ރައީސްގެ ލީޑާޝިޕްގެ ސަބަބުން ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަވަމުންދާ ކަމަށް އެމެރިކާ ސަފީރު ވިދާޅުވެއްޖެ

ރައީސް ސޯލިހާއި ޓެޕްލިޓްޒް އިއްޔެ ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާތީ ދެ ބޭފުޅުން ވެސް އެކަން ފާހަގަ ކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހާއި ޓެޕްލިޓްޒް އިއްޔެ ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާތީ ދެ ބޭފުޅުން ވެސް އެކަން ފާހަގަ ކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑާޝިޕުގެ ސަބަބުން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަވަމުން އަންނަ ކަމަށް އެމެރިކާ ސަފީރު އެލައިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖެގައި ހުންނެވި ޓެޕްލިޓްޒް ވަޑައިގެން އުޅުއްވަނީ ދައުރު ހަމަވާތީ އޭނާގެ ވަދާއި ދަތުރުގަ އެވެ. ޓެޕްލިޓްޒް ވަނީ އިއްޔެ ރައީސް ސޯލިހާ އެމަނިކުފާނުގެ އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

ސަފީރު މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ދައުރުގައި އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށާއި އެކަމަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ.

Advertisement

"އަޅުގަނޑުގެ ފުރަތަމަ ރާއްޖެ އައި ދަތުރުގައި ރައީސް ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދިޔައިން މިފަހަރު އެމަނިކުފާނާ މި ބައްދަލު ކުރީ އަޅުގަނޑުގެ އެންމެ ފަހު ދަތުރުގައި. ރައީސްގެ ލީޑާޝިޕްގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަވެ، ތިމާވެއްޓަށް ވަމުންދާ ގެއްލުން ފާހަގަކޮށް، ސަރަހައްދުގެ ސަލާމަތީ ކަންކަން ވެސް އަންނަނީ ރަނގަޅުވަމުން،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން މިއަށްވުރެ ވެސް އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ކައުންޓާ ޓެރެރިޒަމްގެ ކަންކަން ކުރިއަށްގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭތީ ރައީސް ވަނީ ސަފީރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ދާއިރާތަކުން ގުޅުން ގާއިމްވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ގާއިމުކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން [ރައީސް ސޯލިހު، ސަފީރަށް] ވަނީ ދެއްވާފައި،" އެ ބައްދަލުވުމަށްފަހު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox