ އިގްތިސާދު އަލުން ބިނާ ކުރުމުގެ މަސައްކަތުގައި ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު 2019 ވަނަ އަހަރު ހުރި މިންވަރަށް ވުރެ އިތުރުވާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.

އިންޑިއާ އިން ދެކޭ ގޮތުގައި ސިނާއީ އިންގިލާބުގައި ޖައްވަށް ގިނައިން ގޭސް ބޭރުކުރި މުއްސަނދި ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ ފައިސާ އިތުރު ކުރަން ޖެހެ އެވެ. އެ ފައިސާ އަކީ މޫސުމީ ބަދަލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފޯރުކޮށްދޭ ފައިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox