ދައުވާ ސާބިތުވާނީ ޔާމީނަށް ޖަމާވީ ވޮޑަމުލާ ފައިސާކަން ސާބިތުކޮށް ދީގެން: ކުރީގެ އުއްތަމަފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް، ލޯންޑާ ކުރެއްވީ ސީދާ ގއ. ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައްދު ދެއްވައިފި އެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެފައިވަނީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރާ ގުޅިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ކަރަންޓު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާވި އެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިކޮށްފައިވާ ކުންފުންޏެވެ.

އެ މައްސަލާގެ އިސްތިއުނާފު ޝަރީއަތް އިއްޔެ ވެސް އޮތްއިރު ދައުލަތުގެ ވަކީލުން ވިދާޅުވަނީ ޔާމީން ލޯންޑާ ކުރެއްވީ ސީދާ ވޮޑަމުލާގެ ފައިސާކަން ސާބިތު ކޮށްދޭން ނުޖެހޭ ކަމަށެވެ.

Advertisement

އެކަމަށް ރައްދު ދެއްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތު ނުވާނެ ކަމަށެވެ.

އެހެންކަމުން، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާޔަކީ ގއ. ވޮޑަމުލާ ކުށްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ދައުލަތުން ދައުވާކުރާނަމަ، އެ ކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާޔަކީ ގާނޫނު ނަންބަރު 10/2014 ގެ 7 ވަނަ މާއްދާ އާ ހަވާލާދީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ވެސް ސާބިތުކޮށް ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް-- އަބްދުﷲ ދީދީ

އޭނާ ވިދާޅުވީ އެކަން ސާބިތު ނުވާނަމަ ހަވާލާދެވޭ ދައުވާ އަކީ އުންސުރު ފުރިހަމަ ނުވާ ދައުވާ އެއް ކަމަށެވެ.

އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ވަތް އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ބުނެ އެވެ. އަދި, އެ ފައިސާގެ އަސްލު އޮޅުވާލައި, އޭގެން ޔާމީން މަންފާ ހޯދި ކަމަށް ވަނީ ބުނެފަ އެވެ.

އެއް މިލިއަން ޑޮލަރު, ޔާމީން ވަނީ އިސްލާމިކް ބޭންކްގައި އޮތް އެމަނިކުފާނުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފަ އެވެ. އެ ފައިސާއިން އެމަނިކުފާނަށް ދިޔައީ މަންފާ ލިބެމުންނެވެ. އަދި, އޭގެފަހުން އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ޔާމީން ހުޅުވައި, އެ އެކައުންޓަށް އެއް މިލިއަން ޑޮލަރުލި އެވެ. އެ އެއް މިލިއަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މެދުވެރި ކުރައްވައި ޔާމީން ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

މަނީލޯންޑްރިންގެ ކުށުން ސަލާމަތްވުމަށް ޔާމީން ނަންގަވައި އަނެއް ދިފާއުއަކީ ކުށްކޮށްގެން ހޯދި ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވުމެވެ.

ނަމަވެސް, ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިންގެ ކުށް ސާބިތުކުރުމަށް އެ ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއްކަން ސާބިތުކޮށްދޭން ނުޖެހޭ ކަަމަށެވެ. އެއީ ކުށުގެ އުންސަރެއް ނޫން ކަމަށެވެ.

އޭގެބަދަލުގައި އެ ފައިސާއާމެދު ތުހުމަތެއް ނުވަތަ ޝައްކެއް އޮތުމުން ފުދޭ ކަމަށް ވިދާޅުވި އެވެ. މި މައްސަލާގައި އެސްއޯއެފްއިން ޖަމާކުރި ފައިސާއަކީ ތުހުމަތެއް އޮތް ފައިސާއެއްކަން ޔާމީނަށް ވެސް އެނގޭ ކަމާއި އެކަން ދައުލަތަށް ސާބިތު ވެސް ކޮށްދެވިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox