ސާފް ޗެމްޕިއަންޝިޕް: "އަދަދު" އިން ހާއްސަ ގައިޑެއް ނެރެފި

Sep 29, 2021, 8:52 AM
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ) އާއި "އަދަދު" އެސޯސިއޭޓް އެޑިޓަރ، ސްޕޯޓްސް އައްޒާމް އަލިފުޅު ގައިޑް ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ) އާއި "އަދަދު" އެސޯސިއޭޓް އެޑިޓަރ، ސްޕޯޓްސް އައްޒާމް އަލިފުޅު ގައިޑް ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު

މާލޭގައި އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށްގެން "އަދަދު" އިން "މަގޭމަހަލްދީބް" ގެ ނަމުގައި ގައިޑް ފޮތެއް ނެރެފި އެވެ.

ސަތޭކަ ސަފުހާގެ މި ގައިޑް ނެރެދެއްވީ ގަލޮޅު ދަނޑުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރު "އަދަދު" އިން އެ މީޑިއާގެ ފުރަތަމަ ޕަބްލިކޭޝަނުގެ ގޮތުގައި މި ގައިޑް ނެރުނީ ސަޕޯޓަރުންނަށްދޭ ހަދިޔާއެއްގެ ގޮތުގަ އެވެ. އެގޮތުން ސްޕޮންސަރުންގެ ވަރަށް ބޮޑު އެހީއަކާ އެކު ނެރުނު މި ފޮތް ވިއްކުމުގެ ބަދަލުގައި ހަމަޖައްސަފާއިވަނީ ހިލޭ ބަހާށެވެ.

މި ގައިޑުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނެ އެވެ. އަދި ރާއްޖޭން ތަށި ހޯދި ދެ މުބާރާތް ކަމަށްވާ 2008 އާއި 2018 ގެ މުބާރާތާ ބެހޭ ވާހަކަތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އޭރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޓަވިއުތައް ހިމެނެ އެވެ. މީގެ އިތުރުން ވެސް މުބާރާތުގެ ތާރީހާއި މި އަހަރުގެ މުބާރާތާ ބެހޭ ޝައުގުވެރި ލިޔުންތައް ހިމެނެ އެވެ.

މި ގައިޑް ލިޔެފައިވަނީ "އަދަދު" ގެ އެސޯސިއޭޓް އެޑިޓަރ، ސްޕޯޓްސް، އައްޒާމް އަލިފުޅާއި "އަދަދު" ގެ މެނޭޖިން އެޑިޓަރ މުހައްމަދު ހަމްދޫން އަދި "ހަވީރު" ގެ ކުރީގެ ކުޅިވަރު ނޫސްވެރިޔާ ހަސަން ޝިފާން އެވެ. ފޮތުގެ ބްރޭންޑިން އާއި ލޭއައުޓް ހެދީ "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ.

މި ގައިޑަށް ދީފައިވާ ނަން ކަމަށްވާ "މަގޭ މަހަލްދީބް" އަކީ މުބާރާތުގެ ތެރޭގައި ސަޕޯޓަރުން ގެންގުޅޭނެ ޝިޔާރެވެ. ރާއްޖެއަށް އަވަށްޓެރި ގައުމުތަކުން ދީފައިވާ އެ ނަން، މި ފަހަރު ސަޕޯޓާސް ޗާންޓުގެ ގޮތުގައި ކަނޑައެޅީ މުބާރާތް މާކެޓްކޮށް ޕްރޮމޯޓްކުރާ ރާއްޖޭގެ އޭޖެންސީ، ނޯވާ އެސޯސިއޭޓްސް އިންނެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރުކަން "އަދަދު" އަށް ލިބުމާ އެކު އެ މީޑިއާ ވެފައިވަނީ 1993 ވަނަ އަހަރު ފެށި މި މުބާރާތުގެ މިފަދަ ރަސްމީ ހައިސިއްޔަތެއް ލިބުނު ރާއްޖޭގެ ފުރަތަމަ މީޑިއާ އަށެވެ. މިދިޔަ އޭޕްރިލް 3 ވަނަ ދުވަހު ވުޖޫދުވި "އަދަދު" އަކީ އެފްއޭއެމްގެ މީޑިއާ ޕާޓްނަރެއް ވެސް މެ އެވެ.

"އަދަދު" އިން އަންނަނީ މުބާރާތަށް ހާއްސަ ކަވަރޭޖެއް ގެނެސްދެމުންނެވެ. އަދި މުބާރާތް ފެށުމާ އެކު މެޗުތަކުގެ ހަބަރާއި ރިޕޯޓްތަކާއި ކުޅުންތެރިންނާއި ކޯޗުންގެ އިންޓަވިއުތައް ގެންނާނެ އެވެ. އޭގެ ތެރޭގައި މަލްޓިމީޑިއާ ކޮމްޕޯނަންޓް ވެސް ހިމެނޭނެ އެވެ. ކަވަރޭޖް ގެނެސްދޭނީ އެކަމަށްޓަކައި "އަދަދު" ގެ ވެބްސައިޓުގައި ގާއިމްކުރާ ހާއްސަ ސެކްޝަނެއްގަ އެވެ.

"މަގޭ މަހަލްދީބް" ގައިޑް
"މަގޭ މަހަލްދީބް" ގައިޑް

"މަގޭ މަހަލްދީބް" ގައިޑް

ސާފް ޗެމްޕިއަންޝިޕުގެ ފެށުމަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާކް ގޯލްޑް ކަޕެވެ. މުބާރާތް ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ބާއްވަން ފެށީ 1997 ވަނަ އަހަރު އެވެ. މިހާތަނަށް 12 ފަހަރު ބާއްވާފައިވާއިރު ރާއްޖޭން ވަނީ ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެންމެ ކާމިޔާބު ގައުމަކީ ހަތް ފަހަރު ތަށި ހޯދާފައިވާ އިންޑިއާ އެވެ. ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީ ލަންކާ، މީގެ ތެރެއިން ކޮންމެ ގައުމަކުން ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ލަންކާއާ ގުޅިގެންނެވެ. މުބާރާތް ހުޅުވި މެޗު މާލޭގައި އޮތްއިރު ފައިނަލް ކުޅެ ރާއްޖެ ތަށި ނެގީ ކޮލަމްބޯގަ އެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox