ޔޫކޭގެ ތެޔޮ ކާރިސާ: މުހިއްމު މަސައްކަތްތެރިންނަށް އިސްކަން ދޭން ސަރުކާރުން ގޮވާލައިފި

ސަރުކާރުން ގޮވާލީ ތެޔޮ ވިއްކުމުގައި ސިއްހީ އެހީތެރިން ފަދަ މުހިއްމު މަސައްކަތްތެރިންނަށް އިސްކަން ދިނުމަށް. -- ފޮޓޯ: އޭއެފްޕީ

ސަރުކާރުން ގޮވާލީ ތެޔޮ ވިއްކުމުގައި ސިއްހީ އެހީތެރިން ފަދަ މުހިއްމު މަސައްކަތްތެރިންނަށް އިސްކަން ދިނުމަށް. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (ސެޕްޓެމްބަރު 28) - އިނގިރޭސިވިލާތަށް ދިމާވެފައިވާ ތެލުގެ ކާރިސާގައި ޕެޓްރޯލް ޕަމްޕުތަކުން ތެޔޮ ވިއްކުމުގައި ނަރުހުންނާއި ފުލުހުން އަދި ޓީޗަރުން ފަދަ މުހިއްމު މަސައްކަތްތެރިންނަށް އިސްކަން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.

ތެޔޮ ސަޕްލައި ކުރާ ޓޭންކަރުތައް ދުއްވާނެ ޑްރައިވަރުންގެ ދަތިކަން ދިމާވުމާއެކު ތެލުގެ ސަޕްލައި ހުއްޓިދާނެކަމުގެ ބިރުގައި ގިނަ އަދަދެއްގެ މީހުން ވަނީ ޕެޓްރޯލް ސްޓޭޝަންތަކުގައި ކިޔު ހަދާފަ އެވެ. އެކަމަކު ސަރުކާރުން ބުނީ ތެލުގެ ދަތިކަމެއް ދިމާނުވާ ކަމަށެވެ.

ފާއިތުވި ހަތަރު ދުވަހު ގިނަ އަދަދެއްގެ އާއްމުން ކިޔު ޖެހިގެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ތެޔޮ ގަނެފައި ވާތީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ބައެއް ޕަބްލިކް ސެކްޓާ މުވައްޒަފުންނަށް ވަނީ ކާރު ދުއްވާނެ ތެޔޮ ނުލިބުމުން މަސައްކަތަށް ދެވޭ ގޮތް ނުވެފަ އެވެ.

ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝެޕްސް ވިދާޅުވީ "ހާލަތު ހަމައަކަށް އެޅެމުންދާކަމުގެ ނިޝާންތައް ފެންނަން ފަށައިފި" ކަމަށެވެ. ޕެޓްރޯލް ސްޓޭޝަންތަކަށް ބޭނުންވާ ތެލުގެ ސްޓޮކް މިހާރު ފޯރުކޮށްދީފައިވި ނަމަވެސް، ކިޔުތަކުން މީހުން މަދެއް ނުވެ އެވެ.

ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން އަދި ރޯޔަލް ކޮލެޖް އޮފް ނާސިން އިން ބުނީ ސިއްހީ މަސައްކަތްތެރިން އޮފީހަށް ނުދެވި ތާށިވަމުންދާ މައްސަލަ ހައްލު ކުރަން "އަވަސް ފިޔަވަޅު" އަޅަން ޖެހޭ ކަމަށެވެ.

"ޕެޓްރޯލް ނުވަތަ ޑީސެލް ގަންނަން ދެ ތިން ގަޑިއިރު ކިޔުގައި ތިބުމަކީ އަޅުގަނޑުމެންނަށް އުނދަގޫ ކަމެއް،" ބީއެމްއޭގެ ޑެޕިއުޓީ ޗެއާމަން ޑޭވިޑް ވްރިގްލީ ޓައިމްސް ރޭޑިއޯ އަށް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ސެކްޓާގެ މަސައްކަތްތެރިންގެ އެންމެ ބޮޑު ޔޫނިއަން، ޔުނިސަން އިން ވެސް ސަރުކާރަށް ގޮވާލާފައި ވަނީ އެމެޖެންސީ ފިޔަވަޅުތަކެއް އަޅައިގެން ހައްލު ހޯދުމަށެވެ.

ސަރުކާރުން ބުނެފައި ވަނީ މި ކާރިސާ ދިމާވެފައި ތެޔޮ ސަޕްލައި ކުރާ ޓޭންކަރުތައް ދުއްވާނެ ޑްރައިވަރުންގެ ދަތިކަން ދިމާވުމާއި ކުއްލިއަކަށް ތެލުގެ ޑިމާންޑު އުފުލުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ހާލަތު ހަމައަކަށް އެޅޭނެ ކަމަށް ބުނެފައި ވެ އެވެ.

ޕެޓްރޯލް ސްޓޭޝަންތަކަށް ސިފައިން ފޮނުވާފައި ނުވާނެ ކަމަށް ކުރިން ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ނަމަވެސް، ހޯމަ ދުވަހުގެ ރޭ ވިދާޅުވީ އެމެޖެންސީ ހާލަތެއް މެދުވެރިވެދާނެތީ ސިފައިން ތައްޔާރަށް ތިއްބެވެ.

ޓޭންކަރު ޑްރައިވަރުންގެ ދަތިކަން ދިމާވީ އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމުން ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކުރެ އެވެ. ޓްރާންސްޕޯޓް ސެކެޓްރީ ޝެޕްސް ވިދާޅުވީ ޔޫރަޕުގެ އެހެން ގައުމުތަކަށް ވެސް މި މައްސަލަ ދިމާވެގެން އުޅޭ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ ކުރިއަށް އޮތް ތިން މަހަށް އިމިގްރޭޝަން ގަވާއިދުތަކަށް ލުއި ދީފަ އެވެ. އޭގެ ބޭނުމަކީ އިނގިރޭސިވިލާތް ދޫކޮށް ދިޔަ ޔޫރަޕުގެ އެހެން ގައުމުތަކުގެޑްރައިވަރުން އަނބުރާ މަސައްކަތަށް ގެނައުމެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އިމިގްރޭޝަން ގަވާއިދުތަކަށް ލުއި ދީގެން ހައްލެއް ނުފެންނާނެ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތުން ރަސްމީކޮށް އީޔޫ އިން ވަކިވި ނަމަވެސް، އެތައް ހާސް ޓޭންކަރު ޑްރައިވަރުން އަނބުރާ ގައުމަށް ދާން ޖެހިދާނެ ކަމަށް ވިސްނާފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 30،000 އެއްހާ ޓޭންކަރު ޑްރައިވަރުން އިނގިރޭސިވިލާތުން ގޮސްފައި ވާއިރު، އެ ވަޒީފާތަކަށް އެހެން މީހުން ހޯދާފައެއް ނުވެ އެވެ. މައި އިދިކޮޅު ލޭބާ ޕާޓީން ބުނީ މިކަމުން ފެންނަނީ ސަރުކާރުގެ "ނާގާބިލްކަން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox