ފުރަތަމަ މެޗުގައި ހެދި ގޯސްތައް ރަނގަޅު ކުރާނަން: ސުޒޭން

Oct 6, 2021, 9:35 AM
ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ސުޒޭން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ސުޒޭން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ބަންގްލަދޭޝާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފަ އެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން، މި މެޗަށް ކުރިމަތިލާއިރު، ބަންގްލަދޭޝް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ރާއްޖެ ބަލިކުރި ނޭޕާލް އޮތީ ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ރާއްޖެ އަށް އަދި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ބަންގްލަދޭޝް މޮޅުވީ 1-0 އިންނެވެ. ދެވަނަ މެޗުގައި އިންޑިއާއާ 1-1 އިން އެއްވަރުކުރީ ދިހަ މީހުންނާއެކު އެވެ.

މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ނޭޕާލް މެޗުގައި ރާއްޖޭގެ ޓީމުން "ވަރަށް ގިނަ ކަންތައްތައް" ރަނގަޅަށް ކުރި ކަމަށެވެ. އަދި އެ މެޗުގައި ހަމައެކަނި މަދުވީ "ސްކޯ" ކުރުން ކަމަށެވެ.

"ފުރަތަމަ މެޗަށް ބަލާއިރު ދިވެހި ޓީމު ބޭނުންވި ކާމިޔާބެއް ނުލިބުނުކަމުގައިވިޔަސް، އެ މެޗުގައި ދެއްކި ކުޅުމާއި އެ މެޗުން ރަނގަޅުކުރަންޖެހިފައި ހުރި ބައިވަރު ކަންތައްތަކެއް މިިދިޔަ ޓްރެއިނިންތަކުގައި ރަނގަޅުކުރެވުމާއެކު ހިތްހަމަޖެހޭ،" ސުޒޭން ބުންޏެވެ.

"ބަންގްލަދޭޝް އަކީ ވަރުގަދަ ޓީމެއް. އަދި މި މުބާރާތުގައި އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އެކަމަކު އަޅުގަނޑު ގަބޫލްކުރަނީ ރާއްޖެ ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ކަމަށް."

ރާއްޖެ ފުރަތަމަ މެޗުން ބަލިވުމުން، ޓީމަށް ޕްރެޝަރު ކުރިމަތިވާނެ ކަމަށް އެ މެޗަށް ފަހު ސުޒޭން ބުންޏެވެ.

އެކަމަކު ސުޒޭން ބުނީ ޕްރެޝަރު އޮތް ކަމަށް މާނަކުރީ އެ މެޗުގެ ނަތީޖާއާއެކު "ގޮތްހުސްވާ ހިސާބަށް" ދިއުން ނޫން ކަމަށެވެ.

"ޕްރެޝަރަކޭ މި ބުނަނީ އަޅުގަނޑުމެން އެއް މެޗު ކުޅެފައި، ދެން ދެ މެޗު ކުޅުނު ދެ ޓީމެއް މި އޮތީ ތާވަލްގައި އަޅުގަނޑުމެންނަށްވުރެ ކުރީގައި. ނޭޕާލްގެ ވަރަށް ކޮމްފަޓަބަލްކޮށް ދެ މެޗުން ހަ ޕޮއިންޓް ނަގައިގެން އެ އޮތީ. އަނެއްކާ ބަންގްލަދޭޝް ވަނީ ވަރުގަދަ އިންޑިއާއެކު ދިހަ މީހުންނާއެކު އެއްވަރުވެފަ. އެ ނަމްބާސް މި އޮތީ ފެންނަން،" ސުޒޭން ބުންޏެވެ.

ޓީމަށް ބޮޑު ބަދަލެއް ނުގެންނާނެ

ފުރަތަމަ މެޗުން ބަލިވިޔަސް، ސުޒޭން ބުނީ މާދަމާ ރޭގެ މެޗަށް މާ ބޮޑެތި ބަދަލުތަކެއް ޓީމުން ނުފެންނާނެ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެ މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭތީ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، އަނިޔާގެ މައްސަލަތަކެއް އުޅޭތީ، ދެތިން ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

" ކުޑަކުޑަ އިންޖަރީ އިޝޫތަކެއް (މައްސަލަތަކެއް) އެބައުޅޭ. އެހެން ނޫނީ މާ ބޮޑު ބަދަލެއް އަންނާނެ ސަބަބެއް ނެތް. ސްކޯ ކުރުން ފިޔަވައި، އެހެން ގިނަ ކަންތައްތައް (ފުރަތަމަ މެޗުގައި) ރަނގަޅަށް ދިޔައީ. ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންތައްތައް ފެނުނު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ފުރަތަމަ މެޗުގައި ވެސް، ރާއްޖޭގެ ސަޕޯޓަރުން "ޒިންމާ" އަދާކުރި ކަމަށެވެ. އަދި މާދަމާ ރޭ ވެސް ސަޕޯޓަރުންގެ އެހީތެރިކަން ޓީމަށް ބޭނުންވާނެ ކަމަށެވެ.

"ފުރަތަމަ މެޗުގައި އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ އަދާކުރި. މާދަމާ ރޭ ވެސް އެކަމާ (12 ކުޅުންތެރިޔާ ޒިންމާ އަދާކުރާނެކަމާ މެދު) ޝައްކެއް ވެސް ނެތް،" ސުޒޭން ބުންޏެވެ.

ބަންްގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެ އަތުން މޮޅުވީ މީގެ 18 ވަރަކަށް އަހަރު ކުރިންނެވެ. ބަންގްލަދޭޝް އިން 2003 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ ބަލިކުރި ފަހުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން މޮޅެއް ނުހޯދަ އެވެ.

ސުޒޭން ބުނީ މީގެ ކުރިން ހިނގާފައި ހުރި ކަންތައްތަކަކީ މުޅިން އެހެން ކަމެއް ކަަމަށާއި މިހާރު އޮތް ބަންގްލަދޭޝްގެ ޓީމު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ރަނގަޅަށް ކުޅެމުން އަންނަ ކަމަށެވެ. އަދި އޮސްކާ އަކީ ރާއްޖޭގައި މަސައްކަތް ކޮށްފައި ހުރި ކޯޗެއް ވުމުން ދިވެހި ފުޓްބޯޅަ އެނގޭނެ ކަމަށާއި ރާއްޖޭން ނުކުންނާނީ އެ ހުރިހާ ކަަމަކަށް ވިސްނައިގެން ރަނގަޅު ޕްލޭނަކާ އެކު މެޗުން މޮޅުވާން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

އޮސްކާ އަކީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެކެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް ކޯޗެއްގެ ގޮތުގައި ހުރެ އޭނާ ވަނީ އެކުވެރިކަމުގެ މެޗެއްގައި ނިއު ބަލިކުރުމުގެ އިތުރުން އޭއެފްސީ ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބަލިކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި އެންމެ ފަހުން ބަންގްލަދޭޝްއާ އެކު ރާއްޖޭން ކުޅުނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗުން ރާއްޖެ ވަނީ 5-0 އިން މޮޅުވެފަ އެވެ. މާދަމާރޭ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox