އަޝްފާގެއް ނެތަސް ޓީމެއްގެ ގޮތުގައި ނޭޕާލް ވަރުގަދަ: ޗެތުރީ

Oct 15, 2021, 12:11 PM
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން ޗެތުރީ (ކ) އާއި ދަގަނޑޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން ޗެތުރީ (ކ) އާއި ދަގަނޑޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި މާދަމާރޭ ނޭޕާލާ ދެކޮޅަށް ކުޅޭއިރު، އެ ޓީމުގައި އިންޑިވިޖުއަލީ ބަލާނަމަ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ފެންވަރުގެ ކުޅުންތެރިއަކު ނެތް ކަމަށާއި އެހެން ނަމަވެސް ޓީމެއްގެ ގޮތުގައި ނޭޕާލް ވަރަށް ވަރުގަދަ ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

އުމުރުން 37 އަހަރުގެ ޗެތުރީ އަކީ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ހަތަރު މެޗުން ހަތަރު ގޯލު ޖަހައި ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެއީ ނޭޕާލް އަތުން 1-0 އިން މޮޅުވި މެޗާއި ރާއްޖޭގެ މައްޗަށް 3-1 އިން ކުރިހޯދި މެޗުގަ އެވެ.

ފައިނަލުގެ ކުރިން އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޗެތުރީ ބުނީ ޓީމެއްގެ ގޮތުގައި ނޭޕާލުން ކުރާ ހިތްވަރު ފާހަގަކުރަން ޖެހޭ ކަމަށެވެ.

"އިންޑިވިޖުއަލީ ބަލާއިރު ނޭޕާލުގައި އަޝްފާގު ކަހަލަ އާދަޔާހިލާފު މޮޅު ކުޅުންތެރިއަކު ނުހުރެފާނެ. އެކަމަކު އެޓޭކް ކުރުމާ ޑިފެންޑް ކުުރުމަށް ބަލާއިރު އަހަންނަށް މުބާރާތުން ފެނުނު އެންމެ ވަރުގަދަ ކޮމްޕެކްޓް ޓީމަކީ ނޭޕާލް. ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް ތިން ފަހަރު ނޭޕާލާ ކުޅުނުއިރު، އެ ތިން މެޗު ވެސް ވަރަށް އުނދަގޫ،" ޗެތުރީ ބުންޏެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޗެތުރީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މެޗުން އިންޑިއާ އަށް މޮޅެއް ނުލިބެ އެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ވަނީ ލަންކާއާ 0-0 އިން އެއްވަރުވެފަ އެވެ. އިންޑިއާ ފައިނަލަށް ދިޔައީ ފަހު ދެ މެޗުގައި ނޭޕާލާއި ރާއްޖެ ކައިރީގައި ދެއްކި މޮޅު ކުޅުމުންނެވެ.

ޗެތުރީ ބުނީ އިންޑިއާ އަށް އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ދިމާވި މައްސަލަ އަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުރިމަތިވި ކަންތައްތައް ކަމަށެވެ. އެއީ އެއް ލެވަލެއްގައި ނަތީޖާ ނެރެން މަސައްކަތް ނުކުރެވުމެވެ.

"މިސާލަކަށް ބަލާނަމަ ރާއްޖެއާ ދެކޮޅަށް ފުރިފައި އޮތް ދަނޑެއްގައި އަހަރެމެންނަށް މޮޅަށް ކުޅެވުނު ގޮތަށް ކީއްވެ އެހެން މެޗުތަކުގައި ނުކުޅެވެންވީ. ރާއްޖެއާ ދެކޮޅަށް އަހަރެމެން ދެއްކި ކުޅުން ލަންކާ ކައިރީގައި ނުކުޅެވެންވީ ކީއްވެ؟ ޔަގީނުން ވެސް ރާއްޖެ ހުރިހާ ގޮތަކުން ބެލިޔަސް ލަންކާ އަށް ވުރެ މޮޅު. މިއީ އަހަރެމެން ވިސްނަން ޖެހޭ ކަންތައްތައް،" ޗެތުރީ ބުންޏެވެ.

މި މުބާރާތުގައި ޖެހި ގޯލުތަކާ އެކު ޗެތުރީ ވަނި ގައުމީ ޓީމަށް 79 ގޯލު ޖަހައި ބްރެޒިލްގެ ލެޖެންޑް ޕެލޭ އަށް ވުރެ ގިނަ ގޯލު ގައުމީ ޓީމަށް ޖަހައިދީފަ އެވެ. ޕެލޭ އަށް އޭނާގެ ކެރިއަރުގައި ޖެހުނީ ބްރެޒިލް ޓީމަށް 77 ގޯލެވެ. ޗެތުރީ ބުނީ އެ ފަދަ ރެކޯޑެއް އޮތުމަކީ އޭނާގެ ކެރިއަރަށް ރަނގަޅެއް ކަމަށާއި ޕެލޭގެ ހަޔާތަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކަށް އަބަދު ވެސް ފިލާވަޅު ނެގޭނެ ކަމެއް ކަމަށެވެ.

ޗެތުރީ ވަނީ އޭނާގެ ސްޓްރައިކް ޕާޓްނަރުގެ ގޮތުގައި އިންޑިއާ ކުރިއަށް ކުޅޭ މަންވީރު ސިންގް އަކީ އިންޑިއާގެ ގައުމީ ޓީމަށް މުހިއްމު "ހަތިޔާރެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ. އެއީ ޑިފެންސާއި އެޓޭކްގައި އޭނާ އެއް ލެވަލެއްގައި ދައްކާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިންޑިއާާއާ އެކު 2011 އާއި 2015 ވަަނަ އަހަރު ހޯދި ޗެތުރީ ވަނީ އެ ދެ ފަހަރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މިހާތަނަށް ސާފްގައި އޭނާ ވަނީ 17 ގޯލު ޖަހައިފަ އެވެ. ސާފްްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ 23 ގޯލު ޖަހާފައިވާ ދަގަނޑޭ އަތުގަ އެވެ.

ނޭޕާލާއި އިންޑިއާ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ފަށާނީ މާދަމާރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox