އެމްއެމްޕީއާރްސީން ދޫކުރި ފިނޮޅު އަލުން މަތިވެރި އިހްތިސާސްގެ ތެރެއަށް ވެއްދުމަށް ރައީސްގެ އަރިހުގައި އެދެފި

ރައީސް ސޯލިހު މިއަދު އއ. މަތިވެރިއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ: މަތިވެރި ކައުންސިލުން ވަނީ ރަށާ ޖެހިގެން އޮތް ފިނޮޅު އިހުތިސޯސްގައި ހިމަނަން އެދިފަ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު މިއަދު އއ. މަތިވެރިއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ: މަތިވެރި ކައުންސިލުން ވަނީ ރަށާ ޖެހިގެން އޮތް ފިނޮޅު އިހުތިސޯސްގައި ހިމަނަން އެދިފަ-- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ފަރާތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކުއްޔަށް ދިން 50 ފަޅު ރަށާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ އ. މަތިވެރި ކައިރި އޮތް ފަޅު އެ ރަށުގެ އިހްތިސާސުގެ ތެރެއަށް ވެއްދުމަށް ރަށު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިއަދު އެދެފި އެވެ.

އއ. އަތޮޅަށް ރައީސް ސޯލިހު މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށު ކައުންސިލުން އެދުނީ، މަތިވެރިއާ 100 އެއްހާ މީޓަރު ދުރުގައި އޮންނަ ފަޅު އެ ރަށުގެ އިހްތިސާސްގެ ތެރެއަށް އަލުން ވައްދައި، ފަޅުގެ ނަފާ ރަށު މީހުންނަށް ލިބޭނެ ގޮތް ހެދުން ކަމަށް ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވި އެވެ.

"އެއީ 2014 ވަނަ އަހަރު އެމްއެމްޕީއާރުސީގެ ދަށުން ދޫކޮށްފަ އޮތް ތަނެއް. އެތަން އަނބުރާ އަޅުގަނޑުމެންނަށް ލިބޭނެ ގޮތެއް ހައްދަވައިދެއްވަން އެދުނީ،" މި ނޫހާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ބިމުގެ ދަތިކަމެއް ހައްލެއް ހޯދުމަށް ބިން ހިއްކުމަށާއި ހެލްތު ޕޯސްޓުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަދައިދިނުމަށާއި ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް ވެސް ރައީސްގެ އަރިހުން އެދުނު ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދިނެވެ.

މަތިވެރިއަށް ކުރި ދަތުރުފުޅުގައި ރައީސް ސޯލިހު އެ ރަށު ރައްޔިތުންނާ ވެސް ބައްދަލުކުރައްވައި ރަށު މީހުންގެ ކަންބޮޑުވުންތައް ވެސް ރަައީސް އެއްސެވި އެވެ. އެ ބައްދަލުވުމުގައި މަތިވެރިއަށް ހަޔާ ސެކަންޑަރީ ތައުލީމު ތައާރަފްކުރަން ރައްޔިތުން ވަނީ ރައީސްގެ އަރިހުން އެދިފަ އެދިފަ އެވެ.

ރައީސް ސޯލިހު ރަށަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. އަދި ރައީސަށް ހާއްސަކޮށް ލަވައެއް ވެސް އެރަށުގެ ރައްޔިތުން ވަނީ މިއަދު އިއްވައިފަ އެވެ.

ރައީސް ސޯލިހާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަޑައިގެންނެވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރައީސްއާއެކު މިނިސްޓަރުން ވެސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ފެހި ސިގްނަލް ދެއްވާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރައްޔިތުންގެ ހުރި އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ކުޑަ ވަގުތުކޮޅަކަށް ވިޔަސް، ރައްޔިތުން ތިބީ ރައީސްގެ ދަތުރަށް ވަރަށް ހިތްހަމަޖެހިގެން، އުފަލުން ފޮޅިފަ ތިބީ. މަތިވެރިއަކީ ބޮޑު ފަޅެއް އޮތުމުން ލާމަރުކަޒީ ގާނޫނު އެންމެ ރަނގަޅަށް ހިންގޭނެ އެއް ރަށް. ދެން ރައީސްގެ ފަރާތުން ވަރަށް ހެޔޮ އެދެވޭ ޖަވާބެއް ލިބުނު ހަމަ،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox