ލާޒިއޯ އިން ޗެމްޕިއަން އިންޓަ ބަލިކޮށްފި، މިލާން އެއް ވަނަ އަށް

Oct 17, 2021, 6:27 AM
ލާޒިއޯ އިން ޗެމްޕިއަން އިންޓަ ބަލިކޮށްފި، މިލާން އެއް ވަނަ އަށް

މިލާން (17 އޮކްޓޫބަރު) - އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އަތުން ފަހަތުން އަރައި 3-1 އިން ލާޒިއޯ މޮޅުވެއްޖެ އެވެ.

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި އިންޓަ ބަލިވި ފުރަތަމަ ފަހަރެވެ. ލީގުގައި ރޭ ހެލަސް ވެރޯންޔާ އަތުން 3-2 އިން މޮޅުވެ، އޭސީ މިލާން ވަނީ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

މިލާން ތާވަލްގެ އެއް ވަނަ އަށް ޖެހިލީ 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އިޓާލިއަން ލީގުގައި މިރޭ ޓޮރީނޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ނަޕޯލީ ތާވަލްގެ އެއް ވަނަ އަށް އަލުން އެރޭނެ އެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އިންޓަ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ނަގައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ޕެރިސިޗެވެ. އިންޓަ އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ނިކޯލޯ ބަރޭލާ އަށް ލާޒިއޯގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލާޒިއޯ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޗީރޯ އިމޯބިލޭ އެެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި ލާޒިއޯ އިން ލީޑު ނެގީ ފެލިޕޭ އެންޑަސަން ޖެހި ލަނޑުންނެވެ.

އެންޑަސަން ލަނޑު ޖެހިއިރު، އިންޓާގެ ފެޑްރީކޯ ޑިމާކޯ އޮތީ އަނިޔާވެގެން ދަނޑުމަތީގައި އޮށޯވެގެނެވެ. އެހެންވެ، ލާޒިއޯގެ ކުޅުންތެރިން ކުޅުން ހުއްޓާލުމުން އިންޓަ މިލާންގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި މައްސަލަ ހޫނުވެގެން ދިޔައިރު، ރެފްރީ ވަނީ ފަސް ރީނދޫ ކާޑު ދައްކައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި، ލާޒިއޯގެ ތިން ވަނަ ލަނޑު ޖެހީ ސާބިއާގެ މިޑްފީލްޑަރު ސަރްގޭ މިލަންކޮވިޗް-ސަވިޗެވެ. މެޗުގެ އިތުރު ވަގުތުގައި ލާޒިއޯ ރާމޯސް މާރްޗީ އަށް ރަތްކާޑު ދެއްކުމާ ގުޅިގެން، އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.

މި މެޗުން މޮޅުވެ މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯ ވަނީ ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އިންޓަ އޮތީ ތާވަލްގެ ތިން ވަނައިގަ އެވެ.

ފުރަތަމަ ހާފުގައި ވެރޯނާގެ ޖިއަންލޫކާ ކަޕްރާރީ އާއި އެންޓޮނިން ބަަރަކްގެ ގޯލުތަކުން އެ ޓީމު ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފަހަތުން އަރައި މިލާން މޮޅުވިއިރު، ލަނޑުތައް ޖެހީ އޮލިވިއޭ ޖިރޫ އާއި ފްރޭންކް ކެސިއޭ އެވެ. މިލާންގެ ތިން ވަނަ ލަނޑަަކީ ވެރޯނާގެ ކޯރޭ ގަންޓާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox