އަމީން ޖަލުން މިނިވަންވުމުން ސީޕީގެ ކަންބޮޑުވުން؛ ޓެގު އެޅުވުމުގެ މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގެ އައިސިސްގެ ލީޑަރު ކަމަށް ދައުލަތުން ބުނާ އަމީން: އޭނާގެ ފޯނުތަކާއި ހަރަކާތް މިހާރު ވެސް މޮނީޓާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގެ އައިސިސްގެ ލީޑަރު ކަމަށް ދައުލަތުން ބުނާ އަމީން: އޭނާގެ ފޯނުތަކާއި ހަރަކާތް މިހާރު ވެސް މޮނީޓާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިސިސްގެ ދިވެހިރާއްޖޭގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީން ޖަލުން މިނިވަންވެފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވައި، އޭނާގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ދައުވާ ކުރުމުގެ އިޖުރާއަތުތަކާ ހިލާފުވި ކަމަށް ބުނެ އަމީންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދެ ދައުވާ ހައި ކޯޓުން ބާތިލް ކުރީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އެއާއެކު 2019 ވަނަ އަހަރު ހައްޔަރު ކުރި އަމީން ވަނީ ޖަލުން މިނިވަންވެފަ އެވެ.

އަމީން ޖަލުން ދޫކޮށްލުމަށްފަހު، އޭނާގެ ހަރަކާތްތައް ކޮންޓްރޯލްކޮށް ހައި ކޯޓުން މޮނިކޮން އަމުރެއް ނެރުނު ނަމަވެސް އޭނާގެ ހަށިގަނޑުގައި ޖީޕީއެސް ޓްރެކާއެއް އަޅުވާފައެއް ނުވެ އެވެ. އެފަދަ ޑިވައިސްއެއް މިވަގުތު ފުލުހުންގެ އަތުގައި ނުވެސް ނެތެވެ.

އެކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ އަމީންގެ ހަރަކާތްތައް މިހާރު ވެސް ފުލުހުން މޮނީޓާ ކުރަމުން އަންނަ ކަމަށާއި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި މޮނިކޮން އަމުރުގެ ދަށުން އަޅުވާ ޓެގު އޭނާގެ ގައިގައި ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަންނަ އަހަރުގެ ބަޖެޓުގައިވެސް ޓެގު ހޯދަން ހިމަނާފައި ވާނެ. އޭގެ ކުރިންވެސް މިވަގުތަށް ބޭނުންވާ ވަރަށް ޓެގު ހޯދަން މަސައްކަތްކުރަމުން މިދަނީ. ޓެގު ލިބޭހާ އަވަހަށް އަމީންގެ ފައިގައި ޓެގު އަޅުވާނަން. އޭނާ ދޫވުމަކީ ކަންބޮޑުވުމެއް،" ހަމީދު ވިދާޅުވި އެވެ.

އަމީންގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު ނެރުނު މޮނިކޮން އަމުރުގެ ދަށުން ފުލުހުން ބޭނުން ވަގުތެއްގައި އަމީންގެ ފޯނުތައް ބަލާ ފާސްކުރެވޭނެ ކަމަށާއި އޭނާ ދިރިއުޅޭ ގެ ވެސް މޮނީޓާ ކުރެވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

އަމީން އަކީ ކާކު؟

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެ އެވެ.

އަމީން ހައްޔަރު ކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ރިޕޯޓު ނެރުމާއެކު އެވެ. އޭނާ ހައްޔަރު ކުރީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައްދުފަހަނައަޅާފައިވާ ވިސްނުމާއި ފަލްސަފާ ފަތުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.

titledesc

އަމީނަށް ކުރި ދައުވާތައް ބާތިލުކުރީ ކީއްވެ؟

އަމީންގެ މައްޗަށް ކުރި ދައުވާތައް ހައި ކޯޓުން ބާތިލް ކުރީ އޭނާގެ މައްޗަށް ދައުވާތައް އުފުލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ދީފައިވާ ހާއްސަ ހާލަތްތަކުން، އެ ގާނޫނުގެ ދަށުން ދައުވާ އުފުލަން ދީފައިވާ 45 ދުވަހުގެ ތެރޭގައި ކަމަށެވެ.

ހައި ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މީގެއިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox