މޫސުމީ ބަދަލުތަކުގެ ނުރައްކާ: ބޮޑެތި ގައުމުތަކަށް ރާއްޖޭން އަސަރުގަދަ އިންޒާރެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލަށް ބޮޑެތި ގައުމުތައް ހޭލުމަށް ގޮވާލައްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަސަރާ އެކު، ވަރުގަދަ އިންޒާރެއް ދުނިޔެ އަށް ދެއްވައިފި އެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަގު އިންސާނިއްޔަތަށް މާބޮޑު ކަމަށާއި މިއީ އަދުގެ ދިރާސާތަކާއި އިލްމީ ހަގީގަތްތަކުގެ އިތުރުން ސައިންޓިފިކް ރައުޔު ހެކިދޭ ކަމެއް ކަމަށެވެ.

ދާދިފަހުން އައިޕީސީސީން އާންމުކުރި ރިޕޯޓަށް ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރަކީ 19 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހަންމަލުކުރި އެންމެ ހޫނުގަދަ ފަސް އަހަރެވެ.

"އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ މާބޮޑު އެހެންކަމެއްވޭ. އެއީ ރިޕޯޓުގާ ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާކަމުގެ އިންޒާރު،" ދިވެހި ބަހުން ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެގޮތުން، ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް ގާ ހިފެހެއްޓުމަށްޓަކާ މިހާރު ޖައްވަށް ބޭރުކުރާ ގެނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭއިރު، މިއަމާޒަށް ވާސިލުވެވޭނީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާސިލުކޮށްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"1.5 ޑިގްރީ ސެލްސިއަސް އާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާ ނައުމާ ދެމެދުހުރި ފަރަގު،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޮޑެތި ގައުމުތަކުން މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބަކުން ކަމުގައިވާ ނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެކަން ކަމަށެވެ.

"ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ތުއްތު ދިވެހި ޖީލުގެ އާދޭސް

އެހެން ވިދާޅުވުމާއެކު ރައީސް ސޯލިހު ވަނީ ދިވެހި ކުދިންތަކެއް އެމަނިކުފާނަށް ފޮނުވި ސިޓީތައް ނަންގަވައި، މުޅި ދުނިޔެއަށް ދައްކަވާލައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިއީ އެ ކުދިންވެސް ހެދި ބޮޑުވެ ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ގައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭ ގޮތުން މިމަޖިލީހަށް ހުށަހަޅައިދިނުމަށް އެދި ލިޔެފައި ހުރި ސިޓީ ކަމަށެވެ.

"މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަންއޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މިއަޑު އަހަންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަލާމަތުގެ އައްސޭރި އަށް ވާސިލުވުމުގެ އުންމީދު އަދި މުޅީން ނުގެއްލޭ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން، ގައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށާއި، ވަކިން ހާއްސަކޮށް އިއާދަ ކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox