ތަޖުރިބާކާރު ހަތަރު ކުޅުންތެރިން އެނބުރި ސާފް ޗެމްޕިއަންޝިޕް ސްކޮޑަށް

Sep 29, 2021, 6:37 AM
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑަށް އަލުން އެނބުރި އައި ތަޖުރިބާކާރު ހަތަރު ކުޅުންތެރިން: (ކ.ވ): އީސަ، ދަގަނޑޭ، އަޑޭ އަދި އުމެއިރު.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑަށް އަލުން އެނބުރި އައި ތަޖުރިބާކާރު ހަތަރު ކުޅުންތެރިން: (ކ.ވ): އީސަ، ދަގަނޑޭ، އަޑޭ އަދި އުމެއިރު.

އަންނަ ހުކުރު ދުވަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން އެކުލަވާލި ސްކޮޑުގައި ތަޖުރިބާކާރު ހަތަރު ކުޅުންތެރިއަކު އަލުން ވަނީ ހިމަނާފަ އެވެ. އެ ކުޅުންތެރިންނަކީ އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އުމެެއިރު، އިސްމާއިލް އީސާ އަދި އަސްހަދު އަލީ (އަޑޭ) އެވެ.

މީގެ ތެރެއިން އެންމެ ގިނަ ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ކުޅެ، މެދުކެނޑުމަކަށް ފަހު އައި ކުޅުންތެރިއަކީ ދަަގަނޑޭ އެވެ. އުމުރުން 36 އަހަރުގެ ދަގަނޑޭ އަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުން ފުރުސަތެއް ނުދެ އެވެ. އެއީ އެ ފަހަރުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ނިންމި ނިންމުމެކެވެ.

ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު 2019 ވަނަ އަހަރު ގައުމީ ޓީމަށް އެނބުރި އައި ދަގަނޑޭ ވަނީ 2005، 2008، 2009، 2011، 2013 އަދި 2015 ގެ މުބާރާތުގައި ކުޅެފަ އެވެ. މީގެ ތެރެއިން 2008 ގައި ތަށި ހޯދިއިރު، އެއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ދަގަނޑޭ އަތުގަ އެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ދަގަނޑޭ (ވ) އާއި އުމެއިރު.-- ފޮޓޯ: އަދަދު

ދެ ވަނަ އަށް އެންމެ ގިނަ ސާފް މުބާރާތް ކުޅެފައި ޓީމަށް އެނބުރި އައީ އުމުރުން 33 އަހަރުގެ އުމެއިރު އެވެ. އުމެއިރު ވަނީ 2008، 2009، 2011، 2013 އަދި 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އޭނާ ވަނީ 2018 ވަަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމަނައިފަ އެވެ.

އެ ފަހަރުގެ ގަތަރު ޓްރެއިނިން ކޭމްޕަށް ފަހު މުބާރާތަށް ސްކޮޑު ފައިނަލް ކުރިއިރު، އުމެއިރު ބާކީކުރީ އެވެ. އުމެއިރު ބާކީކުރި އަނިޔާގެ ސަބަބުން ކަމަށް އޭރުގެ ކޯޗު ސެގާޓް ވަނީ ބުނެފަ އެވެ.

މީގެ ކުރިން 2009، 2011 އަދި 2015 ވަނަ އަހަރުގެ ސާފް މުބާރާތުގައި ކުޅުނު އަޑޭ، 35، ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ކުއްލި ގޮތަކަށެވެ.

އީސަ އަށް 2018 ވަނަ އަހަރުގެ ސާފް ގެއްލުނުއިރު، ގައުމީ ޓީމަށް އެނބުރި އައީ ދެ އަހަރުގެ މެދުކެނޑުމަަކަށް ފަހު މި ފަހަރުގެ ސާފް އަށެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ކީޕަރު ފައިސަލް (ކ) އާއި އީސަ.-- ފޮޓޯ: އަދަދު

އީސަ ވަނީ 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާފާއި 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި ސާފްގައި ކުޅެފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ސާފްގައި އީސަ ސްކޮޑުގައި ނެތެވެ. އީސަ ވަނީ 2015 ވަނަ އަަހަރުގެ ސާފްގައި ލިބުނު ފުރުސަތުތަކުގައި މޮޅަށް ކުޅެފަ އެވެ. އީސަ 2017 ވަނަ އަހަރު އަމިއްލަ ސަބަބަކާ ހުރެ ގައުމީ ޓީމާ ދުރަށް ދިޔައިރު، އެނބުރި އައީ 2020 ވަނަ އަހަރު ގައުމީ ކޯޗުކަމާ މާޓިން ކޫޕްމަން ހަވާލުވިއިރު އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި އީސަ ނުކުޅެ އެވެ.

ރާއްޖޭން 2018 ވަނަ އަހަރު ސާފް ކާމިޔާބުކުރިއިރު، ސްކޮޑުގެ އެވްރެޖް އުމުރަކީ 23 ވަރަކަށް އަހަރެވެ. މި ފަހަރުގެ ސްކޮޑު އެ ފަހަރުގެ ޓީމާ އަޅާކިޔާއިރު، ތަޖުރިބާގެ ގޮތުން ރަނގަޅެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް މާލޭގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ ކޯޗަކީ ކާމިޔާބު ކޯޗު އަލީ ސުޒޭން އެވެ.

ސުޒޭންގެ ކޯޗުކަމުގައި ސާފްގެ ފުރަތަމަ މެޗުގައި ރާއްޖޭން ހުކުރު ދުވަހުގެރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox