ރޯން ވަގުތެއް ނެތް: އިންޑިއާ ކޯޗު ސްޓިމަކް

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް: އޭނާ ވަނީ ރޯން ވަގުތު ބޭކާރު ނުކޮށް މުބާރާތް ފޯކަސް ކުރަން ބޭނުންވާ ކަމަށް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް: އޭނާ ވަނީ ރޯން ވަގުތު ބޭކާރު ނުކޮށް މުބާރާތް ފޯކަސް ކުރަން ބޭނުންވާ ކަމަށް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސްރީ ލަންކާ އަތުން ބޮޑު ތަފާތަކުން މޮޅެއް ހައްގު ކަމަށާއި އެކަމަކު އެކަން ނުވިޔަސް މިއީ ރޯންވީ ވަގުތު ނޫން ކަމަށާއި ފައިނަލަށް ދިއުމަށް އޮތީ ދޮރު ބޮޑުތަނުން ހުޅުވިފައި ކަމަށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބުނެފި އެވެ.

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އަށް ފުރަތަމަ ދެ މެޗުން، ބަންގްލަދޭޝާއި ލަންކާ އަތުން ލިބުނީ އެންމެ ދެ ޕޮއިންޓެވެ. އެހެންވެ މާދަމާރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން އެ ޓީމަށް މަޖުބޫރެވެ. ނޭޕާލް އޮތީ ދެ މެޗުން މޮޅުވެގެން ލީގު ބުރުގެ އެއް ވަނައިގަ އެވެ.

އެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ފުރަތަމަ ވެސް ދެއްކީ 0-0 އިން އެއްވަރުވި ލަންކާ މެޗުގެ ވާހަކަ އެވެ. ލަންކާ އުޅުނީ ކުޅެން ނޫން ކަމަށް އެ މެޗަށް ފަހު ވެސް ބުނި ސްޓިމަކް މިއަދު ބުނީ އެމެޗަކީ ބޮޑު ހިތްހަމަނުޖެހުމެއް ކަމަށެވެ.

"އެކަމަކު އެކަމާ ރޯކަށް ވަގުތެއް ނެތް. އަދި އެ މެޗު އެހެން ވިޔަސް އަހަރެމެން ކުރާ މަސައްކަތަކަށް ބަދަލެއް ނާދޭ. އަދިވެސް ދެ މެޗު ކުޅެން އެބައޮތް،" ސްޓިމަކް ބުންޏެވެ.

ލަންކާ އަށް ބަހެއް އެއްލަމުން ސްޓިމަކް ބުނީ މާދަމާ ކުޅޭ ނޭޕާލަކީ ވަގުތު ބޭކާރުކުރަން ސަމާލުކަންދީގެން އޮތް ޓީމެއް ނޫން ކަމަށާއި ނޭޕާލަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށެވެ.

"ނޭޕާލަށް ލިބިފައިވަނީ ހައްގު ޕޮއިންޓެއް. އެ ޓީމާ ދެކޮޅަށް އޮންނާނީ ހުޅުވިފައި އޮންނާނެ ގޭމެއް. ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މޮޅުވާނެކަމުގެ،" ސްޓިމަކް ބުންޏެވެ.

އިންޑިއާ ކޯޗު ބުނީ ނޭޕާލަށް ހަ ޕޮއިންޓް ލިބިފައި އޮތުމުން އެ ޓީމުން މާދަމާރޭގެ މެޗަށް ނަގާނެ އެޕްރޯޗް ތަފާތުވެދާނެ ކަމަށާއި އެ ޓީމުން ޕޮއިންޓަކަށް ވެސް ނުކުމެދާނެ ކަމަށެވެ.

"އެކަމަކު އެކަމާ އަހަރެން ކަންބޮޑެއް ނުވަން. އަހަރެމެން ފުރަތަމަ މިނެޓުން ފެށިގެން އެޓޭކަށް ވިސްނާނީ،" ސްޓިމަކް ބުންޏެވެ.

ފަހުން ވެސް ސްޓިމަކް ވަނީ ލަންކާގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެ މެޗުގައި ލަންކާ އިން 27 މިނެޓު ބޭކާރުކުރި ކަމަށެވެ. އަދި ކުޅުންތެރިން އަނިޔާނުވެ ދަނޑުމައްޗަށް ވެއްޓޭ ނަމަ ރެފްރީން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ބުންޏެވެ

"މިކަހަލަ މުބާރާތްތަކުގައި ރީތީ، މޮޅު ފުޓްބޯޅަ ޕްރޮމޯޓްވާންޖެހޭ،" އޭނާ ބުންޏެވެ.

މިދިޔަ މަހު އިންޑިއާ އިން ވަނީ ނޭޕާލާ ދެކޮޅަށް އެ ގައުމުގައި ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުން 1-1 އިން އެއްވަރުވި ނަމަވެސް ދެ ވަނަ މެޗުން އިންޑިއާ ވަނީ 2-1 އިން މޮޅުވެފަ އެވެ. ސްޓިމަކް ވަނީ ނޭޕާލް ފަސްގަނޑުގައި އެ ޓީމު އަތުން އިންޑިއާ މޮޅުވެފައިވުމަކީ މާދަމާރޭގެ މެޗަށް ނުކުންނައިރު، ލިބޭނެ ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.

އިންޑިއާގެ ބްރެންޑަން ފެނާންޑޭސް ބުނީ ހާލަތު އޮތްގޮތުން ޕްރެޝަރު އޮތަސް މައްސަލައެއް ނޫން ކަމަށާއި ފުޓްބޯޅައިގައި ޕްރެޝަރު ނެތި އެއްވެސް މެޗެއް ނުކުޅޭނެ ކަމަށެވެ.

"ކުޅުންތެރިން ތިބީ އިތުބާރާ އެކު. މިއީ މުހިއްމު މެޗެއް. އަހަރެމެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން މޮޅުވާން،" އޭނާ ބުންޏެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި މެދުގައި 1993 ވަނަ އަހަރު ފެށި މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުޅެ ދިޔައީ 2003 ގަ އެވެ. އެ ފަހަރު ކުޅުނީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. އިންޑިއާ އާއި ނޭޕާލް މާދަމާރޭ ކުޅޭ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox