އިނގިރޭސި ސިފައިން ތެޔޮ ޑެލިވާ ކުރަން ނުކުންނަނީ

ތެޔޮ ސަޕްލައި ކުރުމުގެ ކާރިސާއާ ގުޅިގެން ޑެލިވަރީގެ މަސައްކަތަށް ސިފައިން ނެރެން ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ

ތެޔޮ ސަޕްލައި ކުރުމުގެ ކާރިސާއާ ގުޅިގެން ޑެލިވަރީގެ މަސައްކަތަށް ސިފައިން ނެރެން ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (ސެޕްޓެމްބަރު 29) - އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ފިޔުލް ސަޕްލައި ކުރުމުގެ ކާރިސާއާ ގުޅިގެން ޑެލިވެރީގެ މަސައްކަތަށް ވަރަށް އަވަހަށް ސިފައިން ނުކުންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ބިޒްނަސް ސެކެޓްރީ ކްވާސީ ކްވާޓެންގް ސްކައި ނޫހަށް ވިދާޅުވީ ތެޔޮ ޑެލިވާ ކުރަން ސިފައިން ވަރަށް އަވަހަށް ނުކުންނާނެ ކަމަށާއި އޭގެ ބޭނުމަކީ ޕެޓްރޯލް ސްޓޭޝަންތަކުގެ ބޭރުގައި ދިގު ކިޔުތައް ހަދާފައިވާ މައްސަލަ ހައްލު ކުރުން ކަމަށެވެ.

ސަރުކާރުގެ އިތުރު އޮފިޝަލަކު އިނގިރޭސިވިލާތުގެ ޕްރެސް އެސޯސިއޭޝަން ނިއުސް އެޖެންސީ އަށް ބުނީ 150 އަސްކަރީ ޑްރައިވަރުން ތައްޔާރަށް ތިބި ކަމަށާއި އިތުރު 150 ޑްރައިވަރުން ވެސް ބެކަޕްގެ ގޮތުގައި ނެރެވިދާނެ ކަމަށެވެ.

ކްވާޓެންގްގެ ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް ޑިފެންސް ގުޅިގެން ޕެޓްރޯލް އިންޑަސްޓްރީއާ އެކު މަސައްކަތް ކުރަމުން ދަނީ ތެޔޮ ޑެލިވާ ކުރުމުގައި އެންމެ މުހިއްމު ސަރަހައްދުތައް ކަނޑައެޅުމަށެވެ.

ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަންގާރަ ދުވަހު ވިދާޅުވީ ތެލުގެ ސްޓޮކް އެބަހުރި ކަމަށާއި ވަރަށް އަވަހަށް މި ހާލަތު ހަމައަކަށް އެޅިދާނެ ކަމަށެވެ.

ތެޔޮ ސަޕްލައި ކުރާ ޓޭންކަރުތައް ދުއްވާނެ ޑްރައިވަރުންގެ ދަތިކަން ދިމާވުމާއެކު ތެލުގެ ސަޕްލައި ހުއްޓިދާނެކަމުގެ ބިރުގައި ގިނަ އަދަދެއްގެ މީހުން ވަނީ ޕެޓްރޯލް ސްޓޭޝަންތަކުގައި ކިޔު ހަދާފަ އެވެ.

ފާއިތުވި ހަތަރު ދުވަހު ގިނަ އަދަދެއްގެ އާއްމުން ކިޔު ޖެހިގެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތެޔޮ ގަނެފައި ވާތީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ބައެއް ޕަބްލިކް ސެކްޓާ މުވައްޒަފުންނަށް ވަނީ ކާރު ދުއްވާނެ ތެޔޮ ނުލިބުމުން މަސައްކަތަށް ދެވޭ ގޮތް ނުވެފަ އެވެ.

އެހެންވެ، ޕެޓްރޯލް ސްޓޭޝަންތަކުން އެ މީހުންނަށް އިސްކަން ދިނުމަށް އިއްޔެ ސަރުކާރުން ގޮވާލި އެވެ.

ޓޭންކަރު ޑްރައިވަރުންގެ ދަތިކަން ދިމާވީ އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމުން ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކުރެ އެވެ.

ސަރުކާރުން މިހާރު ވަނީ ކުރިއަށް އޮތް ތިން މަހަށް އިމިގްރޭޝަން ގަވާއިދުތަކަށް ލުއި ދީފަ އެވެ. އޭގެ ބޭނުމަކީ އިނގިރޭސިވިލާތް ދޫކޮށް ދިޔަ ޔޫރަޕުގެ އެހެން ގައުމުތަކުގެ ޑްރައިވަރުން އަނބުރާ މަސައްކަތަށް ގެނައުމެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އިމިގްރޭޝަން ގަވާއިދުތަކަށް ލުއި ދީގެން ހައްލެއް ނުފެންނާނެ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތުން ރަސްމީކޮށް އީޔޫ އިން ވަކިވި ނަމަވެސް، އެތައް ހާސް ޓޭންކަރު ޑްރައިވަރުން އަނބުރާ ގައުމަށް ދާން ޖެހިދާނެ ކަމަށް ވިސްނާފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 30،000 އެއްހާ ޓޭންކަރު ޑްރައިވަރުން އިނގިރޭސިވިލާތުން ގޮސްފައި ވާއިރު، އެ ވަޒީފާތަކަށް އެހެން މީހުން ހޯދާފައެއް ނުވެ އެވެ. މައި އިދިކޮޅު ލޭބާ ޕާޓީން ބުނީ މިކަމުން ފެންނަނީ ސަރުކާރުގެ "ނާގާބިލްކަން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox