ޑްރާފްޓަށް ކޮމެންޓް ނުލިބޭތީ ކޮމިއުނިޓީ ސާވިސްގެ އުސޫލު ނުނިމިފައި

މާލޭގެ ރިންގްރޯޑު ހެދުމުގެ މަސައްކަތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ބައިވެރިކޮށްގެން ވަނީ މަސައްކަތް ކުރިޔަށް ގެންގޮސްފަ. އެ މަސައްކަތުގައި ބައިވެރިވީ މުޖުތަމައުއަށް ނުރައްކަލެއް ނެތް އަހުލާގު ރަނގަޅު ގައިދީންކަމަށް ކަރެކްޝަންސްއިން ވަނީ އޭރު ބުނެފަ. އެ ގައިދީންނަށް މަސައްކަތަށް ވާ ވަރަށް އުޖޫރައެއްވެސް ވަނީ ދީފަ. ފޮޓޯ: ސަން

މާލޭގެ ރިންގްރޯޑު ހެދުމުގެ މަސައްކަތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ބައިވެރިކޮށްގެން ވަނީ މަސައްކަތް ކުރިޔަށް ގެންގޮސްފަ. އެ މަސައްކަތުގައި ބައިވެރިވީ މުޖުތަމައުއަށް ނުރައްކަލެއް ނެތް އަހުލާގު ރަނގަޅު ގައިދީންކަމަށް ކަރެކްޝަންސްއިން ވަނީ އޭރު ބުނެފަ. އެ ގައިދީންނަށް މަސައްކަތަށް ވާ ވަރަށް އުޖޫރައެއްވެސް ވަނީ ދީފަ. ފޮޓޯ: ސަން

ބައެއް ކަހަލަ ކުދި ކުށްތަކަށް ކޮމިއުނިޓީ ސާވިސް އަދަބެއްގެ ގޮތުގައި ދޭން ފަށާފައިވާއިރު، އެފަދަ ހުކުމެއް ތަންފީޒުކުރުމަށް ބޭނުންވާ އުސޫލެއް އަދިވެސް ނިމިފައި ނުވަނީ އެފަދަ އުސޫލެއް ޑްރާފްޓްކުރުމަށްފަހު އެ ޑްރާފްޓަށް ބޭނުންވާ ރެކޮމެންޑޭޝަންސްތަކާއި ކޮމެންޓްތައް ހޯދުމަށް އެކި އިދާރާތަކަށް ފޮނުވާފައިވުމާއެކު، އެ ކޮމެންޓްތައް ނުލިބި ހުރުމުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފި އެވެ.

ރާއްޖޭގެ ބައެއް ކޯޓުތަކުން މިހާރު އަދަބެއްގެ ގޮތުގައި މުޖުތަމައުއަށް ފައިދާ ކުރާ ހިދުމަތެއް ނުވަތަ ކޮމިއުނިޓީ ސާވިސްއަށް ހުކުމްކުރަން ފަށާފައިވާއިރު، އަދިވެެސް ކަރެކްޝަންސްއަށް ކޮމިއުނިޓީ ސާވިސް އަދަބެއް ތަންފީޒުކުރާނޭ އުސޫލެއް ނިމިފައިނުވާ މައްސަލައިގަ ކަރެކްޝަންސްއިން ބުނީ އެ އުސޫލު ހެދުމަށްޓަކައި ތައްޔާރުކޮށް ކޮމެންޓް ހޯދުމަށް މީގެ ކުރިން ކަމާބެހޭ އެކި އިދާރާތަކަށާއި މުއައްސަސާތަކަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އެފަހަރު ލިބުނު ކޮމެންޓްތަކަށް ބަލައި، އުސޫލުގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށްފަހު އަނެއްކާވެސް ޑްރާފްޓެއް ތައްޔާރުކުރުމަށްފަހު އެ ޑްރާފްޓަށް ކޮމެންޓް ހޯދަން މިހާރު ފޮނުވާފައިވާ ކަމަށެވެ. އެ އުސޫލަށް ކޮމެންޓް ހޯދުމަށް ފޮނުވާފައިވާ އެކި އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ސުޕްރީމް ކޯޓު ވެސް ހިމެނޭކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.

އެހެންކަމުން އެ ހުރިހާ އިދާރާއަކާއި މުއައްސަސާއަކުން އެ އުސޫލަށް ގެންނަން ފެންނަ އިތުރު ބަދަލުތަކެއްގެ މައުލޫމާތު ލިބި، އެ އުސޫލު މުޅިން ނިމުމުން ނޫނީ ކޮމިއުނިޓީ ހިދުމަތަށް ހުކުމް ކުރަން ފަށާފައިވީނަމަވެސް، އެ އަދަބު ތަންފީޒުނުކުރެވޭނެކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.

އަދި އެހާ ގިނަ މުއައްސަސާތަކެއް އެ މަސައްކަތުގައި ހިމެނޭތީ، އެ ޑްރާފްޓް އުސޫލުގެ ކޮމެންޓްތަކާއި ރެކޮމެންޑޭޝަންސްތައް ލިބެން ކިހާ މުއްދަތެއް ހޭދަވާނެ ކަމެއް ވެސް ލަފާކުރަން ދަތިކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.

ރާއްޖޭގައި ކޮމިއުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ހިދުމަތްކޮށްދިނުން އަދަބެއްގެ ގޮތުގައި ދެވިދާނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބުނާއިރު އެފަދަ އަދަބުތައް ހުކުމެއްގެ ގޮތުގައި ކޯޓުތަކަށް ކަނޑައެޅޭނެ އުސޫލެއް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ޖުލައި މަސްތެރޭ ކަނޑައަޅާފަ އެވެ.

އެ އުސޫލުގެ ދަށުން އެފަދަ އަދަބުތައް ތަންފީޒުކުރާނޭ ގޮތުގެ އުސޫލެއް 60 ދުވަސް ތެރޭ ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ވަނީ ކަރެކްޝަންސްގެ މައްޗަށް ލާޒިމުކޮށްފަ އެވެ. އެ މުއްދަތު މިހާރު ވަނީ ފަހަނައަޅައި ގޮސްފަ އެވެ.

ކޮމިއުނިޓީ ސާވިސް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަހަލަ ކުށްތަކުގެ ތެރޭގައި ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާގެ މައްސަލަތަކާއި ކުދި ވައްކަމުގެ މައްސަލަތައް ހިމެނެ އެވެ.

ކޮމިއުނިޓީ ސާވިސް އަކީ އާންމުކޮށް ޖަލުތަކުގައި ހުންނަ ޖާގައިގެ ދަތިކަމަށާއި ބައެއް ކަހަލަ ބޮޑެތި ޖޫރިމަނާގެ ކުށްތަކަށް ފައިސާ ދައްކައި ހަލާސްކުރުމުގައި ޖޫރިމަނާ ދައްކަން ޖެހޭ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި އާންމުކޮށް ކަނޑައަޅައި އަދަބެކެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި އެފަދަ އަދަބުތައް ތަންފީޒުކުރުމުގައި ބޭނުންވާ އުސޫލެއް ތައްޔާރުކުރުމަކީ ގިނަ ކަންކަމަށް ވިސްނަން ޖެހޭ އުނދަގޫ މަސައްކަތެކެވެ.

އެހެންނަމަވެސް އެފަދަ އަދަބު ތަންފީޒުކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކަމަށް ކަރެކްޝަންސްއިން ޔަގީންކަމާއެކު ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox