ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕަރަލްސް ހަމަޖައްސައިފި

Sep 23, 2021, 12:23 PM
އެފްއޭއެމާއި އައިލެންޑް އެޕަރަލްސް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމާއި އައިލެންޑް އެޕަރަލްސް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

އަންނަ މަހު 1-16 އަށް މާލޭގައި ބޭއްވުމަށް ނިންމާފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރަލްސް ހަމަޖައްސައިފި އެވެ.

މިއީ ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ރާއްޖޭގެ ކުންފުންޏެއް ހަމަޖެއްސި ފުރަތަމަ ފަަހަރެވެ. ގައުމީ ޓީމަށް އެންމެ ފަހުން ކިޓް ފޯރުކޮށްދީފައިވަނީ ސްޕެއިނުގެ ކެލްމީ އިންނެވެ.

އެފްއޭއެމުން ނިންމީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ވަންތަކޮށް ކުރިއަށް ދިއުމަށް ރާއްޖޭގެ ބްރޭންޑަކާ އެކު ކުރިއަށް ދިއުމަށެވެ. އެހެންވެ، އައިލެންޑް އެޕެރަލްސްއާ އެކު އެއްބަސްވުމެއް ގާއިމްކުރީ އެވެ.

ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެފްއޭއެމްގެ ފަރާތުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ކޮންޓްރެކްޓްގައި ސޮއިކުރެއްވިއިރު، އައިލެންޑް އެޕަރަލްސްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އަލީ މުޝްހަދު އެވެ.

ސަޕޯޓަރުން ޖޯޒީ އަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު މި މަހު 25 އިން ފެށިގެން

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ ޖޯޒީގެ ހުރިހާ މަސައްކަތެއް ކުރާނީ ރާއްޖޭގަ އެވެ.

އައިލެންޑް އެޕަރަލްސް އިން ބުނީ މުބާރާތުގައި ގައުމީ ޓީމު ބޭނުންކުރާ ޖޯޒީ އަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖޯޒީއަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބާ ކުރުމަށް އައިލެންޑް އެޕެރަލްސް އިން ވަނީ އެދިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބޭނުންކުރާ ޖޯޒީ ދައްކާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ. ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޢަބްދުﷲ ނަޝާތު އެވެ.

މީގެ ކުރިން ގައުމީ ޓީމުން ރާއްޖޭގައި ކުޅުނު އެކި މުބާރާތްތަކުގެ ޖޯޒީގެ ޑިމާންޑް ވަރަށް ބޮޑުވި އެވެ. އެ ގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޖޯޒީ އާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ޓީމުން ބޭނުންކުރި ޖޯޒީ ގިނަ ބަޔަކު ވަނީ ގަނެފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭން ހަމައެކަނި ހޯސްޓެއްގެ ގޮތުގައި އޮވެގެން ސާފްގެ މުބާރާތެއް ހޯސްޓްކުރާ ފުރަތަަމަ ފަހަރެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ ސްރީލަންކާއާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox