ކޮވިޑާ ގުޅިގެން މުވައްޒަފުންގެ އެލަވަންސަށް ހެލްތުން 65 މިލިއަން ރުފިޔާ ހޭދަކުރި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާ ނަރުހުން. -- ފޮޓޯ:ހުސައިން ވަހީދު/އަދަދު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާ ނަރުހުން. -- ފޮޓޯ:ހުސައިން ވަހީދު/އަދަދު

ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހެލްތު މިނިސްޓްރީން 65.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ކޮވިޑާ ގުޅިގެން މުވައްޒަފުންނަށް އެލަވަންސް ދިނުމަށް މުއައްސަސާތަކުން މިހާތަނަށް ޖުމްލަ 177.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެތެރެއިން އެންމެ ބޮޑު ހަރަދެއް މުވައްޒަފުންގެ އެލަވަންސަށް މިހާތަނަށް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީންނެވެ.

މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ދެ ވަނަ އަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އެމްއެންޑީއެފް އިން ނެވެ. އެތަނުން ވަނީ މިހާތަނަށް 48.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ އެމްއެންޑީއެފް އިން ބަލިމަޑުކަމާ ގުޅިގެން ހަރަދުކުރި 67.6 މިލިއަން ރުފިޔާގެ 71 އިންސައްތަ އެވެ.

Advertisement

މީގެ އިތުރުން މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 36 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެތަނުން ޖުމްލަ ހޭދަކުރި އަދަދަކީ 868.5 މިލިއަން ރުފިޔާ އެވެ.

އަދި މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ވެސް ވަނީ 27.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ހޭދަކުރި އަދަދުގެ ނިސްބަތުން މުވައްޒަފުންގެ އެލަވަންސް އަށް އެންމެ ބޮޑު ހޭދައެއް ކުރީ ޕޮލިހުންނެވެ. އެތަނުން އެލަވަންސް އަށް ހޭދަކުރި 27.4 މިލިއަން ރުފިޔާ އަކީ އެތަނުގެ ޖުމްލަ ހޭދަކަމަށް 31.7 މިލިއަން ރުފިޔާގެ 86.4 އިންސައްތަ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ކުރި ހަރަދުގެ ޖުމުލަ މިހާރު އުޅެނީ 3.9 ބިލިއަން ރުފިޔާގަ އެވެ. އެއީ ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް ކޮށްފައިވާ 2.1 ބިލިއަން ރުފިޔާ އާއި އިގުތިސާދީ ގޮތުން ލިބުނު ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީތެރިވުމަށް ހަރަދުކުރި 1.7 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

ޗައިތަންޔާގެ ލޮލުގެ ދެ ޑޮކްޓަރަކު އައިކެއަރގައި

އިންޑިއާގެ ޗައިތަންޔާ އައި ހޮސްޕިޓަލުގެ ދެ ކޮންސަލްޓަންޓުން، އޮކްޓޯބަރު 11 އިން 15 އަށް ރާއްޖޭގެ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަންގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް އިންޑިއާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އައިކެއަރއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ކީނޯޓް ސްޕީކަރަކަށް ބައިނަލްއަޤްވާމީ ބިޒްނަސް ސްޓްރެޓީޖިސްޓް ކިރުބާ ޝަންކަރު ވަނީ ހަމަޖައްސާފައެވެ. އަންނަ އޮކްޓޫބަރު 15 ގައި ބާއްވާ މި ސިމްޕޯސިއަމްގައި، ޑިޖިޓަލް ޒަމާނުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި އީޖާދީ ބަދަލުތައް ގެނައުމާ ގުޅޭގޮތުން އޭނާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރާނެއެވެ.

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

Newsletter

Get the latest news delivered straight to your inbox