ޕެންޑޯރާ ޕޭޕާޒް: އެންމެ މުއްސަނދި އަދި ބާރުގަދަ މީހުންގެ ސިއްރު މުދާ!

ޕެންޑޯރާ ޕޭޕާޒްގައި ހިމެނޭ ބައެއް ވެރިން. -- އާޓްވޯކް: މުހައްމަދު އިސާމް ސާމިރު / އަދަދު

ޕެންޑޯރާ ޕޭޕާޒްގައި ހިމެނޭ ބައެއް ވެރިން. -- އާޓްވޯކް: މުހައްމަދު އިސާމް ސާމިރު / އަދަދު

ޕެންޑޯރާ ޕޭޕާޒް އަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ ސިއްރު މުދަލާއި، ޓެކްސް އަށް މަކަރު ހަދާ ގޮތްތަކާއި، މަނީ ލޯންޑާ ކުރާ ގޮތް ހާމަކުރަން ލީކުކޮށްލި 12 މިލިއަނެއްހާ ލިޔެކިޔުމެވެ.

ސާދަ މަސްދަރެއްގެ ފަރާތުން ލިބުނު ލިޔުންތައް ބަލައި ދިރާސާ ކުރުމަށް 117 ގައުމެއްގެ 600 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެ ދިރާސާތަކުގެ މައްޗަށް ހެދި ހަބަރުތައް މި ހަފުތާގައި ދަނީ ޝާއިއު ކުރަމުންނެވެ.

އެކަމާ ގުޅޭ ޑޭޓާ އެންމެ ފުރަތަމަ ހޯދީ ވޮޝިންޓަންގައި ހުންނަ އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އިންނެވެ. އައިސީއައިޖޭ އިން 140 އަށް ވުރެ ގިނަ މީޑިއާއާ އެކު ކުރި މި މަސައްކަތަކީ މިހާތަނަށް އެ މީހުން ހިންގި އެންމެ ބޮޑު ތަހުގީގެވެ.

ހޯދުނީ ކޮން އެއްޗެއް؟

ޕެންޑޯރާ ޕޭޕާޒް ލީކުގައި ގާތްގަނޑަކަށް 6.4 މިލިއަން ޑޮކިޔުމެންޓާއި، ތިން މިލިއަން ފޮޓޯ އާއި މިލިއަނަކަށް ވުރެ ގިނަ އީމެއިލާއި ބައި މިލިއަނެއްހާ ސްޕްރެޑްޝީޓް ހިމެނެ އެވެ. މިހާތަނަށް އާއްމުކޮށްފައިވާ ބޮޑެތި ހޯދުންތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ބައެއް ލީޑަރުންގެ ސިއްރު މުއްސަނދިކަމުގެ ވާހަކަ އެވެ.

  • ސިއްރުން ހިންގާ ކުންފުނިތައް މެދުވެރިކޮށް އުރުދުންގެ ރަސްގެފާނު އިނގިރޭސިވިލާތާއި އެމެރިކާގައި ޕްރޮޕަޓީ ނުވަތަ ގެ ގަންނަން 70 މިލިއަން ޕައުންޑް ހޭދަކުރެއްވި
  • އަޒަރްބައިޖާންގެ ލީޑަރުގެ އާއިލާއާ އިނގިރޭސިވިލާތުގައި 400 މިލިއަން ޕައުންޑްގެ ޕްރޮޕަޓީ ނުވަތަ ގެތަކުގެ ޑީލާ ގުޅުން އެބަ އޮތްކަން
  • ޗެކް ރިޕަބްލިކްގެ ބޮޑު ވަޒީރު ފްރާންސް އިން 12 މިލިއަން ޕައުންޑަށް ދެ ވިލާ ގަންނަން ބޭނުން ކުރީ ސިއްރު އޯފްޝޯ އިންވެސްޓްމަންޓް ކުންފުންޏޭއްކަން
  • ކެންޔާގެ ރައީސް އުހުރޫ ކެންޔަޓާގެ އާއިލާއިން ގިނަ އަހަރުތަކެއް ވަންދެން ސިއްރުން އޯފްޝޯ ކުންފުނިތަކުގެ ނެޓްވޯކެއް ހިންގިކަން

ލިޔުންތަކުން ހާމަވި އެންމެ ބޮޑު ކަމަކީ ދުނިޔޭގެ އެންމެ ބާރުގަދަ މީހުންގެ ތެރޭގައި ހިމެނޭ 90 ގައުމެއްގައި 330 އަށް ވުރެ ގިނަ ސިޔާސީ މީހުން ސިއްރު އޯފްޝޯ ކުންފުނިތަކުގެ އެހީގައި އެ މީހުންގެ މުދަލާއި މުއްސަނދިކަން ފޮރުވަމުންދާ ކަމެވެ.

އެމެރިކާގެ ތިންކް ޓޭންކު ގްލޯބަލް ފައިނޭންޝަލް އިންޓެގްރިޓީގެ ލަކްޝްމީ ކުމާރު ބުނީ އެ މީހުން ކުންފުނިތައް ބޭނުން ކުރަނީ ފައިސާ ގައުމުން ބޭރަށް ފޮނުވުމަށް ފަހު ފޮރުވުމަށް ކަމަށެވެ.

އޯފްޝޯ ކުންފުންޏަކީ ކޮބާ؟

ޕެންޑޯރާ ޕޭޕާޒް އިން ހާމަވީ އެކި ގައުމުތަކުގައި ހަދާފައިވާ ކުންފުނިތަކުގެ ނެޓްވޯކެއްގެ ތެރެއިން ބައެއް މީހުން ސިއްރުން ފައިސާ އާއި މުދާ ރައްކާކޮށްފައި ހުންނަ ކަމެވެ. މިސާލަކަށް އިނގިރޭސިވިލާތުގައި ހުރި ގެޔެއްގެ ހަގީގީ ވެރިފަރާތުން، އެ ގޭގެ ވެރިޔާ ގޮތުގައި ހުންނާނީ އެކި ގައުމުތަކުގައި ހުރި ކުންފުނި ނުވަތަ އޯފްޝޯ ކުންފުނިތަކެއް މެދުވެރިވެގެންނެވެ.

އޯފްޝޯ ގައުމުތަކަކީ ފަސޭހައިން ކުންފުނި އުފެއްދޭ، ކުންފުނީގެ ވެރިޔާ ދެނެގަންނަން އުނދަގޫވާ ގާނޫނުތައް ތަންފީޒު ކުރާ އަދި ކޯޕޮރޭޝަން ޓެކްސް ނުނަގާ ނުވަތަ ދަށް ގައުމުތަކެވެ. އެފަދަ ތަންތަނަށް އާއްމު ގޮތެއްގައި ކިޔަނީ ޓެކްސް ހޭވަންސް އެވެ.

އެފަދަ ގައުމުތަކުގެ ރަސްމީ ލިސްޓެއް ނެތް ނަމަވެސް ހިމެނޭ ބަޔެއް ތަންތަނަކީ އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ކޭއިމަން އައިލެންޑްސް، ބްރިޓިޝް ވާޖިން އައިލެންޑްސް، ސްވިޓްޒަލޭންޑް އަދި ސިންގަޕޫރު ފަދަ ތަންތަނެވެ.

ޓެކްސް ހޭވަން ބޭނުން ކުރުން މަނާ ތަ؟

ގާނޫނުގައި ހުންނަ ބާގަނޑުތަކުގެ ސަބަބުން ޓެކްސް ނުދައްކާ ރެކުމަށް ފައިސާ އެހެން ތަންތަނަށް ބަދަލުކޮށް ޓެކްސް ހޭވެންތަކުގައި ކުންފުނި އުފެއްދުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް މިއީ އަންއެތިކަލް ކަމެކެވެ. އިނގިރޭސި ސަރުކާރުން ދެކޭ ގޮތުގައި އެއީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމެއް ނަމަވެސް ގާނޫނުގެ ރޫހާ ހިލާފު ކަމެކެވެ.

ބައެއް ފަހަރު ފައިސާ އާއި މުދާ ސިއްރުން އެކި ގައުމުތަކުގައި ބަހައްޓާ ސައްހަ ސަބަބުތައް ވެސް ހުރެ އެވެ. އެގޮތުން ކުށްވެރިންގެ ހަމަލާއެއް އައުމުގެ ބިރާއި ހަމަނުޖެހުން ބޮޑު ސަރުކާރެއް އޮތުމުގެ ބިރު ހިމެނެ އެވެ.

ސިއްރު އޯފްޝޯ މުދާ ހުރުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ނަމަވެސް، ގިނަ ކުންފުނިތަކެއްގެ ނެޓްވޯކެއް މެދުވެރިކޮށް ފައިސާ ދައުރު ކުރުމަކީ ނުހައްގުން ހޯދާ މުދާ ފޮރުވަން އެންމެ ފަސޭހަ ގޮތެވެ.

މީގެ ކުރިން ލީކުކުރި ޕެނެމާ ޕޭޕާޒް އަށް ފަހު ވެސް ޓެކްސް ނުދެއްކުމާއި މުދާ ފޮރުވަން އުނދަގޫ ވާނެ ގޮތް ހަދަން ގޮވާލަން ފެށި އެވެ. ނަމަވެސް ޕެންޑޯރާ ޕޭޕާޒް އިން ހާމަވާ ގޮތުގައި އެ ފިޔަވަޅުތައް އަޅަން ތިބި ވެރިން ވެސް މި ދަނީ މިކަމުން ފައިދާ ނަގަމުންނެވެ. އެހެންކަމުން ބަދަލެއް ގެނައުމަށް އެ މީހުން ބޭނުމެއް ނުވެ އެވެ.

އޯފްޝޯކޮށް ފައިސާ ފޮރުވުމަކީ ކިހާ ފަސޭހަކަމެއް؟

ކުރަން ޖެހޭ ކަމަކީ ޓެކްސް ހޭވަންސްގެ ގޮތުގައި ފާހަގަވާ ގައުމެއްގައި ޝެލް ކުންފުންޏެއް ރަޖިސްޓްރީ ކުރުމެވެ. ޝެލް ކުންފުންޏަކީ އެއްވެސް އޮފީހެއް އަދި މުވައްޒަފަކު ނުހުންނަ، ހަމައެކަނި ކަރުދާހުން ފެންނަން އޮންނަން ކުންފުންޏެކެވެ.

ނަމަވެސް އެފަދަ ކުންފުންޏެއް ހަދަން ފައިސާ ހޭދަވެ އެވެ. އެކަމަށް ހާއްސަ ކުންފުނިތަކަށް ފައިސާ ދީގެން ޝެލް ކުންފުނި އޮޕަރޭޓް ކުރާ ކަމަށް ދައްކަ އެވެ. އެ ކުންފުނިތަކުން ކޮށްދޭ ކަމަކީ ޝެލް ކުންފުނީގެ އެޑްރެސްތަކާއި ޑިރެކްޓަރުންގެ ގޮތުގައި ތިބޭނެ ބަޔަކު ކަނޑައެޅުމެވެ. އެއާއެކު އެ ވިޔަފާރީގެ ފަހަތުގައި އަސްލު ހުރީ ކާކުކަން ދެނެގަންނަން އުނދަގޫވެ އެވެ.

އޯފްޝޯކޮށް ކިހާ ފައިސާއެއް ފޮރުވާފައިވޭ؟

ޔަގީންކޮށް ބުނަން ދަތިވި ނަމަވެސް ލަފާކުރެވޭ ގޮތުގައި 5.6 ޓްރިލިއަނާއި 32 ޓްރިލިއަނާ ދެމެދުގެ ފައިސާ ފޮރުވާފައި ވާނެ ކަމަށް އައިސީއައިޖޭ އިން ބުނެ އެވެ. އައިއެމްއެފް އިން ބުނީ ޓެކްސް ހޭވަންތަކާ ހެދި ކޮންމެ އަހަރަކު ވެސް ސަރުކާރުތަކަށް ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ 600 ބިލިއަން ޑޮލަރު ގެއްލޭ ކަމަށެވެ.

ގައުމުތަކަށް ލިބެން ޖެހޭ ޓެކްސް އާމްދަނީ ދަށްވުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވާ ކަމެކެވެ. އެއީ ޓެކްސް އާމްދަނީ އަކީ ތައުލީމާއި، ސިއްހީ ނިޒާމު އަދި ބޯހިޔާވަހިކަން ފަދަ ކަންކަމަށް ހޭދަކުރަން ލިބޭ ފައިސާއަށް ވާތީ އެވެ.

އިނގިރޭސިވިލާތުން ކުރަނީ ކޮން ކަމެއް؟

ބޭރު ގައުމުތަކުގެ ގޮތް ނޭނގޭ ކުންފުނިތަކަށް އިނގިރޭސިވިލާތުން ގެ ނުވަތަ ޕްރޮޕަޓީ ގަންނަން ހުއްދަ ދޭތީ ކުރިން ވެސް ފާޑުކިޔާފައި ވެ އެވެ.

ޔޫކޭގައި ގޭގެ ވެރިޔާ ހާމަކުރަން ޖެހޭ ގާނޫނެއްގެ ޑްރާފްޓް 2018 ވަނަ އަހަރު ހެދި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ގާނޫނުގެ ޑްރާފްޓް މެމްބަރުންނާ ހަމައަށް އައިސްފައެއް ނުވެ އެވެ.

ޔޫކޭގެ މަޖިލިސް ރިޕޯޓެއްގައި ބުނީ ނުހައްގު ފައިސާ ފޮރުވަން ބޭނުންވާ މަނީ ލޯންޑާ ކުރާ މީހުން ފަދަ ކުށްވެރިންގެ ޝައުގުވެރުކަން ޔޫކޭގެ ސިސްޓަމަށް އޮންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox