މަހުމޫދުގެ މަރު: ތުހުމަތުވާ ތިން މީހުން އެހެން މައްސަލައެއްގައި ހައްޔަރުކޮށްފި

މަހުމޫދުގެ މަރާ ގުޅިގެން ދަނގެތިން ފުލުހުން ހިމާޔަތް ދިން ތިން މީހުންގެ ތެރޭގައި ހިމެނޭ ޖަމްޝާދު (ވ) އަދި ޝާރިހު.

މަހުމޫދުގެ މަރާ ގުޅިގެން ދަނގެތިން ފުލުހުން ހިމާޔަތް ދިން ތިން މީހުންގެ ތެރޭގައި ހިމެނޭ ޖަމްޝާދު (ވ) އަދި ޝާރިހު.

އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ އިއްޔެ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންދިޔަ ތިން މީހުން ވެސް އެހެން މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ ތިން މީހުން ވެސް ބަންދުގައި ތިބިކަން ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް އެމީހުން ބަންދުގައި ތިބީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

"އެ ތިން މީހުން ވެސް މިވަގުތު ތިބީ ފުލުހުން ތަހުގީގުކުރަމުންދާ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހައްޔަރުގައި. ދަނގެތީގައި ހިނގައިދިޔަ މަރުގެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ހިމާޔަތުގެ ދަށުގައި ތިބި އެ ތިން މީހުން ވެސް މިއަދުގެ ފަތިހުގެ ވަގުތެއްގައި ވަނީ ދަނގެތިން އދ. މަހިބަދޫ އަށް ބަދަލުކޮށްފަ އެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ދެ ފިރިހެނުންނެވެ.

"އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުންނަކީ އަލީ ޖަމްޝާދު އާއި ޝާރިހު އަލީ އެވެ.

އެ ދެ މީހުންނަކީ އއ. ތޮއްޑޫގެ އެއް ގެޔަކަށް ނިސްބަތްވާ ދެ ބެއިންގެ ދެ ދަރި މީހުންނެވެ.

އަދި އެ ދެ މީހުންގެ މަސްތަވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ކުށުގެ ރެކޯޑު ވެސް އޮވެ އެވެ.

ދަނގެތިން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި އެ ތިން މީހުންނަކީ ވެސް ކުށުގެ ވެށީގައި އިސްކޮށް އުޅޭ މީހުންނެވެ.

އެ ތިން މީހުންނަށް ފުލުހުންގެ ހިމާޔަތް ދޭން ޖެހުނީ، ދަނގެތީގައި މަހުމޫދުގެ މަރާއި ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގިޔަނުދިނުމަށްޓަކައި ދަނގެތީ ކައުންސިލްގެ އެދުމުގެ މަތިންކަމަށް ދަނގެތީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އަނިޔާވެރި ގަތުލެއް

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެގެ މެނދުރުފަހުގެ ވަގުތެއްގަ އެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ.

އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

ޖީބުގައި އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މަހުމޫދު މަރާލާފައިވަނީ ފޭރުމުގެ ތެރެއިން ކަމަށް އެ ރަށު މީހުން ތުހުމަތު ކުރެ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށުގައި އަދިވެސް ހަރަކާތްތެރިވަމުންދާއިރު، އިތުރު ޓެސްޓުތަކެއް ހެދުމަށް މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނައި އެވެ.

އޭގެ ފަހުން، ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންގޮސް، މަހުމޫދުގެ ޖަނާޒާ މިއަދު ވަނީ ބާއްވައިފަ އެވެ.

މަހުމޫދު އެ ރަށުގައި ވަޅުލާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox