މެޗުން މޮޅުނުވެވުނީ އަމިއްލަ އަށް ހެދުނު ގޯސްތަކުން: އިންޑިއާގެ ކޯޗު ސްޓިމަކް

Oct 4, 2021, 2:46 PM
އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް: އޭނާ ވަނީ މެޗުގައި އިންޑިއާ އަށް އަމިއްލަ އަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށް ބުނެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް: އޭނާ ވަނީ މެޗުގައި އިންޑިއާ އަށް އަމިއްލަ އަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށް ބުނެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، މި މެޗުން މޮޅުނުވެވުނީ އިންޑިއާ އިން އަމިއްލަ އަށް ހެދި ގޯސްތަކުން ކަމަށް އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސުނިލް ޗެތުރީ ޖެހި ލަނޑާއެކު އިންޑިއާ އިން ލީޑު ނަގާފައިވަނިކޮށް، ބަންގްލަދޭޝުން ދެވަނަ ހާފުގައި މެޗުގެ ނަތީޖާ އެއްވަރުކުރީ ދިހަ ކުޅުންތެރިންނަށް އެ ޓީމު މަދުވެފައިވަނިކޮށެވެ.

މެޗަށް ފަހު ވާހަކަދައްކަމުން، ސްޓިމަކް ބުނީ މެޗުން މޮޅުވުމަށް އިންޑިއާ އަށް ހުރިހާ ކަމެއް ވެސް ފަހިވެފައި އޮތް ނަމަވެސް، މެޗުން މޮޅުނުވެވުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި އިންޑިއާގެ ކުޅުންތެރިން އަމިއްލަ އަށް ޕްރެޝަރަށް ދާންޖެހުނު ސަބަބެއް ނުވިސްނޭ ކަމަށެވެ.

"މެޗު ކޮންޓުރޯލްކުރީ އަހަރަމެން. އަހަރަމެން އޮތީ 1-0 އިން ލީޑުގައި. އެއް ކުޅުންތެރިއެއް އިތުރަށް. އެކަމަކަު އަހަންނަކަށް ނޭނގެ އިންޑިއާ ޓީމުން އަމިއްލަ އަށް ޕްރެޝަރަށް ވެއްޓި، ގިނަ ޕާސްތަކެއް ގެއްލުވާލައި، ވަރަށް ގިނަ މިސްޓޭކްތަކެއް ހެދި. އޭގެން ކޮންމެ ފަހަރަކު އިދިކޮޅު ޓީމަށް ކައުންޓާކުރަން ފުރުސަތު ލިބި، އެމީހުންގެ ކޮންފިޑެންސް ރަނގަޅުވީ،" ސްޓިމަކް ބުންޏެވެ.

"މެޗުގައި އިންޑިއާ އިން 75 މިނިޓު ވަރަށް ރަނގަޅަށް ކުޅުނު. އަނެއް 15 މިނިޓުގައި ބޮޑެތި ގޯސްތަކެއް ހެދީ ކީއްވެ ކަމެއް ނޭނގެ."

މި މެޗުގައި ވެސް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށްވަދެ، އެ ޓީމަށް ތަރުހީބު ދިނެވެ. ސްޓިމަކް ބުނީ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން އެ ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ.

"ބަންގްލަދޭޝަށް ރަނގަޅު ސަޕޯޓެއް އޮތް. އެހެންވެ، އެ ޓީމު ތަންކޮޅެއް ދަށްވެލާއިރަށް، ސަޕޯޓަރުން އަޑުގަދަކޮށްގެން ވެސް އެ ޓީމަށް ހިތްވަރު އެބަދޭ،" ސްޓިމަކް ބުންޏެވެ.

ސްޓިމަކް އިންޑިއާގެ ކޯޗުކަމާ ހަވާލުވި ފަހުން، ބަންގްލަދޭޝާ ދެކޮޅަށް މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި މިދިޔަ ޖޫން މަހު ވަނީ ޗެތުރީގެ ދެ ގޯލާ އެކު 2-0 އިން މޮޅުވެފަ އެވެ.

ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން އުންމީދުކުރި ކަންތައްތައް ނުފެނުނު

ސްޓިމަކް ބުނީ މިހާރު އޮތް އިންޑިއާގެ ޓީމުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މިއަދުގެ މެޗުގައި އެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ހިފި މަންޒަރު ނުފެނުނު ކަމަށެވެ. އަދި އަމިއްލަ އަށް ހާސްވެގެން މެޗުގެ މުހިއްމު ވަގުތުތަކުގައި އެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުކުރުން މުހިއްމު ކަމަށް ސްޓިމަކް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެން އެންމެ ހިތްހަމަނުޖެހެނީ ތަޖުރިބާކާރު ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިންގެ ފަރާތުން އެ ތަޖުރިބާގެ ބޭނުން ހިފި މަންޒަރު ނުފެނުން. އެ ކުޅުންތެރިންގެ ފަރާތުން އަހަރެން އުންމީދުކުރި ކަންތައްތަކެއް ނުފެނުނު،" ސްޓިމަކް ބުންޏެވެ.

ސްޓިމަކް ބުނީ މި މެޗުން އެއްވަރުވިޔަސް، އިންޑިއާ އަށް ފައިނަލްގެ އުންމީދު ނުގެއްލޭ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކަށް ވިސްނައިގެން، މި މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

"ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗު އޮންނާނެ. އެހެންވީމަ އަހަރެމެން ހުރިހާ މެޗެއް ކުޅޭއިރު އޮންނަ ހިސާބެއް ބަލަމާ. މި ވަގުތު ވަރަށް އުނދަގޫވާނެ ހުރިހާ ކަމަކާ ބެހޭގޮތުން ވާހަަކަ ދައްކަން،" ސްޓިމަކް ބުންޏެވެ.

މިއަދުގެ މެޗުގައި ބަންގްލަދޭޝްގެ ބިޝްވަނަތަށް ދެއްކި ރަތް ކާޑަކީ ދެ ރަތް ކާޑު ވެސް ދެއްކިދާނެ ފަދަ ފައުލެއް ކަމަށާއި އެ ކާޑާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ސްޓިމަކް ބުންޏެވެ.

އިންޑިއާ އިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. މިރޭ ކުޅޭ މެޗުގައި ލަންކާ ބައްދަލުކުރާނީ ނޭޕާލްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox