ނައިބު ރައީސްކަމަށް ވާދަނުކޮށް ޑުޓާޓޭ ސިޔާސީ ދާއިރާއިން ރިޓަޔާވަނީ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ. -- ފޮޓޯ: އޭއެފްޕީ

މެނީލާ، ފިލިޕީންސް (އޮކްޓޯބަރު 3) - އަންނަ އަހަރުގެ އިންތިހާބުގައި ނައިބު ރައީސް ކަމަށް ވާދަނުކުރައްވާނެ ކަމަށާއި ސިޔާސީ ދާއިރާ އިން ރިޓަޔާ ވާން ނިންމަވާފައިވާ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ޑުޓާޓޭ ވަނީ އަންނަ އަހަރުގެ އިންތިހާބުގައި ނައިބު ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފައި މި ވަނީ ޑުޓާޓޭގެ ދަރިކަނބަލުން އިންތިހާބަށް ނުކުންނަން ނިންމަވާފައި ވަނިކޮށެވެ.

ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޑުޓާޓޭ އަކީ އަދިވެސް ފިލިޕީންސްގެ އެންމެ މަގްބޫލު ސިޔާސީ ލީޑަރެވެ. އޭނާގެ އެންމެ ބޮޑު ވައުދަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.

ފިލިޕީންސްގެ ގާނޫނު އަސާސީގެ ދަށުން ދެ ވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިނުލެވެ އެވެ. އުމުރުން 76 އަހަރުގެ ޑުޓާޓޭ ވިދާޅުވީ ގާނޫނު އަސާސީގެ އެގޮތަށް ވަނިކޮށް ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމަ މިއަދު އަޅުގަނޑު މި އިއުލާނު ކުރަނީ ސިޔާސީ ދާއިރާއިން ރިޓަޔާ ވާން ނިންމިކަން،" ޑުޓާޓޭ ވިދާޅުވި އެވެ.

ސޯޝަލް ވެދާ ސްޓޭޝަންސް އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ޑުޓާޓޭ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ފިލިޕީންސްގެ 60 ޕަސެންޓު މީހުން ދެކެ އެވެ.

ޑުޓާޓޭގެ ބަދަލުގައި ވެރިކަން ކުރާ ޕާޓީން ނައިބު ރައީސް ކަމަށް ވާދަކުރައްވާނީ ސެނެޓާ ކްރިސްޓޮފާ ލޯރެންސް "ބޮންގް" ގޯ އެވެ. ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓު އަދި އިއުލާނުކޮށްފައި ނުވާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި ޓިކެޓު ލިބޭނީ ޑުޓާޓޭގެ ދަރިކަނބަލުން ސާރާ އަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަނގުރާމައިގައި ގާނޫނާ ހިލާފު އެތައް ކަމެއް ހިންގި ކަމުގެ ތުހުމަތުގައި ފިލިޕީންސް އާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި ޑުޓާޓޭއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުން ބައްޕަ ހިމާޔަތް ކުރަން ސާރާ މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ދެކުނު ޑަވާއޯ ސިޓީގެ މޭޔަރު ކަމުގައި މި ވަގުތު ހުންނެވި ސާރާ ވިދާޅުވެފައި ވަނީ ބައްޕަ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ނަމަ، އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ.

ކެންޑިޑޭޓުން ލިޔުންތައް ހުށަހަޅަން އޮތް ސުންގަޑިއަކީ އޮކްޓޯބަރު 8 އެވެ. ނަމަވެސް އެ ތާރީހުގެ ފަހުން ވެސް "ލޭޓް އެންޓްރީ"ގެ ގޮތުގައި ނޮވެމްބަރު 15 ގެ ކުރިން ލިޔުންތައް ހުށަހެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox