ހުމާއި ރޯގާ އަދި ކެއްސުން ފަދަ އަލާމަތްތައް ފެންނަ މީހުންނަށް ހާއްސަ ފްލޫ ކްލިނިކެއް އަޖީއެމްއެޗުން ހަދައިފި އެވެ.
ފްލޫ ކްލިނިކް ހަދާފައިވަނީ އެފްއޭއެމްގެ ކުރީގެ އިމާރާތުގަ އެވެ.
އައިޖީއެމްއެޗްއިން ވަނީ ހުމާއި ރޯގާ ޖެހިގެން އެ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފުލޫ ކްލިނިކަށް ދިޔުމަށް އެދިފަ އެވެ.

އެ ފްލޫ ކްލިނިކުގެ ހިދުމަރް މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ރޭގަނޑު 10:00 އަށް ހިދުމަތް ދޭނެ އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި, މިދިޔަ ތިން މަހުގެ ތެރޭ ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ވަނީ އިތުރުވެފަ އެވެ. އެހެންވެ, ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.










