ނައިޖީރިއާގައި ކޮލެރާ ފެތުރެނީ، ދެހާހަށް ވުރެ ގިނަ މީހުން މަރުވެއްޖެ!

ކޮލެރާއަކީ ތަގައްޔަރުވެފައިވާ ފެނުން ފެތުރޭ ބައްޔެއް.

ކޮލެރާއަކީ ތަގައްޔަރުވެފައިވާ ފެނުން ފެތުރޭ ބައްޔެއް.

ނައިޖީރިއާގައި ފެތުރެމުންދާ ކޮލެރާ ބަލީގެ ސަބަބުން 2،300 އަށް ވުރެ ގިނަ މީހުން މަރުވެ، ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް، އެތައް ހާސް ބަޔަކު އިންފެކްޓުވެއްޖެ އެވެ.

ނައިޖީރިއަކީ އެފްރިކާ ބައްރުގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އިންފްރާސްޓްރަކްޗާ ނެތުމުގެ ސަބަބުން ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ނައިޖީރިއާގައި ވަރަށް އާއްމުކޮށް ފެތުރެ އެވެ.

"ސެޕްޓެމްބަރު 5، 2021 އާ ހަމައަށް، ކޮލެރާ ކަމަށް ޝައްކު ކުރެވޭ 69،925 ކޭސް އަދި 2،323 މަރު ރިޕޯޓުކޮށްފައިވޭ،" ނައިޖީރިއާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ) ގެ ވެރިޔާ ޔަހްޔާ ދިސޫ ވިދާޅުވި އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފަހަރު ނައިޖީރިއާގައި ކޮލެރާ ފެތުރެމުން ދަނީ އެހެން ފަހަރުތަކަށް ވުރެ ހަލުވިކޮށެވެ. އެއީ ކޮވިޑް ބަލިމަޑުކަމަށް ސަރުކާރުން ދޭ ސަމާލުކަމުގެ ސަބަބުންނެވެ.

ފެބްރުއަރީ 2020 އިން ފެށިގެން ނައިޖީރިއާގައި 200،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 2،655 މީހުން އެ ބަލީގައި މަރުވެފައި ވެ އެވެ.

ދިސޫ ވިދާޅުވީ ކޮލެރާ ކޭސްތައް ފެނިފައި ވަނީ 36 ސްޓޭޓުގެ ތެރެއިން 25 ސްޓޭޓަކާއި ވެރިރަށް އަބޫޖާ އިން ކަމަށެވެ. ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ފަސް އަހަރާޢި 14 އަހަރާ ދެމެދު ކުދިންނަށެވެ. ކޭސްތަކުގެ 98 ޕަސެންޓު ނިސްބަތް ވަނީ އުތުރުގެ ސްޓޭޓުތަކަށެވެ.

ދިސޫ ވިދާޅުވީ މި އަހަރު ނައިޖީރިއާގައި ކޮލެރާ ފެތުރެން ފެށީ މޫސުމީ ބަދަލާ ހެދި އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުން ކަމަށެވެ. ނައިޖީރިއާގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނޯވެ އެވެ.

މީގެ ކުރިން 1991، 2010، 2014 އަދި 2017 ގައި ވެސް އެ ގައުމުގެ ކޮލެރާ ފެތުރުނެވެ. މި ފަހަރު ފެންނަ ކޭސްތައް ކުރީ ފަހަރުތަކަށް އިތުރުވުމުގެ ބިރު އެބަ އޮތެވެ.

ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހިސާބުތަކަށް ސިއްހީ އޮފިޝަލުންނާއި ބޭސް ފޮނުވާފައި ވާއިރު، ސަރުކާރުން ވަނީ ސާފުތާހިރުކަމާއި ރައްކާތެރިކަމާއެކު ފެން ބޭނުން ކުރާނެ ގޮތާ މެދު އާއްމުން ހޭލުންތެރި ކުރުވަން ފަށާފަ އެވެ.

ކޮލެރާއަކީ ފެނުގެ ޒަރިއްޔާއިން ފެތުރޭ ބެކެޓީރިއަލް އިންފެކްޝަނެކެވެ. ގޮހޮރަށް ބެކްޓީރިއާ ފޯރުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޭރަށް ހިންގުން، ޑީހައިޑްރޭޓްވެ، ވަރުބަލިވުން ހިމެނެ އެވެ.

މި ބެކްޓީރިއާ ހަށިގަނޑުގައި އެކުލެވޭ މަހި، ކާބޯތަކެތީގައި ޖައްސައި، އެ ތަކެތި ކައިފި ނަމަ އިންސާނުންނަށް ބަލި ޖެހޭނެ އެވެ. އަވަސް ފަރުވާ ނުދީފި ނަމަ ކޮލެރާއަކީ މަރުވުން އެކަށީގެންވާ ބައްޔެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox