ނުވަ އަހަރަށް ފަހު އުރުދުން އާއި ސީރިއާއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

ސީރިއާގެ ދިމިޝްކުގައި ހުންނަ ބައިނަލްއަގްވާމީ އެއާޕޯޓް.

ސީރިއާގެ ދިމިޝްކުގައި ހުންނަ ބައިނަލްއަގްވާމީ އެއާޕޯޓް.

އައްމާން، އުރުދުން (ސެޕްޓެމްބަރު 28) - ސީރިއާގެ ދާހިލީ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުތައް މެދުކަނޑާލިތާ ނުވަ އަހަރު ފަހުން އަލުން ދަތުރުތައް ފެށުމަށް އުރުދުން އިން ތައްޔާރުވެއްޖެ އެވެ.

އުރުދުންގެ ގައުމީ އެއާލައިން، ރޯޔަލް ޖޯޑޭނިއަން އެއާލައިންސްގެ ދަތުރުތައް ސީރިއާ އަށް އަލުން ފަށާނެކަން އިއުލާނު ކުރީ ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އުރުދުންގެ ރަސްމީ ނިއުސް އެޖެންސީ، ޕެޓްރާ އިން ރިޕޯޓު ކުރި ގޮތުގައި ސީރިއާގެ މިނިސްޓަރުންގެ ވަފުދެއް އައްމާން އަށް ވަޑައިގެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކުގައި ވަނީ ބައިވެރިވެފަ އެވެ.

ޖުލައި 2012 އާ ހަމައަށް ރޯޔަލް ޖޯޑޭނިއަންގެ ދެ ފްލައިޓް ކޮންމެ ދުވަހަކު ވެސް ސީރިއާ އަށް ދަތުރު ކުރި އެވެ. އެއީ ދިމިޝްކު އަދި އަލެޕޯ އަށެވެ.

ވައިގެ ދަތުރުތައް މެދުކަނޑާލީ ސީރިއާގައި ސަރުކާރާ ދެކޮޅަށް ފެށި އިންގިލާބެއް ބޮޑު ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، އެ ގައުމުގެ ވައިގެ ސަރަހައްދު ނުރައްކާތެރިވުމުންނެވެ.

"ސިއްހީ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކުރާނެކަމުގެ ޝަރުތާއެކު ރޯޔަލް ޖޯޑޭނިއަންގެ ފްލައިޓުތައް އާދީއްތަ ދުވަހުން ފެށިގެން އަލުން ސީރިއާ އަށް ފަށާނެ،" އުރުދުންގެ ޓްރާންސްޕޯޓް މިނިސްޓަރު ވަޖީހް އަޒައިޒާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީރިއާ އިން ދަތުރު ކުރާ ޕަސެންޖަރުންގެ އަތުގައު 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށާއި އައްމާން އަށް ފޭބުމަށް ފަހު އަލުން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ.

ސީރިއާގެ ވަފުދު ހޯމަ ދުވަހު އައްމާން އަށް ދަތުރު ކުރީ ޖާބިރް-ނައްސިބް ބޯޑަރު ކްރޮސިން އިންނެވެ. ދެކުނު ސީރިއާގައި އަލުން ހަމަނުޖެހުން ހިނގަމުން ދާތީ އެ ކްރޮސިން ބަންދުކޮށްފައި ހުންނަތާ ދެ މަސް ވެއްޖެ އެވެ.

އެ ކްރޮސިން އަކީ އުރުދުން އާއި ސީރިއާގެ ބޯޑަރު އެއްގަމު މަގުން ހުރަސް ކުރަން އޮންނަ އެންމެ ބޮޑު ކްރޮސިން އެވެ. ޕެޓްރާ އިން ރިޕޯޓު ކުރި ގޮތުގައި އެ ތަން ވެސް އާއްމުންނަށް ހުޅުވާލާނެ އެވެ.

ބޮޑު ކާރިސާއެއް ދިމާވެފައިވާ ލުބްނާނަށް މިސްރުގެ ގޭހާއި އުރުދުންގެ ކަރަންޓު ސީރިއާ މެދުވެރިކޮށް ފޯރުކޮށްދޭން މި މަހުގެ ތެރޭގައި އެ ހަތަރު ގައުމުން ވަނީ އެއްބަސްވެފަ އެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ސީރިއާގެ 650،000 ރެފިއުޖީން ދިރިއުޅެމުން ދަނީ އުރުދުންގަ އެވެ. ނަމަވެސް އުރުދުން އިން ބުނާ ގޮތުގައި ސީރިއާގެ 1.3 މިލިއަން ރެފިއުޖީން އެ ގައުމުގައި އެބަ އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox