މި އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބުނީ ތަހުގީގީ ދެ ނޫސްވެރިންނަށް

ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯވް އަދި ފިލިޕީންސްގެ ނޫސްވެރިޔާ މާރިޔާ ރެސާ. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯވް އަދި ފިލިޕީންސްގެ ނޫސްވެރިޔާ މާރިޔާ ރެސާ. -- ފޮޓޯ: ރޮއިޓާޒް

ފިލިޕީންސް އާއި ރަޝިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް މާރިޔާ ރެސާ އާއި ޑިމިޓްރީ މުރަޓޯވް ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ދެ ނޫސްވެރިންނަށް ނޯބެލް ސުލްހައިގެ އިނާމު ދީފި އެވެ.

ނޯބެލް ކޮމިޓީން ބުނީ އެ ދެ ނޫސްވެރިންނަކީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންގެ މަންދޫބުން" ކަމަށެވެ.

ފިލިޕީންސްގެ ރެސާ އާއި ރަޝިއާގެ މުރަޓޯވް މަޝްހޫރުވެފައި ވަނީ ތަހުގީގީ ނޫސްވެރިކަމުގެ ސަބަބުން ސަރުކާރުގެ ނުރުހުން އަމާޒުވެފައިވާ ބަޔެއްގެ ގޮތުގަ އެވެ.

ނޯބެލް ސުލްހައިގެ އިނާމު ލިބުމުން، ދެ މީހުން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ.

ނޫސް ވެބްސައިޓް "ރެޕްލާ" އުފެއްދި ރެސާއާ ގުޅޭ ގޮތުން ނޯބެލް ކޮމިޓީން ބުނީ އޭނާ ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެހީގައި "ބާރުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފާކަމާއި، އަނިޔާ އާއި ހުދުމުހުތާރު ސިފަތައް ފިލިޕީންސްގައި އާއްމުވަމުންދާކަން ފަޅާއަރުވާލާފައި" ކަމަށެވެ.

ނޮވަޔާ ގެޒެޓާ ނޫހުގެ ފައުންޑަރު އަދި އެޑިޓަރުގެ ގޮތުގައި މުރަޓޯވް ވަނީ ގޮންޖެހުން ގިނަ ހާލަތްތަކް ކުރިމަތިވަމުން ދިޔައިރު ވެސް އަހަރުތަކެއް ވަންދަން ރަޝިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކޮށްފައި ކަމަށް ނޯބެލް ކޮމިޓީން ބުންޏެވެ.

"މިނިވަންކަމާއެކު ނުފޫޒެއް ނެތި ހަގީގަތުގެ މައްޗަށް ބިނާކޮށް ކުރާ ނޫސްވެރިކަމަކީ ބާރުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމާއި، ދޮގާއި، ހަނގުރާމައިގެ ޕްރޮޕެގެންޑާ ފެތުރުމާ ދެކޮޅަށް މުހިއްމު އާލާތެއް،" ނޯބެލް ކޮމިޓީން ބުންޏެވެ.

ނޯބެލް ސުލްހައިގެ އިނާމު ލިބޭ މީހުން ކަނޑައެޅީ 329 ކެންޑިޑޭޓުންގެ ތެރެއިންނެވެ. މި އެވޯޑަކީ 1.1 މިލިއަން ޑޮލަރުގެ އަގުހުރި އެވޯޑެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox