އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ބޭނުން ހިފާނީ އޭޝިއަން ކަޕް ކޮލިފައިން އަށް

Sep 27, 2021, 3:14 PM
އިންޑިއާ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ސްޓިމަކް.-- ފޮޓޯ: އޭއައިއެފްއެފް

އިންޑިއާ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ސްޓިމަކް.-- ފޮޓޯ: އޭއައިއެފްއެފް

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ބޭނުން ހިފައި އިންޑިއާ ފުޓްބޯޅަ ޓީމުގެ ބޮޑު ފޯކަސް އޮތީ އަންނަ އަހަރު ފެބްރުއަރީ މަހު ފަށާ އޭޝިއަން ކަޕްގެ ކޮލިފައިންގައި ނަތީޖާތައް ރަނގަޅު ކުރުން ކަމަށް އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ބުނެފި އެވެ.

ސްޓިމަކް މި ގޮތަށް ވާހަކަ ދައްކާފައިވާއިރު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާ އަށް ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާ އަށް އިންޑިއާ ޓީމުގެ ކޯޗުކަން ގެއްލުމުގެ ބިރު ބޮޑެވެ.

އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސީނިއާ ޓީމެއް ނަގަން ޖެހުނީ ވެސް ސްޓިމަކަށް މަގާމު ދިފާއުކުރަން ޕްރެޝަރު ބޮޑުވެފައި އޮތުމުން ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސްޓިމަކަށް ޕްރެޝަރު ބޮޑުވީ އެންމެ ފަހުން ނިމުނު ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާ އިން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން ކަމަށްވާތީ އެެވެ.

ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަކީ އިންޑިއާގެ މިހާރު އެންމެ ބޮޑު ޓާގެޓެވެ. އޭގެ ކޮލިފައިން ފަށާނީ އަންނަ ފެބްރުއަރީ މަސް ތެރޭގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އިންޑިއާ ސްކޮޑު އިއުލާނު ކުރުމަށް ފަހު ސްްޓިމަކް ބުނީ އަމާޒަކީ ވޯލްޑް ކަޕް ކޮލިފައިން އަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުން ކަމަށާއި އެކަމަށް އެންމެ ރަނގަޅަށް ބޭނުން ހިފޭނީ ސާފް ޗެމްޕިއަންޝިޕް ކަހަލަ މުބާރާތަކުން ކަމަށެވެ.

"އަހަރެމެންނަކީ މި ސަރަަހައްދުގެ ލީޑަރުން. މި މުބާރާތުގައި މި ލިބޭ ހަތަރެއް ނޫނީ ފަސް މެޗު އަހަރެމެންނަށް ވަރަށް މުހިއްމުވާނެ. ސަބަބަކީ އޭޝިއަން ކަޕްގެ ކޮލިފައިން ތިން ވަނަ ބުރަށް ދިއުމުގެ ކުރިން މިއަށް ވުރެ ރަނގަޅު މެޗުތަކެއް އަހަރެމެންނަށް ނުލިބޭނެ. މި މެޗުތަކުން ލިބޭ ތަޖުރިބާ އިން އޭޝިއަން ކަޕް ކޮލިފައިންގައި އަހަރެެމެންނަށް އިތުރު ޕޮއިންޓް ހޯދޭނެ،" ސްޓިމަކް ބުންޏެވެ.

އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕަށް އިއުލާނުކުރި ސްކޮޑުން ވަނީ އަލުން ބެންގަލޫރުގެ ފޯވާޑް އުދަންތާ ސިންގާއި ކެރަލާ ބްލާސްޓާސްގެ ޖީކްސަން ސިންގް އަށް ފުރުސަތު ދީފަ އެވެ. ޓީމު ލީޑުކުރުމުގެ ޒިންމާ އޮތީ ކެޕްޓަން، އުމުރުން 37 އަހަރުގެ ސުނިލް ޗެތުރީ އަށެވެ. މި ފަހަރުގެ ސާފަކީ ޗެތުރީ މި ރީޖަނުގެ މުބާރާތަކުން ފެންނަ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ދެން އިންޑިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ މަހު އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކުޅެން ރާއްޖެ އައި ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި އޭޓީކޭ މޯހަން ބަގާނަށް ކުޅުނު ޕްރިތަމް ކޯޓާލް، ސުބަޝިޝް ބޯސް، ލިސްޓަން ކޮލާސޯ އަދި މަންވީރު ސިންގްގެ އިތުރުން ބެންގަލޫރުން ފެނުނު ކީޕަރު ގުރްޕްރީތު ސިންގް، ސުރޭޝް ސިންގް އަދި ޗެތުރީ ހިމެނެ އެވެ.

އިންޑިއާ އިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހަތް ފަހަރު ހޯދައިފަ އެވެ. އިންޑިއާ ޓީމުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2015 ވަނަ އަހަރު ޓްރިވެންޑްރަމްގައި ބޭއްވި މުބާރާތެެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ތަށި އިންޑިއާ ބަލިކޮށް ހޯދީ ރާއްޖޭންނެވެ. މުބާރާތުގެ ތާރީހަށް ބަލާއިރު، ޖެހިޖެހިގެން ދެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަށް ތަށްޓެއް ނުލިބި ނިމިފައި ނުވެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އިންޑިއާ އިން ވަނީ ނޭޕާލާ ދެކޮޅަށް އެ ގައުމުގައި ދެ މެޗެއް ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތަރެއްގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox