ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސުން ހޯދައިފި

Oct 10, 2021, 9:17 PM
ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސުން ހޯދައިފި

،މިލާން (އޮކްޓޫބަރު 11) - ފައިނަލުގައި މިރޭ ފަހަތުން އަރައި ސްޕެއިންގެ މައްޗަށް 2-1 އިން ކުރިހޯދައި ފްރާންސް އިން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.

ފްރާންސް އިން ސެމީ ފައިނަލުގައި ބެލްޖިއަމްގެ މައްޗަށް ކުރިހޯދީ އެ ޓީމުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-2 އިން މޮޅުުވެގެންނެވެ. ޔޫރޯގެ ޗެމްޕިއަން އިޓަލީން ވަނީ މިރޭ ކުޅުނު ނޭޝަންސް ލީގުގެ ތިން ވަނަ ހޮވާ މެޗުން 2-1 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ.

މިލާންގެ ސެން ސީރޯގައި ކުޅުނު މިރޭ ސްޕެއިނާއި ފްރާންސް އިން ކުޅުނު މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފްގަ އެވެ. ފްރާންސްގެ އެންޓޮއިން ގްރީޒްމަން އާއި ތިއޯ ހެނާންޑޭޒަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ނަގާލި އެވެ.

ސްޕެއިން އިން ލީޑުނެގީ މެޗުގެ 64 ވަނަ މިނިޓްގައި އޭރިއާތެރެއިން މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. ސްޕެއިންގެ ކެޕްޓަން ސާޖީ ބުސްކެޓްސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އޮޔާޒަބާލް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަަނަށެވެ.

ބުސްކެޓްސް (ކ) އާއި ޕޮގްބާ ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިނަށް ލީޑު ހިފަަހައްޓައިލެވުނީ ގާތްގަނޑަކަށް ދެ މިނިޓެވެ. މެޗުގެ 66 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ވަނީ ފްރާންސަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާ ރޮނގުކައިރިން ބެންޒެމާ ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައި ވަނީ މަތީ ކަނަށެވެ.

ފްރާންސް މޮޅުވި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ އެެވެ. ހެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެމްބާޕޭ އޮފްސައިޑް ކަމަށް ސްޕެއިން ޑިފެންޑަރުން އެޕީލް ކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދަނޑު މަތީގައި ހުރި ރެފްރީ ނިންމީ އޮފްސައިޑްނުވާ ކަމަށެވެ.

ނަތީޖާ ހަމަހަމަކުރަން ސްޕެއިންގެ އޮޔާޒަބާލް އާއި ޔެރެމީ ފޮނުވާލި ބޯޅަތައް ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ފަހުން ޕަބްލޯ ފޯނާލްސް ކުޅެން އަރައި ޖެހި ގިނަ ޝޮޓް ވަނީ ބްލޮކްވެފަ އެވެ.

ނޭޝަންސް ލީގުގެ ފުރަަތަމަ ޗެމްޕިއަނަކީ ޕޯޗުގަލް އެވެ. އެ ޓީމުން ތަށި ހޯދީ 2019 ވަނަ އަަހަރު ނެދަލެންޑްސް ބަލިކޮށްފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް އިން މި ފަހަރު ނޭޝަންސް ލީގު ކާމިޔާބު ކުރިއިރު، މިއީ އެ ޓީމުގެ ކޯޗުކަމާ ޑިޑިއޭ ޑެޝޯމްޕްސް ހަވާލުވެ ހުރެ ލިބުނު އިތުރު ކާމިޔާބެކެވެ. އޭނާ އަކީ ކުޅުމުގެ ކެރިއަރަށް ބަލާއިރު، ފްރާންސްގެ ކާމިޔާބު ކެޕްޓަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox