ޓްރެއިނިން މެޗުތަކުގެ ބޭނުން ހިފުން މުހިއްމު: ނިހާޓް

Sep 21, 2021, 5:48 AM
ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ނިހާޓް.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ނިހާޓް.-- ފޮޓޯ: އަދަދު

ޓްރެއިނިން ކޭމްޕެއްގެ އެންމެ މުހިއްމު ބޭނުމަކީ ފަރިތަކުރެވުނު މިންވަރުު ވަޒަންކޮށްލުމެވެ. އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި މިހާރު ކުރިއަށްދާ ޓްރެއިނިން ކޭމްޕްގައި ގައުމީ ޓީމަށް ވަނީ ދެ ޓްރެއިނިން މެޗެއް ހަމަޖެހިފަ އެވެ. ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ވަނީ ކޮންމެ ކުޅުންތެރިއަކު ވެސް ޓްރެއިނިން މެޗުތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިއްމު ކަމެއް ކަން ފާހަގަކޮށްފަ އެވެ.

ގައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕަށް އައީ މި މަހު 10 ވަނަ ދުވަހު އެވެ. ޕްރެކްޓިސް ފެށީ 11 ވަނަ ދުވަހު އެވެ. ގަތަރުގައި ޕްރެކްޓިސް ފެށިތާ 10 ދުވަސް ތެރޭ ފުރަތަމަ ޓްރެއިން މެޗުގައި މިއަދު ގައުމީ ޓީމު ނުކުންނާނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލުސައިލް އެފްސީއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ގަތަރުގެ އާމީ ނެޝަނަލް ޓީމާ އެވެ.

"ޓީމު ޓްރެއިނިން ކޭމްޕެއް ޖަހާފައި މި ގޮތަށް ލިބޭ ޕްރެކްޓިސް މެޗުތަކަކީ އަސްލު އަހަރެމެން މުބާރާތަކަށް ދާއިރު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އެހެންވީމަ ހުރިހާ ޕްލޭޔަރުން ވެސް މި ލިބުނު މެޗުގެ ބޭނުން ހިފާނެ ކަމަށް މި ބަލަނީ،" ލުސައިލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެންމެ ފަހުން ބޭއްވި ޕްރެކްޓިހަށް ފަހު ނިހާޓް ބުންޏެވެ.

ލުސެއިލް އެފްސީ މި ވަގުތު އޮތީ ދެ ވަނަ ޑިވިޝަން ޓޭބަލުގެ އަށް ޓީމުގެ ތެރެއިން ކުޅުނު ހަމައެކަނި މެޗުން މޮޅުވެގެން ހަތަރު ވަނައިގަ އެވެ. މިއީ 2019 ވަނަ އަހަރު ގަތަރުގައި ރަޖިސްޓްރީ ކުރި ކުލަބެކެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ނިހާޓް ގައުމީ ދިދަ ހިފައިގެން.

ނިހާޓަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ނޭޕާލާއި ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އޭގެ ފަހުން ގިނަ މެޗުތަކެއްގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނުއިރު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ މެދު ވެސް ނިހާޓް ހުރީ އުއްމީދުގަ އެވެ.

"2018 ގައި ތަށި ނަގާފައި މި ފަހަރު އަހަރެމެން ޕާފޯމް ކުރަން ލިބުނީ ސާފް ޗެމްޕިއަންޝިޕް. ދެން، ސާފް ޗެމްޕިއަންޝިޕް ޕާފޯމްކުރަން މި ލިބުނީ އަމިއްލަ ފަސްގަނޑުގައި. ހުރިހާ ޕްލޭޔަރުން (ކުޅުންތެރިން) ވެސް ދެކެނީ. ސަޕޯޓަރުން ކުރިމަތީ މުބާރާތް ކުޅެން ލިބުމަކީ އަހަރެެމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް (ފުރުސަތެއް) ކަމަށް. ޓީމުގެ ފަރާތުން މުބާރާތް ނެގުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް މި ތިބީ،" މާޒިޔާ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުންޏެވެ.

މީގެ ކުރިން 2018 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ޓްރެއިނިން ކޭމްްޕް ފުރިހަމަކުރިއިރު، އެ ފަހަރު ގައުމީ ޓީމު ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 4-3 އިން މޮޅުވެފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާ އެވެ. މުބާރާތުގައި ވާދަކުރާ ފަސް ގައުމުގެ މެދުގައި ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެ ތަނުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާނެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox