ގޯލު ޖެހުމުން އުރީދޫ އިން ހިލޭ ޑޭޓާ ދެނީ

ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް އުރީދޫ އެޕް އިން ހާއްސަ ގޭމެއް މިވަނީ ތައާރަފުކޮށްފަ. -- ފޮޓޯ: އުރީދޫ

ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް އުރީދޫ އެޕް އިން ހާއްސަ ގޭމެއް މިވަނީ ތައާރަފުކޮށްފަ. -- ފޮޓޯ: އުރީދޫ

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ގޭމެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތާ ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް އުރީދޫ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހި ގައުމީ ޓީމު ކުޅޭ މެޗުތަކުގެ ޓިކެޓް، ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތެއްގައި ބައިވެރިވެ ހޯދުމުގެ ފުރުސަތުވެސް އުރީދޫ އިން ދެނީ ދަމުންނެވެ.

މިފަހަރު އުރީދޫ އިން މިވަނީ ސާފް ޗެމްޕިއަންޝިޕާ ގުޅުވައި ހާއްސަ ގޭމެއް އުރީދޫ އެޕްގައި ތައާރަފުކޮށްފަ އެވެ. މިގޭމްގައި ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އުރީދޫގެ ސްކޯ އެންޑް ވިން ގޭމް ކުޅެން ބޭނުންވާ ނަމަ 50ރ. އަށްވުރެ މަތިން ރީޗާޖް ކޮށްގެން ގޭމް ކުޅެވޭނެ އެވެ. އަދި އުރީދޫގެ ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށްވެސް މި ގޭމް ކުޅެވޭނެކަމަށް އެކުންފުނިން ބުނެ އެވެ.

ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް

  • އުރީދޫ އެޕަށް ޒިޔާރާތްކުރޭ http://ore.do/app
  • 50ރ. އަށްވުރެ މަތިން ރިޗާޖްކުރޭ
  • ރީޗާޖެ ކުރުމުން ސްކްރީނުން ފެންނަ PLAY ONCE އަށް ފިތާލާ
  • ޕެނަލްޓީ ކިކަކުން ގޯލްޖަހައި ހިލޭ ޑޭޓާ ހޯދޭނެ

ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް އުރީދޫ އިން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓްގެ އިތުރުން އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށްވެސް މެޗުތަކުގެ ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ މިއަދު ކުޅޭ ދެ މެޗް ލެޑް ސްކްރީނުން ބަލާލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ހޯދާދީފަ އެވެ.

މި ކަންތައްތަކުގެ އިތުރުންވެސް ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކިއެކި ހަރަކާތްތައް ރޭވިފައިވާ ކަމަށް އުރީދޫ އިން ބުނެ އެވެ.

އަދި މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox