ޒުވާން ގައުމީ ޓީމުގެ ކެޕްޓަނަކަށް ހައިޝަމް، ވައިސް ކެޕްޓަނުންނަށް އޮގީ އާއި ޔާން

Oct 25, 2021, 5:12 AM
ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ހައިޝަމް (މ) އާއި ވައިސް ކެޕްޓަނުންނަށް ހަމަޖެއްސި ޔާން (ކ) އާއި އޮގީ (ވ).

ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ހައިޝަމް (މ) އާއި ވައިސް ކެޕްޓަނުންނަށް ހަމަޖެއްސި ޔާން (ކ) އާއި އޮގީ (ވ).

އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަނަކަށް ސީނިއާ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހައިޝަމް ހަސަން (ބިޑި) ހަމަޖައްސައިފި އެވެ.

އުމުރުން 22 އަހަރުގެ ހައިޝަމް އަކީ މާލޭގައި މި މަހު 1-16 އަށް ކުރިއަށްދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔެއް ސަމާލުކަން ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅުނު އަބްދުﷲ ޔާމީން (ޔާން) އާއި މުހައްމަދު ޖައިލަމް (އޮގީ) އެވެ.

ހައިޝަމް ވަނީ 2017 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޮލިފައިންގައި ކުޅެ އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅުނު ޓީމުގައި ހިމެނުނެވެ. އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ފަހު ހައިޝަމް އަންނަނީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދަމުންނެވެ.

ބ. އޭދަފުއްޓަށް އުފަން ހައިޝަމް ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ޒުވާން އުމުރުގައި ގައުމީ ސީނިއާ ޓީމަށް ކުޅުނު ޔާން ވެސް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައިސް މިދިޔަ ސީޒަނުގައި އާ ހިތްވަރަކާ އެކު ކުޅެން ފެށި އޮގީ ވަނީ މި ފަހަރުގެ ކޮލިފައިން އަށް ތައްޔާރުވާން ޅ.އަތޮޅުގައި ގައުމީ ޓީމުން ޖެހި ކޭމްޕްގެ ބައެއް މެޗުތަކުގައި ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

އެންމެ ފަހުން ކުޅުނު 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރި ގައުމީ ޓީމުތަކުގެ ކެޕްޓަންކަން ކޮށްފައިވާ ކުޅުންތެރިންނަށް ބަލާއިރު، ޓީސީ އަށް ކުޅުނު އައްޒާމް އަބްދުﷲ (އެޑޫ) އާއި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ހިމެނެ އެވެ.

އަފްގާނިސްތާން ހާޒިރެއް ނުވޭ، ކޮލިފައިންގައި ރާއްޖެ އަށް އޮތީ ދެ މެޗު

ކޮލިފައިންގެ ޝެޑިއުލް ފުރަތަމަ އާންމުކުރިއިރު، ބަހްރޭންގައި ކުރިއަށްދާ ގޮތަށް ރޭވި ކޮލިފައިން ގްރޫޕް ސީގައި ބަހްރޭނާއި ރާއްޖޭގެ އިތުރުން ދެން އޮތީ އަފްގާނިސްތާން އާއި އިރާގް އެވެ. އެކަމަކު، އެންމެ ފަހު ވަގުތު އަފްގާނިސްތާނުން ބަހްރޭނަށް ނުދާތީ ރާއްޖެ މިހާރު ކޮލިފައިންގައި ރާއްޖެ އަށް ކުޅެން އޮތީ އެންމެ ދެ މެޗެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކުޅޭނީ އިރާގާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި ރާއްޖޭން ބަހްރޭނާ ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އަންނަ އަހަރު އުޒްބެކިސްތާންގައި އޮންނަ 23 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭނީ މިހާރު ކުރިއަށްދާ ކޮލިފައިންގެ 11 ގްރޫޕްގެ އެއް ވަނަ ޓީމުގެ އިތުރުން 11 ގްރޫޕްގެ ދެ ވަަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތަކެއް ނެރޭ ހަތަރު ޓީމެކެވެ.

މިއަދު ރާއްޖެ ކުޅެން ޖެހޭ އިރާގަކީ އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. އުމުރުފުރާ މުބާރާތްތަކުގައި ވެސް އިރާގުން އަންނަނީ ނަތީޖާ ނެރެމުންނެވެ. އިރާގާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 18:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox