ޓްވިޓާ އެކައުންޓު އަނބުރާ ހޯދަން ޓްރަމްޕް ކޯޓަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 3) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޓްވިޓާ އެކައުންޓް އަލުން އެކްޓިވޭޓް ކުރަން އެދި ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ޓްވިޓާ އާއި ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމުތަކުން ޓްރަމްޕް ބޭރުކުރީ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓަލް އިމާރާތުގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ވަދެގަނެ، ހިންގި ހަމަނުޖެހުމަށް ފަހު އެވެ.

ސަޕޯޓަރުން ރުޅި ގަދަވީ، ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، ސާބިތު ނުހިފޭ ވާހަކަތަކެއް ޓްރަމްޕް ދެއްކެވުމުގެ ސަބަބުންނެވެ.

ޓްވިޓާ އިން ބުނީ ޓްރަމްޕްގެ ބައެއް ޓްވީޓުތަކުގައި ކުންފުނީގެ ޕޮލިސީއާ ހިލާފު ވާހަކަތައް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ ވާހަކަ ހިމެނޭ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ފްލޯރިޑާގެ ފެޑެރަލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ޓްރަމްޕް ވިދާޅުވީ އެތައް މިލިއަން ސަޕޯޓަރުންނާ ގުޅުން ބޭއްވުމަށް އޮތް ޕްލެޓްފޯމް ބަންދުވީ ކޮންގްރެސް މެމްބަރުންގެ ޕްރެޝަރާ ހެދި ކަމަށެވެ.

ޓްވިޓާ އިން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑު ކުރިއިރު 88 މިލިއަން ފޮލޯވަރުން ތިއްބެވެ.

އަފްގާނިސްތާނުގެ ވެރިކަމުގައި އޮތް ތާލިބާނުންނަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައަޅާފައި ވާއިރު، ތާލިބާނުންގެ ވެސް ޓްވިޓާ އެކައުންޓެއް ހިންގާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"ތާލިބާނުންގެ އެކައުންޓު ފާޅުވީ އޯގަސްޓު 8 ގައި. އޭގެ ފަހުން ތާލިބާނުން އަސްކަރީ ގޮތުން ހޯދި ކުރިއެރުންތަކާ ގުޅޭ ގޮތުން ގަވާއިދުން ޓްވީޓު ކުރަމުން ދިޔައިރު ވެސް ޓްވިޓާ އިން އެކަން ހުއްޓުވާފައެއް ނުވޭ."

ޓްވިޓާ އިން ވަނީ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައިގެން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޓްރަމްޕް އަންނަނީ 2024 ގައި ވެސް ރައީސް ކަމަށް ވާދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox