މޫލީ ލައްވާ ގޯލު ޖަހައިގެން މާދަމާރޭ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
އުރީދޫ އިން ފޭސްބުކްގައި ކުރިއަށް ގެންދާ ހާއްސަ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މާދަމާރޭގެ މެޗުގެ ދެ ޓިކެޓު ލިބޭނެ އެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ޖެހޭނީ ޝެއާކޮށްފައިވާ މޫލީގެ ވީޑިއޯ އިން ގޯލު ޖަހާތަން ސްކްރީންޝޮޓް ނަގާށެވެ. އަދި ކޮމެންޓް ސެކްޝަންގައި ޕޯސްޓުކޮށް ފޭސްބުކް ފްރެންޑެއް ޓެގުކުރުމުން ބައިވެރިވެވޭނެ އެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަވީރު 06:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ. އުރީދޫ އިން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ވީހާވެސް ގިނަ ފަރާތްތަކަށް މުބާރާތުގެ މެޗުތައް ބަލަން ދެވޭނެ ފުރުސަތުތައް ހޯދައިދެމުން ނެވެ.











