އިނގިރޭސި އެމްޕީގެ މަރުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ފަށާނީ އަންނަ އަހަރު

އިނގިރޭސި އެމްޕީ ޑޭވިޑް އެމެސްގެ ހަނދާނުގައި ބަހައްޓާފަި ހުރި ބޮޑު ފޮޓޯއެއް ކައިރީ މީހަކު މާބޮނޑިއެއް ބާއްވަނީ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި އެމްޕީ ޑޭވިޑް އެމެސްގެ ހަނދާނުގައި ބަހައްޓާފަި ހުރި ބޮޑު ފޮޓޯއެއް ކައިރީ މީހަކު މާބޮނޑިއެއް ބާއްވަނީ. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (އޮކްޓޯބަރު 22) - އިނގިރޭސި ޕާލިމެންޓު މެމްބަރު ޑޭވިޑް އެމެސް އަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލުމުގެ ތުހުމަތުވާ 25 އަހަރުގެ މީހާގެ ޝަރީއަތް ފަށާނީ އަންނަ އަހަރު ކަމަށް ފަނޑިޔާރަކު ކަނޑައަޅައިފި އެވެ.

ލަންޑަންގެ އޯލްޑް ބެއިލީގައި ހުކުރު ދުވަހު ކުރިއަށް ދިޔަ އިދާރީ އަޑުއެހުމެއްގައި ފަނޑިޔާރު ނައިޖެލް ސްވީނީ ޝަރީއަތް ފަށާނެ ތާރީހެއްގެ ގޮތުގައި ކަނޑައެޅީ މާޗް 7، 2022 އެވެ.

މިދިޔަ ހުކުރު ދުވަހު ލަންޑަންގެ އިރުން އޮންނަ ލެއި-އޮން-ސީ ހިސާބުގައި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަމުން ދަނިކޮށް އެމެސް އަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލުމުގެ ތުހުމަތު ކުރެވެނީ އުތުރު ލަންޑަނަށް ނިސްބަތްވާ އަލީ ހަރްބީ އަލީ އަށެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެމެސް އަށް ދިން ހަމަލާއަކީ "ދީނީ އަދި ފިކުރީ ސަބަބުތަކާ ހެދި ދިން ޓެރަރިޒަމާ ގުޅުން އޮތް" ހަމަލާއެއް ކަމަށެވެ.

މަރުގެ ދައުވާގެ އިތުރުން މޭ 1، 2019 އާއި މި އަހަރުގެ ސެޕްޓެމްބަރު މަހާ ދެމެދު ޓެރަރިޒަމްގެ އަމަލުތައް ހިންގަން ތައްޔާރުވިކަމުގެ ދައުވާ ވެސް އަލީއާ ދެކޮޅަށް އުފުލާފައި ވެ އެވެ.

ހުކުރު ދުވަހުގެ އިދާރީ އަޑުއެހުމުގައި އޭނާ ބައިވެރިވީ ބެލްމާޝް ހައި ސެކިއުރިޓީ ޖަލުން ވީޑިއޯ މެދުވެރިކޮށެވެ. އަޑުއެހުމުގައި އޭނާ ވާހަކަ ދެއްކީ ހަމައެކަނި ނަމާއި އުފަން ދުވަހުގެ ތާރީހު ކިޔައިދިނުމަށެވެ.

ޝަރީއަތުގެ ކުރިން ނޮވެމްބަރު ފަސް ވަނަ ދުވަހު ބާއްވާ އިތުރު އަޑުއެހުމަކާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް ހުކުރު ދުވަހު ކޯޓުން ނިންމި އެވެ.

އުމުރުން 69 އަހަރުގެ އެމެސް އަކީ ގިނަ އަހަރުތަކެއް ވަންދެން އިނގިރޭސި ޕާލިމެންޓު މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒަވޭޓިވް ޕާޓީ ތަމްސީލް ކުރި މެމްބަރެކެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް އެމްޕީ އަކަށް މިފަދަ ހަމަލާއެއް ދީފައި ވެ އެވެ. އެ ފަހަރު ލޭބާ ޕާޓީގެ ޖޯ ކޮކްސް އަށް ހަމަލާ ދީ އަވަހާރަކޮށްލީ ކަނާއަތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހެކެވެ.

އެމެސް އަވަހާރަކޮށްލުމާ އެކު ހޯމް ސެކެޓްރީ ޕްރިޓީ ޕަޓޭލް ވަނީ އިނގިރޭސިވިލާތުގެ 650 ޕާލިމެންޓު މެމްބަރުންގެ ސެކިއުރިޓީ ރިވިއު ކުރަން ފުލުހުންނަށް އަމުރު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox