ރައީސްގެ އަމާޒަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފަތުރާލުން

މިރޭގެ ރަސްމިއްޔާތުގައި ރައީސްއަށް ހަނދާނީ ފިލާއެއް ޓޫރިޒަމް މިނިސްޓަރު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސްއަށް ހަނދާނީ ފިލާއެއް ޓޫރިޒަމް މިނިސްޓަރު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފަތުރާލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް އަންނަ އަހަރު 50 އަހަރު ފުރޭއިރު މިރޭ ވަނީ އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންޑައުން ފަށަން ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ ކުރުނބާ އައިލެންޑް ރިސޯޓްގައި ތަރައްގީ ކުރި 30 ކޮޓަރިން ކަމަށެވެ.

ނަމަވެސް, ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރަން ތައްޔާރުވާއިރު މިހާރު ރާއްޖޭގައި 156 ރިސޯޓާއި 582 ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އާއި 144 ސަފާރީއިން ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އެއީ ޖުމުލަ 51،038 އެނދު. އަދި ދުނިޔޭގައި ނަން ހިނގާ ހުރިހާ ބްރޭންޑެއްގެ ރިސޯޓްތައް މިހާރު ރާއްޖޭގައި އެބަހުރި. އަދި މިހާރު ރާއްޖޭގެ ޖީޑީޕީގައި ފަތުރުވެރިކަމުގެ ހިއްސާއަކީ 44.5 އިންސައްތަ،" ގިނަ މިނިސްޓަރުންނާއި ދައުލަތުގެ ވެރިން ބައިވެރިވި ހަފްލާގައި ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ވިދާޅުވީ އަމާޒަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފެތުރުން ކަމަށް-- ފޮޓޯ: ރައީސް އޮފީސް
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ވިދާޅުވީ އަމާޒަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފެތުރުން ކަމަށް-- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ވިދާޅުވީ އަމާޒަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފެތުރުން ކަމަށް-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފަތުރާލުން ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން ކުރުމަށްޓަކައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކާއި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގާއިމުކުރަން ޖެހޭ ކަމަށެވެ.

"ވައިގެ މަގުންނާއި ކަނޑުމަގުން ފަސޭހައިން ދަތުރު ކުރެވޭނެ ވިއުގައެއް ގާއިމު ކުރުމުގެ މަސައްކަތް އެބަކުރިއަށް ދޭ. ޑޮމެސްޓިކް ވައިގެ ބަނދަރުތައް އެބަ އިތުރު ކުރަން. ހަނިމާދޫ އާއި އައްޑޫގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު އެބަތަރައްގީ ކުރަން. ކަނޑުމަގުން ރަށްރަށަށް ފަސޭހައި ދަތުރު ކުރެވޭނެ ހައި ސްޕީޑް ފެރީ ނިޒާމެއް މިއަންނަނީ ގާއިމު ކުރަމުން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އަންނަން އޮތް ޖީލުތަކާ ހަމައަށް ޓޫރިޒަމް ކުރިއަށް ގެންދިއުމަށްޓަކައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އިއާދަ ކުރެނިވި ހަކަތަ ބޮޑަށް ބޭނުންކޮށް ޕްލާސްޓިކާ އެއްކޮށް ދުރަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލް ކަމަށްވާއިރު ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭން ކުރާ ކޮންމެ ކަމަކީ މި ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވާން ދާއިރު އެ ސިނާއަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށެވެ. ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކޮށް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް ދުވަސް ވަކި ދުވަހެއްގެ ގޮތުގައި ފާހަގަ ނުކުރާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މީގެ ފަހުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށެވެ. އެ ދުވަހަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ހުޅުވި ދުވަހެވެ.

ރަސްމިއްޔާތެއްގައި ރައީސް ސޯލިހް ވަނީ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ ހަރަކާތުގެ ލަވަ އިފްތިތާހު ކޮށްދެއްވައިފަ އެވެ. "ނަލަނަލަ ރާއްޖެ" ކިޔާ އެ ލަވަ ކިޔާފައިވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތައް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަހަރު ނިމެންދެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް އުފާވެރި ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެއަށް ޓޫރިޒަމް ގެނައުމުގައި އިސްކޮށް އުޅުއްވި، އަދި މިހާރުގެ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ފެށީ ވަރަށް ދަތިހާލުގައި ކަމަށާއި އެކަން ކާމިޔާބުވުމުން އަންގައި ދޭ އެއްޗަކީ އަމާޒެއް އޮވެ މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ ކަން ކަމަށެވެ.

ޓޫރިޒަމް އިންޑަސްޓްރީ އެހާ ބޮޑަށް ކުރިއަރަން ދިމާވި އެއް ސަބަބަކީ ސަރުކާރުން އެހާބޮޑަށް އެކަމާ ނުބެހި އެ ދާއިރާގެ މީހުންނަށް ކަން ކުރުމުގެ ފުރުސަތު ދިނުން ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"އޭރުންސުރެން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެނގިއްޖެ އަޅުގަނޑުމެންގެ ހުރިހާ ވެސް އެއްޗަކީ އަޅުގަނޑުމެންގެ ފަރުތަކާއި ގިރިތަކާއި މިތަންތަންކަން،" ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށާއި ރާއްޖެއަށް އިންވެސްޓް ކުރަންވެސް ވާނީ ރާއްޖޭގެ ތިމާވެއްޓަށް އިހުތިރާމު ކުރާ މީހުން ކަމަށް ނަސީމް ވިދާޅުވި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އެކި ދުވަސްވަރު އިސްތިހާރު ކޮށްފައިވަނީ އެކި ދާއިރާތަކަށް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އެހާ ބޮޑަށް ކުރިއެރި އެއް ސަބަބަކީ އޭރެއްގެ ޓްރެންޑު ކުރިއާލާ ދެނެގަނެ ޓޫރިޒަމް ޕްރޮމޯޓް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ދިމާވި ކަންކަމާ ގުޅިގެން ވެސް ރާއްޖެ ޕްރޮމޯޓް ކުރަން ގެންގުޅު ސިޔާސަތުތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެނިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox