މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ މެދު ހައިޝަމްގެ އުއްމީދެއް

Sep 21, 2021, 7:29 AM
ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ހައިޝަމް.-- ފޮޓޯ: އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ. މީގެއިން ކޮންމެ މުބާރާތެއްގައި ވެސް ޒުވާން ކުޅުންތެރިންތަކެއް ވަނީ ފެނިގެންގޮސްފަ އެވެ.

އަންނަ މަހު 1-16 އަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވެސް ޒުވާން ކުޅުންތެރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކަށް ވުމުގެ ބޮޑު ފުރުސަތެއް އޮތީ ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) އެވެ.

އުމުރުން 22 އަހަރުގެ ހައިޝަމް ވަނީ ޒުވާން އުމުރުގައި ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއްގައި ކުޅުނު ހައިޝަމް އަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމުގެ މެޗުތަކުން ފެނުމުގެ ބޮޑު ފުރުސަތެއް އޮތް ކުޅުންތެރިއެކެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގަތަރުގައި މިހާރު ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ހައިޝަމް ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އަމިއްލަ ގައުމުގައި ހޯސްޓްކުރާއިރު، މިއީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ވަރަށް މަދު ފަހަރަކު ނޫނިއްޔާ ނުލިބޭ ރާއްޖޭގައި މުބާރާތެއް ކުޅެލަން. މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަންނޭނގެ ޒުވާން ކުޅުންތެރިންނަށް ލިބޭ،" ކްލަބް އީގަލްސްގެ ފުލްބެކް ހައިޝަމް ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ބޭއްވުނު ޕްރެކްޓިހެއްގައި ހައިޝަމް ބޯޅަ ހިފައިގެން.-- ފޮޓޯ: އަދަދު

ފަަހަކަށް އައިސް ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ތަޖުރިބާ ކޮށްލަން ނުލިބޭ ކަމަކީ ގަލޮޅު ދަނޑު ފުރިފައި އޮއްވައި މެޗުތައް ކުޅެލުމެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެކަން ބަދަލުވުމުގެ ފުރުސަތު އޮތްއިރު، ހައިޝަމް ވެސް ހުރީ އެ އުއްމީދުގަ އެވެ.

"ޒުވާން ކުޅުންތެރިން ކުރިއަރަން ވެސް ވަރަށް މުހިއްމު ކަމެއް ކަންނޭނގެ ވީހާވެސް ގިނަ ބަޔަކު ދަނޑަށް އައިސް ސަޕޯޓް ދިނުމަކީ،" ހައިޝަމް ބުންޏެވެ.

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ ބ.އޭދަފުށްޓައް އުފަން ހައިޝަމް އަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު 23 އަހަރުން ދަށުގެ ޓީމުގެ ކޮލިފައިން މެޗުތަކަށް ވެސް ދާނެ ކުޅުންތެރިއެކެވެ.

ހައިޝަމްގެ އިތުރުން މި ވަގުތު ސީނިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 23 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރާ ޓީމުގައި ހިމެނެނީ ހަސަން ނަޒީމް (ޗޯޓު) އާއި ޒުވާން ކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ.

ފަސް ޓީމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ. ލީގު ބުރަށް ފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި އަންނަ މަހު 16 ވަނަ ދުވަހުގެރޭ ފައިނަލް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox