މިޔަންމާގެ 5،600 އަށް ވުރެ ގިނަ ސިޔާސީ ގައިދީން މިނިވަންކުރަނީ

އަސްކަރީ ބަގާވާތާ ދެކޮޅަށް އެއްވުމުން ޖަލުގައި ބަންދުކުރި މީހަކު މިނިވަން ކުރުމާ އެކު އާއިލާއާ ބައްދަލުވި ވަގުތު. -- ފޮޓޯ: އޭއެފްޕީ

އަސްކަރީ ބަގާވާތާ ދެކޮޅަށް އެއްވުމުން ޖަލުގައި ބަންދުކުރި މީހަކު މިނިވަން ކުރުމާ އެކު އާއިލާއާ ބައްދަލުވި ވަގުތު. -- ފޮޓޯ: އޭއެފްޕީ

މި އަހަރުގެ ކުރީކޮޅު މިޔަންމާގައި ހިންގި އަސްކަރީ ބަގާވާތާ ދެކޮޅަށް އަޑު އުފުލުމުން ބަންދު ކުރި 5،600 އަށް ވުރެ ގިނަ ގައިދީން މިނިވަން ކުރަން ނިންމައިފި އެވެ.

އެއާއެކު ގައިދީންގެ އާއިލާތަކުން ވަނީ ޖަލުތައް ކައިރިއަށް އެއްވެފަ އެވެ. ފޮޓޯ އާއި ވީޑިއޯތަކުން ފެންނަނީ ގައިދީން ޖަލުން ނުކުމެ އާއިލާއާ ބައްދަލުކުރާ މަންޒަރެވެ.

ދައުލަތުގެ ޓީވީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ނިންމާފައި ވަނީ މުޒާހަރާ ކުރި މީހުންނަށް މައާފު ދިނުމަށް ކަމަށެވެ. ގިނަ ބަޔަކު މުޒާހަރާ ކުރީ ފެބްރުއަރީ އެއް ވަނަ ދުވަހު އިންތިހާބީ ލީޑަރު އަންގް ސަންގް ސޫ ކީ ހައްޔަރު ކުރުމަށް ފަހު ސިފައިން ވެރިކަމާ ހަވާލުވުމުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ގައިދީން މިނިވަން ކުރަން ނިންމީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އޭޝިއާން) ގެ ޕްރެޝަރު ބޮޑުވުމުންނެވެ.

ޔަންގޯން ގައި ހުންނަ އިންސެއިން ޖަލުގެ ބޭރުގައި އާއިލާތައް ޖަމާވެފައި އޮތް އިރު، ގައިދީން ޖަލުން ނެރިގެން އާއިލާތަކާ ހަމައަށް ގެންދިޔެއީ ބަސްތަކެއްގަ އެވެ.

ދައުލަތުގެ ޓީވީން ބުނީ އެ ޖަލުން 1،316 ގައިދީން މިނިވަން ކުރި ކަމަށާއި 4،320 މީހުންނާ ދެކޮޅަށް އުފުލި ދައުވާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާޒް އިން ބުނާ ގޮތުގައި އަސްކަރީ ބަގާވާތަށް ފަހު މަދުވެގެން 9،043 މީހުން ހައްޔަރުކޮށްފައި ވެ އެވެ. މައާފު ދޭނެކަން އިއުލާނު ކުރިއިރު ބަންދުކޮށްފައި ތިބީ 7،355 މީހުންނެވެ.

ގިނަ ގައިދީންތަކެއް މިނިވަންކޮށްފައި ވާއިރު، ސޫ ކީ އަދިވެސް ހުންނެވީ ޖަލު ބަންދުގަ އެވެ. އެކަމަނާގެ ސަރުކާރު ވައްޓާލުމުން ބޭއްވި އެއްވުންތަކުގައި މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

އަސްކަރީ ބަގާވާތަށް ފަހު މިޔަންމާ އޮންނަ ސަރަހައްދުގެ ގައުމުތައް ނިސްބަތްވާ އޭޝިއާން އިން އަންނަނީ ޕްރެޝަރު ކުރަމުންނެވެ. މިޔަންމާ އަލުން ޑިމޮކްރަސީގެ މަގަށް ގެންނަން އޭޝިއާން އިން އެ ގައުމަށް ހުށަހެޅީ ފަސް ނުކުތާ ހިމެނޭ މަގު ޗާޓެކެވެ. ނަމަވެސް އެއަށް އެ ގައުމުން އަމަލުކޮށްފައެއް ނުވެ އެވެ.

އެހެންވެ އޭޝިއާންގެ ކުރިއަށް އޮތް ސަމިޓަށް ދައުވަތު ދީފައި ވަނީ މިޔަންމާގެ ސިޔާސީ ނޫން މަންދޫބަކަށެވެ. ސަރުކާރުގެ ތެރެއިން މަންދޫބަކަށް ދައުވަތު ނުދިނީ ފިއްތުންތައް ކުރިމަތި ކުރުވުމަށެވެ.

ރައްދުގައި އަސްކަރީ ބަގާވާތުގެ ވެރިޔާ މިން އޯންގް ލެއިންގް ވިދާޅުވީ އެ ގައުމުން އަމަލު ކުރާނީ ފަސް މަރުހަލާއަކަށް ބަހާލައިގެން ހިންގާ އަމިއްލަ މަގު ޗާޓަކަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox