ޔޫތު އެވޯޑް "އަދަދު" ގެ ނާޒިމް ހާސިލްކޮށްފި

Oct 23, 2021, 4:16 PM
ނާޒިމް (ވ) އަށް ރައީސް ސޯލިހު އެވޯޑް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ނާޒިމް (ވ) އަށް ރައީސް ސޯލިހު އެވޯޑް ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އާޓް/ފަންނުވެރިންގެ ދާއިރާ އިން ޔޫތު އެވޯޑް "އަދަދު" ގެ އެސޯސިއޭޓް އެޑިޓަރު ނާޒިމް ހަސަން މިރޭ ހާސިލްކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނާޒިމް އަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވައި ހިތްވަރުދީ، މަސައްކަތުގެ އަގުވަޒަންކޮށް ގައުމަށް ހިދުމަތްކުރުމުގައި ދެމި ތިބުމަށް ބާރު އެޅުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިނިއުނިޓީ އެމްޕަވާމަންޓުން ދޭ އެވޯޑެކެވެ.

ނާޒިމް ބުނީ އަމިއްލަ ރަށުގައި ބޭއްވި ޖަލްސާގައި، މައިންބަފައިންގެ ކުރިމަތީގައި މި އިނާމު ހާސިލްކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނާޒިމް ނޫސްވެރިކަމުގެ ތެރެއަށް ނުކުތީ ވެސް އެ ރަށަށް ހާއްސަ ނޫސް ވެބްސައިޓެއް ކަމަށްވާ "ކުޅުދުއްފުށީ އޮންލައިން" އިން 2014 ވަނަ އަހަރު އެވެ. ޖެހިގެން އައި 2015 ވަނަ އަހަރު އޭނާ "ވަގުތު" ނޫހާ ގުޅުނެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ "އަވަސް" އަށް ބަދަލުވި އެވެ.

ނާޒިމް، 27، ނޫސްވެރިކަމުގެ އުޑުގައި ފިޔަޖަހަން ފެށީ އެ ނޫހުގައި، ތަޖުރިބާކާރު އެޑިޓަރު އަދި ކުޅަދާނަ ލިޔުންތެރިޔާ މުންޑޫ އާދަމް ހަލީމުގެ އިރުޝާދުގެ ދަށުން ކުރި މަސައްކަތުގަ އެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހާއްސަވީ ނަމަވެސް އޭނާގެ ގަލަން ސިޔާސީ އަދި އިޖްތިމާއީ ދާއިރާގައި ވެސް ހިނގި އެވެ.

އޭނާގެ ކުރިއެރުން ވަޒަންކުރެވުނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖާނަލިޒަމް އެވޯޑްސްގައި 2018 ވަނަ އަހަރު އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ހާސިލްކުރުމުންނެވެ. އަދި ޖެހިގެން އައި 2019 ވަނަ އަހަރު ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ ޝަރަފްވެރި އިނާމު ކާމިޔާބުކުރި އެވެ.

އެ ނޫހުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު 2020 ވަނަ އަހަރު އޭނާ "ޖަޒީރާ" އާ ގުޅުނެވެ. އޭގެ ފަހުން "އަދަދު" އާ ގުޅުނީ މި އަހަރުގެ ކުރީކޮޅެވެ. "އަދަދު" ގައި އޭނާގެ މައިގަނޑު ޒިންމާއަކީ ރާއްޖޭގެ ކޯޓުތަކާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމާއި އެ ދާއިރާގެ މައްސަލަތަކާއި ޝައުގުވެރިކަންކަމަށް ފީޗާ ރިޕޯޓްތައް ލިޔުމެވެ.

އޭގެ އިތުރުން އެސޯސިއޭޓް އެޑިޓަރެއްގެ ހައިސިއްޔަތުން އެޑިޓޯރިއަލް ބޯޑުގައި އޭނާގެ ބައިވެރިވުން އޮވެ އެވެ. އަދި ހަބަރުތައް ކޮޕީ އެޑިޓްކޮށް، ނޫހުގެ އެޑިޓޯރިއަލް ސިޔާސަތާއި ސްޓައިލް ގައިޑާ އެއްގޮތަށް ހަބަރުތައް ފައްތައި ޝާއިއުކުރުމުގެ ޒިންމާ ވެސް ނަގަ އެވެ.

ނާޒިމް ބުނީ އޭނާ ދެކެނީ މިރޭ މި ލިބުނު ޔޫތު އެވޯޑަކީ ނޫސްވެރިކަމަށް ލިބުނު އިނާމެއްގެ ގޮތުގައި ކަމަށާއި ނޫސްވެރިއަކަށް އިނާމް ލިބުމުން އުފާވާ ކަމަށެވެ.

"އުއްމީދުކުރަން މިއީ ކުރިމަގުގައި މިފަދަ އެވޯޑްތައް ޒުވާން ނޫސްވެރިން ހާސިލްކުރުމަށް ދެވޭ ހިތްވަރެއް ކަމަށް،" ނާޒިމް ބުންޏެވެ.

ނާޒިމް އަންނަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ. އެކަމަކު ނޫސްވެރިކަން ދޫކޮށްލުމުގެ ވިސްނުމެއް ނެތެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ރަށުން ނޫސްވެރިން އުފެއްދުމެވެ. އެފަދަ ނޫސްވެރިންނަށް ހިތްވަރުދީ ތަމްރީނު ދިނުމެވެ.

އަދި ނޫސްވެރިކަމާ ގުޅިފައިވި ފަންނީ މަސައްކަތް ކަމަށްވާ ލިޔުންތެރިކަން އިތުރަށް ކުރިއަރުވައި އެ ރޮނގުން ކުރިއަށް ދިއުމަކީ ވެސް އަމާޒެކެވެ. އެގޮތުން އަމިއްލަ ނަމުގައި ފޮތެއް ޝާއިއުކުރުމަކީ މިހާރުގެ އުއްމީދެކެވެ. އޭނާގެ ވިސްނުމުގައި ހުރީ ކޯޓް ރިޕޯޓިންގެ ދާއިރާ އިން ދިރާސާކޮށް ފޮތެއް ލިޔުމަށެވެ.

ނާޒިމް ވަނީ އެވޯޑާ ހަމަޔަށް އޭނާ ވާސިލްކޮށްދޭން ސީދާގޮތުންނާއި ނުސީދާ ގޮތުން އެހީތެރިވި މީހުންނަށް ޝުކުރުއަދާކޮށްފަ އެވެ. އެގޮތުން އޭނާގެ ކުރީގެ އެޑިޓަރު އާދަމް ހަލީމާއި އަހުމަދު ނާއިފަށް ހާއްސަ ޝުކުރެއް އަދާކުރި އެވެ. އެއަށް ފަހު "ކުޅުދުއްފުށީ އޮންލައިން"، "ވަގުތު"، "އަވަސް"، "ޖަޒީރާ" އަދި "އަދަދު" ގެ މެނޭޖްމަންޓައި ނޫސްވެރިން އަދި އެންމެހާ އެކުވެރިން ވެސް އެ ޝުކުރުގައި ބައިވެރިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox